Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބުގެ ބޭސްފަރުވާގެ މައްސަލަ

ސަރުކާރުގެ ނިންމުން އަދީބު ސިފަ ކުރައްވަނީ ޙުކުމަކާއި ނުލައި މަރާލުން ގޮތުގައި: ވަކީލު

20 ޖޫން 2017 | އަންގާރަ 23:33

އަދީބު ވިދާޅުވީ އަދީބަކީ ކާކުކަމާއި ފިއްލަވާނެ ބޭފުޅެއް ނޫންކަން އަނިލްއަށް އެނގިވަޑައިގަންނަވާނެ ކަމަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 20 ޖޫން 2017 | އަންގާރަ 23:33
އަދީބުގެ ވަކީލް މަހްފޫޒް، 60 މިނެޓްގައި އިންޓަރވިއު ދެއްވަނީ

އަދީބުގެ ވަކީލް މަހްފޫޒް، 60 މިނެޓްގައި އިންޓަރވިއު ދެއްވަނީ

ސަރުކާރުން ޕްރެސް ކޮންފަރެންސެއް ބާއްވައި، ހާމަކުރެއްވި ހާމަކުރެއްވުންތައް ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ސިފަ ކުރައްވަނީ ޙުކުމަކާ ނުލައި މަރާލުމުގެ ގޮތުގައިކަމަށް އަދީބުގެ ޤާނޫނީ ވަކީލް މަހްފޫޒް ސައީދު ވިދާޅުވެއްޖެއެވެ.

މަހްފޫޒް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަސްދޮޅަސް މިނެޓަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

Advertisement - newsAdvertisement

މަހްފޫޒް ވިދާޅުވީ ޕްރެސް ކޮންފަރެންސްގެ މައުލޫމާތު އަންގާރަ ދުވަހު އަހުމަދު އަދީބާއި ހިއްސާ ކުރެއްވި ކަމަށާއި އެވާހަކަތަކާއި ގުޅިގެން އަދީބު އެކަން ސިފަ ކުރެއްވީ ޙުކުމަކާއި ނުލައި ޖަލުގައި ބާއްވައިގެން ސަރުކާރުން އޭނާ މަރާލުމަށް މަސައްކަތް ކުރުން ގޮތުގައިކަމަށެވެ.

އަދީބު ވިދާޅުވިކަމަށް މަހްފޫޒް ވިދާޅުވީ އަދީބަކީ ބަންޑާރަ ނައިބު އަނިލްއާ ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެއް ކަމަށާއި އަދީބަކީ ކާކުކަން ވަރަށް ރަނގަޅަށް އަނިލްއަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އަދީބު އެކަން ސިފަ ކުރައްވަނީ ޙުކުމަކާ ނުލައި މަރާލުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި. އަދީބު ޖަލުގައި އޮންނެވީ ކުށްތަކެއްގެ ސަބަބުން ޙުކުމެއް ތަންފީޒް ކުރުން ކަމަށް. އެހެންނަމަވެސް ބޭސްފަރުވާ ނުދީ ޖަލުގައި މަރުވާން ދޫކޮށްލުން ކަމަށް އަދީބު ސިފަ ކުރައްވަނީ. އަދީބު ވިދާޅުވީ އަނިލްއަށް އެނގިވަޑައިގަންނަވާނެޔޭ، އަދީބަކީ ކާކުކަން. ފިއްލަވައިގެންދާނެ ބޭފުޅެއް ނޫންކަން. އަދި އަނިލްގެ ވާހަކައަށް ވަރަށް ވަރުގަދައަށް ރައްދުވެސް ދެވޭނެކަން އަނިލްއަށް އެނގިވަޑައިގަންނަވާނެކަން

މަހްފޫޒް ވިދާޅުވީ އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމާމެދު ސަރުކާރުން ގޮތެއް ނިންމެވިކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި ސަބަބަކީ ރާއްޖޭގެ ޤާނޫން އަސާސީއާއި ޤާނޫނުތަކަށް ބަލާއިރު އަދީބު ބޭރަށް ފޮނުވޭނެކަން ނުވަތަ ނޫންކަން ޓުއަރިޒަމް މިނިސްޓަރާއި ބަންޑާރަނައިބަށް ނުނިންމެވޭނެ ކަމަށެވެ. އަދި ޖަލުގައި ޙުކުމް ތަންފީޒް ކުރަމުންދާ ގައިދީއަކަށް ލިބިދޭންޖެހޭ ބޭސްފަރުވާގެ ހައްޤު ދިނުމާމެދު ސަރުކާރަކަށް ސިޔާސީ ނިންމެވުމެއް ނުނިންމެވޭނެކަމަށް މަހްފޫޒް ވިދާޅުވިއެވެ.

"އަދީބު ބޭރަށް ފޮނުވުމާމެދު ސަރުކާރުން ގޮތެއް ނިންމެވީ ކަމަކަށް ނުދެކެން. ދެބޭފުޅަކު ވިދާޅުވެއްޖެ އަދީބު ފިލާފާނެތީ ބޭރަށް ނުފޮނުވޭނެ ކަމަށް. އަދީބަކީ ޖަލެއްގައި ޙުކުމް ތަންފީޒް ކުރަމުންދާ ބޭފުޅެއް. އަދީބުގެ ބޭސްފަރުވާގެ ކަންކަމާމެދު ގޮތެއް ނިންމުމުގެ ހައިސިއްޔަތު ލިބެނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް. އަޅުގަނޑުމެން ވާނީ ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ތެރެއިން އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް މޯލްޑިވސް ކަރެކްޝަނަލް ސަރވިސްގަ އެދިފަ. އަދީބު ވާނީ ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް ޑޮކްޓަރަށް ދައްކާފައި. ޑޮކްޓަރުން އެބަވޭ އަދީބުގެ ބައްޔަކީ ރާއްޖެއިން ފަރުވާކުރެވޭނެ ބައްޔެއް ނޫންކަން ރާއްޖެއިން ބޭރަށް ފުރަން ޖެހޭކަން ވިދާޅުވެފަ. ދެން ޤާނޫން ބުނާ ގޮތުން ގޮތެއް ނިންމެނީ ކަރެކްޝަންގެ މެޑިކަލް ބޯޑަށް. އެ އިޖުރާއަތު ބައިޕާސް ކުރައްވާ އަނިލްއާ ޒަމީރަކަށް ގޮތެއް ނުނިންމޭނެ" ޤާނޫނީ ވަކީލް މަހްފޫޒް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް