Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތެލަސީމިއާ ސެންޓަރު

އިޢުލާން ކުރުމަކާއި ނުލައި ތެލެސީމިއާ ސެންޓަރަށް ޑިރެކްޓަރ ޖެނެރަލް އެއް އައްޔަން ކޮށްފި

24 މާރިޗު 2025 | ހޯމަ 12:34

ތެލަސީމިއާ ސެންޓަރުން ދޭ ޚިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ ގިނަ ބަޔަކު އެއްވެ އިހުތިޖާޖު ކޮށްފައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 24 މާރިޗު 2025 | ހޯމަ 12:34
ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް އަކަށް އައްޔަން ކުރެއްވި އަހްމަދު މައުސޫމް

ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް އަކަށް އައްޔަން ކުރެއްވި އަހްމަދު މައުސޫމް

އިއުލާނު ކުރުމާވެސް ނުލައި އޮން އުސޫލުން ބޭރުން މޯލްޑިވިއަން ބްލަޑް ސާރވިސަސް ގެ ޑިރެކްޓަރ ޖެނެރަލް ގެ މަގާމަށް މީހަކު އައްޔަން ކޮށްފިއެވެ. މި މަޤާމް އަކީ ސިވިލްސާރވިސް ގެ މަޤާމް އަކަށް ވާއިރު އޮންނަ އުސޫލުން މީހަކު ހޮވޭނީ އެ މަޤާމް އަށް އިއުލާން ކުރެވި އިންޓަރވިޔު ކުރުމަށް ފަހުގައެވެ.

މޯލްޑިވިއަން ބްލަޑް ސާރވިސަސް ގެ ޑިރެކްޓަރ ޖެނެރަލް ގެ މަޤާމަށް އައްޔަން ކުރީ މީގެ ކުރިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ވެސް މަސައްކަތް ކުރެއްވި އަހްމަދު މައުސޫމް އެވެ.

Advertisement - newsAdvertisement

ތެލަސީމިއާ ސެންޓަރުން ދޭ ޚިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ ގިނަ ބަޔަކު އެއްވެ އިހުތިޖާޖު ވެސް ކޮށްފައެވެ. ގިނަ ބަޔަކު އެއްވެ ކުރި މި އިހުތިޖާޖަށް ފަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު އާދިއްތަ ދުވަހު ވަނީ އެ ސެންޓަރަށް ވަޑައިގެން އެ ތަނުގެ ހާލަތު ބައްލަވާ ލައްވައިފައެވެ. އަދި އެއަށް ފަހު ރައީސް ވިދާޅުވީ އެ ސެންޓަރުގައި 2017 ވަނަ އަހަރުން ފެށިގެން ޑިރެކްޓަރ ޖެނެރަލެއް ނެތް ކަމަށެވެ. އަދި ހަމަ މިއާއި އެކު ރައީސް ވަނީ މިހާރުން މިހާރަށް އެތަނުގެ ޚިދުމަތް ރަނގަޅު ކުރަން ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ތެލެސީމިއާ ސެންޓަރަށް ޑީޖީއެއް ނެތްތާ އަށް އަހަރަށް ފަހު އެ މަޤާމަށް އަހްމަދު މައުސޫމް އައްޔަން ކުރެއްވި އިރު، ހެލްތް މިނިސްޓްރީން ހޯމަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މޯލްޑިވިއަން ބްލަޑް ސަރވިސަސް ގެ ޑިރެކްޓަރ ޖެނަރަލް ގެ މަގާމަށް އަލްފާޟިލް އަޙްމަދު މަޢުޞޫމް ހޯމަ ދުވަހު އައްޔަންކޮށްފައިވާ ކަމަށެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސް ގެ ޑިރެކްޓަރ ޖެނަރަލް ގެ މަގާމަށް އަލްފާޟިލް އަޙްމަދު މަޢުޞޫމް މިއަދު ވަނީ އައްޔަންކުރެވިފައެވެ
ހެލްތް މިނިސްޓްރީ

މީގެ އިތުރުން އެ މިނިސްޓްރީން ބުނެފައި ވަނީ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަކާއި ޑިރެކްޓަރުގެ މަގާމަށް ވެސް ދެ ބޭފުޅަކު ވަރަށް އަވަހަށް އެ ސެންޓަރަށް ހަމަޖައްސާނެ ކަމަށެވެ.

ވަރަށް އަވަހަށް ފިޒީޝަނެއް ވެސް ހަމަޖެހިގެންދާނެ ކަމަށާ އެތަނަށް މިވަގުތަށް ބޭނުންވާ ފަސް ނަރުހުން ހޯދުމަށް ވެސް ހޯމަ ދުވަހު އިއުލާނު ކޮށްފައިވާ ކަމަށާއި އަދި އެހެނިހެން އިދާރީ މުވައްޒަފުންވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް މިިނިސްޓްރީން ވަނީ ބުނެފަ އެވެ.

ތެލަސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ކަންކަން ފަހިކޮށް އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ޙައްލުކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.

އަދި ތެލަސީމިއާ ކުދިންނަށާއި، ސެންޓަރުގެ ދަތިތައް ހައްލުކުރެއްވުމުގެ މަސައްކަތް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެދަށުން ކުރިއަށްގެންދިއުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

04 އޯގަސްޓު 2017

ޓުއަރިޒަމް މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި ރިސޯޓް ހިންގޭ ގޮތް ހަދައިފި

04 އޯގަސްޓު 2017
ޓުއަރިޒަމް މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި ރިސޯޓް ހިންގޭ ގޮތް ހަދައިފި
20 ޖޫން 2017

ސަރުކާރުގެ ނިންމުން އަދީބު ސިފަ ކުރައްވަނީ ޙުކުމަކާއި ނުލައި މަރާލުން ގޮތުގައި: ވަކީލު

20 ޖޫން 2017
ސަރުކާރުގެ ނިންމުން އަދީބު ސިފަ ކުރައްވަނީ ޙުކުމަކާއި ނުލައި މަރާލުން ގޮތުގައި: ވަކީލު
20 ޖޫން 2017

ޕީޕީއެމް ޖަހައިގަނެގެން ގެންދިޔަ ނަމަވެސް ރައީސް މައުމޫނާ ނުލައި ކާމިޔާބެއް ނުވި: ނާދިރާ

20 ޖޫން 2017
ޕީޕީއެމް ޖަހައިގަނެގެން ގެންދިޔަ ނަމަވެސް ރައީސް މައުމޫނާ ނުލައި ކާމިޔާބެއް ނުވި: ނާދިރާ
13 ޖޫން 2017

ޝަރުތަކާއި ނުލައި އާޒިމް ވަގުތުން ދޫކޮށްލުމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ގޮވާލައިފި

13 ޖޫން 2017
ޝަރުތަކާއި ނުލައި އާޒިމް ވަގުތުން ދޫކޮށްލުމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ގޮވާލައިފި
18 މެއި 2017

އޭސީޕީ ނަވާޒް ކޮމާންޑް ސެންޓަރަށް ބަދަލުކޮށްފި

18 މެއި 2017
އޭސީޕީ ނަވާޒް ކޮމާންޑް ސެންޓަރަށް ބަދަލުކޮށްފި
05 މެއި 2017

ކަނޑައެޅިގެން އެނގިތިބެ ތެލެސީމިއާ ދެ ކެރިއަރުން ކައިވެނި ނުކުރުމަށް ހުތުބާގައި ގޮވާލައްވައިފި

05 މެއި 2017
ކަނޑައެޅިގެން އެނގިތިބެ ތެލެސީމިއާ ދެ ކެރިއަރުން ކައިވެނި ނުކުރުމަށް ހުތުބާގައި ގޮވާލައްވައިފި
23 މާރިޗު 2017

ބިޑަކާ ނުލައި ހދ. ދިއްޕަރުފުށި މެންބަރު ޖައުފަރު ދާވޫދަށް ދީފި

23 މާރިޗު 2017
ބިޑަކާ ނުލައި ހދ. ދިއްޕަރުފުށި މެންބަރު ޖައުފަރު ދާވޫދަށް ދީފި
13 މާރިޗު 2017

އިންތިހާބާ ނުލައި 13 ކެންޑިޑޭޓަކު ކައުންސިލަށް އިންތިހާބު ވެއްޖެ

13 މާރިޗު 2017
އިންތިހާބާ ނުލައި 13 ކެންޑިޑޭޓަކު ކައުންސިލަށް އިންތިހާބު ވެއްޖެ
06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް