Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސަރުކާރުގެ ބޮޑު ޕްރޮޖެކްޓަކަށް އޭޓީއެމްތަކާއި ރަސްމާދޫ އެންޓަނާ

އޭޓީއެމް ތަކަކީ އެބޭންކުތަކުގެ ކުރިއެރުމަށް އެމީހުންވެސް ރާވާފައި ހުންނަ ކަންކަމެވެ. ދިރާގާއި އުރީދޫން އެމީހުންގެ ނެޓްވޯކް ރަނގަޅުކުރަން ޖަހާ އެންޓަނާހެންނެވެ. ރަށެއްގައި އޭޓީއެމްއެއް ބަހައްޓައިގެން މާ ފުންނާބުއުސް އިގްތިސޯދީ ވަޒީރަކު ފޮޓޯއާއެކު އެކްސްގައި ޕޯސްޓްކުރިއަސް އޭޓީއެމްއެއް ބެހެއްޓުން އެއީ މިހާރު ހަބަރެއްގެ ގޮތުގައިވެސް ކަވަރ ކުރާވަރުގެ ވާހަކައެއް ނޫނެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 24 މާރިޗު 2025 | ހޯމަ 12:44
މިނިސްޓަރު ސައީދު ވިދާޅުވީ ރޯދަމަހު ބާޒާރުގައި ތަކެތީގެ އަގުތައް ނުއުފުލޭނެކަމަށް، ނަމަވެސް ހަފްތާއެއް ނުވެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައި

މިނިސްޓަރު ސައީދު ވިދާޅުވީ ރޯދަމަހު ބާޒާރުގައި ތަކެތީގެ އަގުތައް ނުއުފުލޭނެކަމަށް، ނަމަވެސް ހަފްތާއެއް ނުވެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައި

ވެރިކަމަށް އަންނަންވެސް ލައްކަ ފޮނި ކެނޑިއެވެ. ފައިސާ ލިބޭނެ ކޮޅުކޮޅާއި ފައިސާ ދޭނެ ގައުމުތައް ހަމަޖެހި ނިމިފައި އޮތްވާހަކައެވެ.

ވެރިކަމަށް އައުމަށްފަހު ގައުމުތަކަށް ވަޒީރުންތައް ފޮނުއްވިއެވެ. އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްގެންނެވެ. ނާށިގަނޑެއްގެ ގޮތުގައި ސިޓީބިޓީތައް ދީފައި ސަލާން ޖަހާށެވެ. ދޭނެކަމަށްބުނެ ފޮނިކެނޑި ފައިސާތައް ބަލައެވެ.

އޭގެތެރެއިން އެއްވަޒީރަކު ވަޑައިގެންނެވީ ޗައިނާއަށެވެ. ވަޑައިގެންގޮތައް ރައީސް މުއިއްޒުގާތު ވިދާޅުވިކަމަށްވަނީ 800 މިލިއަން ޑޮލަރުދޭން އެމީހުން އެއްބަސްވިކަމަށެވެ. ހުރިހާކަމެއް ހުރީ ހަމަޖެހި ނިމިފައިކަމަށެވެ. އިސާހިތަކު ރައީސުލް ޖުމްހޫރިއްޔާގެ ހައްޓަކުވެސް ހެޔެއް ނެތެވެ. ވީ އުފަލުން ޗައިނާއާ ދެކޮޅު އިންޑިއާއަށް ރަތްމަހަކަށް ނުގޮވާ ވަރަށް އެއްޗެހި ގޮވައިގަތެވެ. ބުލީ ނުކުރުމަށް އިންޒާރު ދެއްވިއެވެ. ގައުމެއްގެ ބެކްޔާޑްގައި އޮންނަ ބަޔަކަށް ރާއްޖެ ނުވާނެކަމަށް ވިދާޅުވެ މޭފުޅު ފުއްޕާފައި ހަރުކަށި ބަސްފުޅު ވިދާޅުވިއެވެ. ރައީސަކު އެހެން ގައުމެއްގެ ވެރިއަކަށް ވިދާޅުވާން ނުވާވަރަށް އެއްޗެހި ވިދާޅުވިއެވެ.

އެވިދާޅުވާ ނަގުދު ރުފިޔާ 800 މިލިއަން ޑޮލަރު އެއީ މިތާ ހިންގާ ޕްރޮޖެކްޓްތަކެއްކަމަށްވެ އެއިން ލޯ ލާރިއެއްވެސް އަތަށް ލިބޭގޮތެއް ނުވިއެވެ. އާޚިރުގައި އިންޑިއާގެ ފައިބުޑަށްވެއްޓި ޖެހިސަލާމުގެ ވާހަކަ އިތުރަކަށް ނަގަނަގައިގެން ދައްކާކަށް މަށަކުވާ ނެތީމެވެ.

އޭގެ ފަހެވެ. އިކޮނޮމިކް މިނިސްޓަރ ސައީދު އިއުލާން ކުރެއްވީ މާސިންގާ ބޮޑު ޕްރޮޖެކްޓެކެވެ. މީހުން އަޅައިގަންނަ ޒާތުގެ މޮޅެތި އިގްތިސޯދީ ބަސްތައް ބޭނުން ކުރައްވައިގެން އެކެނޑުއްވި ފޮނި ނިންމަވާލެއްވީ 400 މިލިއަން ޑޮލަރު އެކަމުން ލިބޭނެ ކަމަށް އަޑަށް ބާރުލައްވާފައި ވިދާޅުވަމުންނެވެ. މުޅި ސަރުކާރު ހއ އަތޮޅަށްގޮސް ބޮޑުސިންގާ މަންޒަރެއް ދައްކާފައި ފެށި ބަންކަރިން ދިޔައީ ޗޮކުންނެވެ. 400 މިލިއަން ޑޮލަރުގެ ރާގު ބަދަލުވެ ހާހެއްހާ ޑޮލަރު ލިބުނަސް އޯކޭތާއޭ ވިދާޅުވެ ކުރިން ގޮވުނު ނަދުރުތަކުން ބޯދަމައިގަތެވެ. ބަންކަރިންނަށް ގެންދިޔަ ބޯޓަށް ވީގޮތާއި ބާޖް މިހާރު އޮތްތަނާ ތުރާކުނު ގޮނޑުދޮށުގައި ފެންބާޖުގެ ވާ އައްސަން ޖެހި ކަޑައިގެ ވާކަވެސް ތަކުރާރުކުރާކަށް ނެތީމެވެ. ކުޅުދުއްފުށިން ފެންއުފުލި ކަޅުހަންތަކުގެ ވާހަކަވެސް އަމުދުން ދެއްކުމުގެ ބޭނުމެއްނެތެވެ.

ޑިވެލޮޕްމަންޓް ބޭންކަކުން މުޅި އިގްތިސާދު އާ ހަރުފަތަކަށް ގެންދާނެ ކަމާއި އެއީ މަހާ ޕްރޮޖެކްޓެއްކަމަށްވެސް އިއުލާން ކުރިއެވެ. ވީގޮތް އެނގޭ ނޫންހެއްޔެވެ. އަދިއަދަށް އެތަނުންދިން ޚިދުމަތެއް ލޯނު ލިބުނު މީހެއް މި އުޑުބަޅުކުރި ހިސާބަކު ނެތެވެ. ނުވިތާކަށް އެކަންނުވެ އެކަމަށް އެތައް ލައްކަ ޑޮލަރެއް މުސާރައަށް ދީފައި ގެނެސްހުރި ސީއީއޯވެސް އެދިޔައީ އެކަން ނުވިކަމަށް ހަދާފައި އިސްތިއުފާ ދީފައި ފުރައިގެންނެވެ. ދެން އެވާހަކަވެސް އިތުރަކަށް ދެއްކުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ.

ކުރުގޮތަކަށް ބުނަންޏާ ކެނޑި ފޮންޏާ ސަޅި ބައިސާތަކުން އައި ބިޔަ ޕްރޮޖެކްޓެއް ކީއްކުރަން ހެއްޔެވެ. އާދައިގެ ކުޑަ ޕްރޮޖެކްޓްގަނޑެއްވެސް މި ފަސްގަނޑަކުން ނުފެނުނެވެ. މައްޗަށް އެރިޔަނުދީ ހިފަހައްޓައިގެންތިބި ޑޮލަރުގެ އަގުވެސް ހަމަ މައްޗަށެވެ. ތަކެތީގެ އަގުވީ އިންތިހާއަށް ބޮޑެވެ. އެންމެފަހުން ހަދާނެ ނުހަދާނެ އެއްޗެއް ނޭނގި ރޯމަހެއްހެއް ތެޅިފޮޅެމުންދަނިކޮށް ލޮލުގައި އަޅައިގަތީ ހަމަގައިމުވެސް ލޯމައްޗަށް ދައްކާލެވޭނޭ ބިޔަބޮޑު ޕްރޮޖެކްޓެކެވެ. މާ ބޮޑު މަސައްކަތަކާ ނުލައި ހާމަކޮށްލައި ހެދޭނެ މާސިންގާ ޕްރޮޖެކްޓެކެވެ. ފޮޓޯނަގާލައި ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް ހަދަމުން އެދަނީ އެ ބޮޑު ޕްރޮޖެކްޓެވެ. ބޭންކްތަކުން އެމީހުންގެ ބޭނުމަށް ރަށްރަށުގައި ބަހައްޓަމުންދާ އޭޓީއެމްތަކެވެ.

ހީނހީނ ހަލާކުވެދާނެއެވެ. މިރޯދަ މަހު ރޯދަކުރުކުރަން ޖޯކަކަށްވެސް ކިޔާކަށް ކަމަކު ނުދެއެވެ. ނާފަހެ އެއޭޓީއެމް ތަކަކީ އެބޭންކުތަކުގެ ކުރިއެރުމަށް އެމީހުންވެސް ރާވާފައި ހުންނަ ކަންކަމެވެ. ދިރާގާއި އުރީދޫން އެމީހުންގެ ނެޓްވޯކް ރަނގަޅުކުރަން ޖަހާ އެންޓަނާހެންނެވެ. ރަށެއްގައި އޭޓީއެމްއެއް ބަހައްޓައިގެން މާ ފުންނާބުއުސް އިގްތިސޯދީ ވަޒީރަކު ފޮޓޯއާއެކު އެކްސްގައި ޕޯސްޓްކުރިއަސް އޭޓީއެމްއެއް ބެހެއްޓުން އެއީ މިހާރު ހަބަރެއްގެ ގޮތުގައިވެސް ކަވަރ ކުރާވަރުގެ ވާހަކައެއް ނޫނެވެ. ބޭންކްތަކުން އެމީހުންގެ ކުރިއެރުމަށް ބަހައްޓާ އޭޓީއެމްތަކަކީ މި ސަރުކާރުގެ ބިޔަ ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި ދެކި ތިޔަވަރުގެ ފޮންޏެއް ކަނޑަންޏާ ރަސްމާދޫ އެންޓަނާއާއި މާލޭގެ އުސްއިމާރާތްތަކުގެ މަތީގައި ޖަހާފައި ހުންނަ އެންޓަނާތަކުގެ ދޮށުގައި ހުއްޓިހުރެ ފޮޓޯނަގައިގެންވެސް ޕޯސްޓްކޮށްލާށެވެ. އެއީވެސް ބޮޑެތި ބިޔަ ޕްރޮޖެކްޓްތަކެވެ. މަވާ ސަލާމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު