Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް މައުމޫން ފެކްޝަން

ޕީޕީއެމް ޖަހައިގަނެގެން ގެންދިޔަ ނަމަވެސް ރައީސް މައުމޫނާ ނުލައި ކާމިޔާބެއް ނުވި: ނާދިރާ

ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުން ހުށަހެޅި އެއްވެސް މައްސަލައަކަށް އިންސާފެއް ނުލިބޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 20 ޖޫން 2017 | އަންގާރަ 20:27
އަންގާރަ ދުވަހުގެރޭ ނާދިރާ ސުންގަޑި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ

އަންގާރަ ދުވަހުގެރޭ ނާދިރާ ސުންގަޑި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ

ޕީޕީއެމް ޖަހައިގަނެގެން ގެންދިޔަ ނަމަވެސް އެކަން ކުރި ފަރަތްތަކަށް މިހާތަނަށް އެއްވެސް ކާމިޔާބީއެއް ހޯދިފައި ނުވާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ރައީސް މައުމޫނާއި ނުލައި ޕީޕީއެމަށް ލިބޭނެ ކާމިޔާބެއް ނޯންނާނެ ކަމަށް ޕީޕީއެމްގެ އިންތިޚާބީ ރައީސް، ރައީސް މައުމޫންގެ ފެކްޝަންގެ ނައިބު ރައިސާ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ފެކްޝަންގެ ފަރާތުން ޕީޕީއެމުން ވަކިކޮށްފައިވާ ނާދިރާ މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ސުންގަޑި ޕްރޮގްރާމްގައި އަންގާރަ ދުވަހުގެރޭ ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ނާދިރާ ވިދާޅުވީ މިހާތަނަށް ޕީޕީއެމްގެ ފަރާތުން (ރައީސް މައުމޫން ފެކްޝަނުން) ހުށަހަޅާފައިވާ އެއްވެސް މައްސަލައަކަށް އިންސާފް ލިބިގެން ގޮސްފައި ނުވާ ކަމަށާއި، އެގޮތުން ޕާޓީގެ އަސާސީ ޤަވާއިދާއި ޕާޓީގެ ހިންގާ ޤަވާއިދުގައިވާ ކަންކަމަށް ބަލައި ނުލެވި ނިންމުންތައް ނިންމާފައިވާކަން ފާހަގަ ކުރެއްވޭ ކަމަށެވެ.

"އޭގެ އެއް ހެކި ޕާޓީގެ މުސްތަޝާރާ ޕާޓީގެ ހިންގުން ހަވާލުކުރުން. ހަޤީގަތުގައި ކޯޓުން ހަވާލުކޮށްފައި އޮތީކީ ޕާޓީގެ މުސްތަޝާރާ ޕާޓީ ހިންގުމެއް ނޫން. އެއީ ކޯޓު އަމުރެއް. އޭގައި އޮތީ ޕާޓީގެ މުސްތަޝާރުގެ ބެލުމުގެ ދަށުން ކައުންސިލެއް ބޭއްވުމަށް. އެއީ ނެރުއްވާފައި އޮތް ވަގުތީ އަމުރެއް. އެއަމުރުގެ ދަށުން ބޭއްވި ކައުންސިލުން ނިންމާފައި ވަނީ ޕާޓީގެ ހިންގުން ޕާޓީގެ މުސްތަޝާރާ ހަވާލު ކުރުމަށް. އަސާސީ ޤަވާއިދުގައި ވަރަށް ސާފުކޮށް ބުނެފައިވޭ ޕާޓީގެ މުސްތަޝާރަކީ ޕާޓީ ހިންގޭނެ ބޭފުޅެއް ނޫނޭ" ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ ރައީސް މައުމޫނާއެކު އެފެކްޝަނުން ވަރަށް ބާރަށް މަސައްކަތްތައް ކުރިއަށް ގެންދަވަމުންދާ ކަމަށާއި ވަރަށް ގިނަ ކާމިޔާބީތައްވެސް ލިބެމުންދާ ކަމަށެވެ. އަދި ވިދާޅުވީ ޕާޓީ ޖަހައިގަނެގެން ގެންދިޔަ ނަމަވެސް މިހާތަނަށް ޕީޕީއެމަށް ހޯދުނު ކާމިޔާބީއެއް ނެތްކަމަށާއި ޕާޓީގެ ރައީސް، ރައީސް މައުމޫނާ ނުލައި ޕީޕީއެމަށް ހޯދޭނެ ކާމިޔާބީއެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ މަސައްކަތުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ދިވެހި ރައްޔިތުންނަށް ފެނިގެން އެބަދޭ. އަދި ކުރިއަށް އޮތްތަނުގައިވެސް ވަރަށް ބޮޑެތި ކާމިޔާބީތައް ފެންނާނެ. ޕާޓީ ޖަހައިގަނެގެން ގެންދިޔަޔަސް ކާމިޔާބު ކަމާއެކު ކުރެވުނު އެއްވެސް ކަމެއް ނެތް. ޕާޓީގެ ހިންގުމުގެ ތަޖްރިބާ ނެތް ބޭފުޅަކަށް ކޮންކަމެއްތޯ ކުރެއްވޭނީ. އެބޭފުޅާގެ ނުހުންނާނެ ތަޖްރިބާއެއް. ރައީސް މައުމޫނާ ނުލައި ދެންވެސް ޕީޕީއެމަކަށް ކާމިޔާބީއެއް ނުލިބޭނެ." ނާދިރާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު