Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާދަމް އާޒިމް ހައްޔަރުކުރުން

ޝަރުތަކާއި ނުލައި އާޒިމް ވަގުތުން ދޫކޮށްލުމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ގޮވާލައިފި

އާޒިމް ހައްޔަރުކުރި ކުރުމަކީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ދިން ހަމަލާއެއްކަމަށް އެމްނެސްޓީން ދެކޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 13 ޖޫން 2017 | އަންގާރަ 18:51
އާދަމް އާޒިމް، ކާނަލް ނާޒިމާއެކު

އާދަމް އާޒިމް، ކާނަލް ނާޒިމާއެކު

ސަރުކާރު ވައްޓާލުމަށް ރާވާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކާނަލް ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް އެއްވެސް ޝަރުތަކާއި ނުލައި ވަގުތުން ދޫކޮށްލުމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ގޮވާލައިފިއެވެ.

އިންސާނީ ހައްގުތަކާއި ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ އެމްނެސްޓީން އަންގާރަ ދުވަހު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އާޒިމް ހައްޔަރުކުރި ކުރުމަކީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ދިން ހަމަލާއެއްކަމަށެެވެ.

ފާއިތުވެ މިދިޔަ މަސްތަކުގައި ގާތްގާތުގައި އިދިކޮޅު އިސްފަރާތްތަކަށް ސަރުކާރުން އެކި ނަންނަމުގައި ސިޔާސީ ދައުވާތައްކޮށް، އެކިކަހަލަ ތުހުމަތުތައް ކުރަމުންގޮސްފައިވާކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އެޖަމިއްޔާއިން ދެކޭ ގޮތުގައި، އާޒިމް އަށް ސަރުކާރުން ސީދާ ޓާގެޓް ކުރީ ކަމަށާއި، އޭނާއަކީ މި ފަހަކަށް އައިސް ހައްޔަރުކޮށްފައިވާ އޭނާގެ ބޭބެ ނާޒިމްއާއި، އަދި އެހެނިހެންވެސް ސިޔާސީ ކަންކަމުގައި ފަސްޖެހުމެއެްނެތި އަޑުއުފުލާ އިދިކޮޅު ލީޑަރެއް ކަމަށް އެ ޖަމްއިއްޔާއިން ދެކޭ ކަމަށްވެސް ބަޔާނުގައި ވެއެވެ.

އާޒިމް ހައްޔަރުކޮށްފައިވަނީ އިދިކޮޅު އެމްޔޫއޯގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ރައީސް ނަޝީދު ހިމެނޭގޮތުން ބޭރުގެ ގައުމުތަކާއި އެކު ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުންތަކަށްފަހު މާލެ ވަޑައިގެންނެވި ފަހުންނެވެ.

އާދަމް އާޒިމް ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، މިމަހުގެ 8 ވަނަ ދުވަހުގެ ހެނދުނު އޭނާގެ ގެއިން ނުކުމެވަޑައިގަންނަވަނިކޮންނެވެ.

އާޒިމް ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ، އާޒިމް ހައްޔަރުކުރަނީ، ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ސަރުކާރު ބަދަލުކުރުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކައި، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާއި މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދާ، އިތުބާރު ގެއްލުވާލުމަށް މަސައްކަތްކޮށް، ދޮގު މަޢުލޫމާތު ފަތުރައި، ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކާފައިވާކަމަށް ތުޙުމަތު ކުރެވޭތީ ކަމަށެވެ. އަދި ހަމަ މިއާއިއެކު، މި މައްސަލައިގެ ހެއްކައް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް އާޒިމް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭ ކަމަށާ، އާޒިމް މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ބެހެއްޓުމަކީ އޭނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ފެންނަ ކަމަށްވެސް ކޯޓު އަމުރުގައި ވެއެވެ.

ފުލުހުންގެ އިންޓެލް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކު ހައްޔަރު ނުކުރެވޭނެކަމަށް އާޒިމްގެ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އާޒިމްގެ މައްޗަށް ކޮށްފައިވާ ގާނޫނީ ސަރުކާރު ވަށްޓާލަން ރާވާކަމުގެ ތުހުމަތު އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ، ގާނޫނުލްއުގޫބާތުގެ 532 533 އަދި 610 ވަނަ މާއްދާގެ ދަށުން 17 އަހަރުގެ ޖަލުހުކުމެއް އަންނާނެއެވެ.

އާޒިމްގެ މައްޗަށްކޮށްފައިވާ އަސްލެއްނެތް ތުހުމަތުތައް އަނބުރާ ގެންގޮސް އޭނާ ވަގުތުން މިނިވަންކުރުމަށް އެމްނެސްޓީން ވަނީ ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިޑަކާ ނުލައި ހދ. ދިއްޕަރުފުށި މެންބަރު ޖައުފަރު ދާވޫދަށް ދީފި

ބިޑަކާ ނުލައި ހދ. ދިއްޕަރުފުށި މެންބަރު ޖައުފަރު ދާވޫދަށް ދީފި

23 މާރިޗު 2017
މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް

މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް

16 މާރިޗު 2017
އިންތިހާބާ ނުލައި 13 ކެންޑިޑޭޓަކު ކައުންސިލަށް އިންތިހާބު ވެއްޖެ

އިންތިހާބާ ނުލައި 13 ކެންޑިޑޭޓަކު ކައުންސިލަށް އިންތިހާބު ވެއްޖެ

13 މާރިޗު 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު