Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެނެޑާގެ އާންމު އިންތިޚާބު

ޓްރަމްޕްގެ ފިއްތުންތަކާއި ގުޅިގެން، ކެނެޑާގެ ބޮޑު ވަޒީރު ކާނީ އަވަސް އިންތިޚާބަކަށް ގޮވާލައްވައިފި

އިންތިޚާބުގެ ޚިޔާލު ހޯދުމުގެ ޕޯލް ތަކުން ދައްކާ ގޮތުގައި ޕިއޭ ޕޮއިލީވްރެއާގެ ކޮންސަވޭޓިވް ޕާޓީ މީގެ ކުރިން ކުރީގައި އޮތް ނަމަވެސް، ކާނީ ވެރިކަމާ ހަވާލުވުމަށްފަހު ޕޯލްތަކުގައި ދެ ޕާޓީގެ ވާދަވެރިކަން ވަނީ ބޮޑުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 މާރިޗު 2025 | ހޯމަ 05:58
އަވަސް އިންތިޚާބަށް ގޮވާލައްވައި ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ ވާހަކަ ދައްކަވަނީ

އަވަސް އިންތިޚާބަށް ގޮވާލައްވައި ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ ވާހަކަ ދައްކަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފިއްތުންތަކާއި، އުނދަގޫތަކުގެ ސަބަބުން، ކެނެޑާގެ އާންމު އިންތިޚާބު އޭޕްރީލް މަހުގެ 28 ގައި ބާއްވަން އެ ޤައުމުގެ އައު ބޮޑު ވަޒީރު މާކް ކާނީ ގޮވާލައްވައިފި އެވެ. 

އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ބާއްވަން ގޮވާލަައްވާފައިވާ މި އިންތިޚާބަކީ، ޓްރަމްޕްގެ ވެރިކަމުގައި ކެނެޑާ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ރައްޔިތުންގެ ތާއީދު ހޯދުމަށް އަމާޒު ކުރެވިފައިވާ އިންތިޚާބެކެވެ. 

މަރުކަޒީ ބޭންކުގެ ގަވަރުނަރުކަން ވެސް ކުރައްވާފައިވާ ކާނީ، ލިބަރަލް ޕާޓީގެ ލީޑަރު ކަމާއި، ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވީ ކުރީގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ އިސްތިއުފާ ދެއްވަން ނިންމެވުމާ ގުޅިގެންނެވެ. އެހެން ނަމަވެސް، އޭނާ އަކީ މިހާތަނަށް މުޅި ގައުމުގެ ވޯޓު ހޯއްދަވާފައިވާ ލީޑަރެއް ނޫނެވެ.

ޓްރަމްޕްގެ ވެރިކަމުން ކެނެޑާ އަށް ކުރިމަތި ވެފައިވާ ވިޔަފާރި ހަނގުރާމަ އާއި، އެހެނިހެން ބިރުވެރިކަމުން ސަލާމަތްވުމަށް އަވަސް އިންތިޚާބެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ކާނީ ވަނީ ވިދާޅުވެފައި އެވެ.

ކާނީ ވިދާޅުވީ ޓްރަމްޕް ބޭނުން ވަނީ ކެނެޑާ ނައްތާލުމަށް ފަހު، އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ކަމަށެވެ. އެކަން އެގޮތުގައި ވާން ކެނެޑާ އިން އެއްވެސް ގޮތަކަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ކާނީ ވިދާޅުވެފައިވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިއީ ޓްރަމްޕްގެ ސަބަބުން ކުރިމަތި ވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށެވެ. ޓްރަމްޕް ވަނީ ކެނެޑާގެ މިނިވަންކަމާއި، ސަރަހައްދުތަކަކީ އޮޅުވާލައިގެން އުފައްދާފައިވާ އެއްޗެއް ކަމަށް ބުނެ، ކެނެޑާ އެމެރިކާގެ 51 ވަނަ ސްޓޭޓަކަށް ހެދުމަށް ގޮވާލައްވާފައި އެވެ.

 މީގެ އިތުރުން، ކެނެޑާގެ އިމްޕޯޓުތަކަށް ޓެރިފް ނެގުމުގެ ސަބަބުން އެގައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުން ތަކެއް ވެދާނެ ކަމުގެ ބިރު އެބަ އޮތެވެ.

އިންތިޚާބުގެ ޚިޔާލު ހޯދުމުގެ ޕޯލް ތަކުން ދައްކާ ގޮތުގައި ޕިއޭ ޕޮއިލީވްރެއާގެ ކޮންސަވޭޓިވް ޕާޓީ މީގެ ކުރިން ކުރީގައި އޮތް ނަމަވެސް، ކާނީ ވެރިކަމާ ހަވާލުވުމަށްފަހު ޕޯލްތަކުގައި ދެ ޕާޓީގެ ވާދަވެރިކަން ވަނީ ބޮޑުވެފައި އެވެ.

ސިޔާސީ މާހިރުން ބުނާ ގޮތުގައި މިއީ ޓްރަމްޕްގެ ނުފޫޒުގެ ސަބަބުން ވަރަށް ނާޒުކު އިންތިޚާބަކަށް ވެގެން ދާނެ އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު