Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 23 މީހުން މަރުވެއްޖެ

25 މާރިޗު 2025 | އަންގާރަ 17:25

މިހާތަނަށް ގާތްގަނޑަކަށް 700 އެއްހާ މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނެ އެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 މާރިޗު 2025 | އަންގާރަ 17:25
ޣައްޒާ ސިޓީގެ މާމަދާނީ (ބަޕްޓިސްޓް) ހޮސްޕިޓަލްގެ ނަމުން ނަންދީފައިވާ އަހްލީ އަރަބި ހޮސްޕިޓަލުގައި އިޒްރޭލުން ހޯމަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ ޖަނާޒާގައި އަންހެނުންތަކެއް ހިތާމަފާޅުކުރަނީ - 25 މާޗް 2025

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 23 މީހުން ޝަހީދުވެފައިވާ ކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ބުނެފި އެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޣައްޒާގައި ހަމާސް ޖަމާއަތާ ދެކޮޅަށް އަލުން ހަނގުރާމަ ފަށާފައިވަނީ 2 މަސް ދުވަސް ވަންދެން ހަނގުރާމަ ހުއްޓާލުމަށް ފަހުގައެެވެ. އޭގެ ފަހުން މިހާތަނަށް ގާތްގަނޑަކަށް 700 އެއްހާ މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނެ އެވެ.

ގާތްގަނޑަކަށް 18 މަސް ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ 2.3 މިލިއަން އާބާދީގެ ބޮޑު ބައެއް އެތައް ފަހަރެއްގެ މަތިން ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާއިރު، މިމަހުގެ ކުރީކޮޅު އިސްރާއީލުން އެހީ ފޯރުކޮށްދިނުން މެދުކަނޑާލުމާ ގުޅިގެން ކާބޯތަކެއްޗާއި ފެނުގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އަންގާރަ ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އުތުރުގެ ބޯޑަރު ހިމެނޭ ސަރަހައްދުން ރޮކެޓް ހަމަލާތަކެއް އިސްރާއިލަށް ދީފައިވާ ކަމަށް ބުނެ ހުރިހާ އަވަށެއްގައި ދިރިއުޅޭ މީހުން އެ ސަރަހައްދުން ދިއުމަށް އަންގާފައެވެ.

އޭގެ ތެރޭގައި ޣައްޒާ ސިޓީގެ ޖަބަލިއާ، ބެއިތު ލަހިޔާ، ބެއިތް ހަނޫން އަދި ޝެޖާޔާ ހިމެނެ އެވެ. އަދި ދެކުނުގެ ޚާން ޔޫނިސް އާއި ރަފަހުގެ ސަރަހައްދުތަކަށް ވެސް މި އެންގުން އަންގާފައިވެއެވެ.

ޣައްޒާގެ ރެފިއުޖީ ކޭމްޕްތަކުގެ ތެރެއިން އެންމެ ބޮޑު ކޭމްޕް ކަމަށްވާ ޖަބާލިއާގެ ރައްޔިތުންނަށް އަސްކަރިއްޔާއިން ނެރުނު އަމުރުގައި ބުނެފައި ވަނީ ރައްކާތެރިކަމަށްޓަކައި ވަގުތުން ދެކުނުގައި ހުރި ހިޔާތަކަށް ބަދަލުވުމަށެވެ.

ފަލަސްތީނާއި އދގެ އޮފިޝަލުން ބުނަނީ ޣައްޒާގައި ރައްކާތެރި ސަރަހައްދެއް ނެތް ކަމަށެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ޣައްޒާގައި ހަމާސް ޖަމާއަތުން ބާކީ ތިބި 59 މީހުން ދޫކޮށްލުމަށް ހަމާސްއަށް ޕްރެޝަރު ކުރުމުގެ ގޮތުން އަނެއްކާވެސް ހަމަލާތައް ދޭން ފަށާފައިވާ ކަމަށެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 24 މީހުން އަދިވެސް ދިރިތިބި ކަމަށް ބެލެވެ އެވެ.

ޖެނުއަރީ 19 ވަނަ ދުވަހު އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފުވި ކަމަށް ހަމާސް ޖަމާއަތުން ބުނެފައިވާއިރު، ގަތަރާއި މިސްރާއި އެމެރިކާ އިން މެދުވެރިވެގެން ކުރިއަށް ގެންދާ އާ މަސައްކަތަށް އެއްބާރުލުން ދެމުން ދަނީ ހަމަޖެހުން ގާއިމުކޮށް ތިން މަރުހަލާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ކަމަށް ހަމާސްއިން ބުނެއެވެ.

ހަމާސްގެ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މިހާތަނަށް އެއްވެސް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް