Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް

"ޚިދުމަތް ނުފެށި އުޅެނިކޮށް ޑީބީއެމްގެ ސީއީއޯ އިސްތިއުފާދެއްވުމުން އެނގެނީ ސަރުކާރުގެ ހިންގުންތެރިކަމެއް ނެތް މިންވަރު"

24 މާރިޗު 2025 | ހޯމަ 04:54

ޑިވެލޮޕްމެންޓް ބެންކް އޮފް މޯލްޑިވްސްގެ އޮފީސް ހުޅުވާފައި ވަނީ ސަރުކާރަށް އަހަރެއް ފުރުމާ ދިމާކޮށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 މާރިޗު 2025 | ހޯމަ 04:54
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ޑިވެލޮޕްމެންޓް ބެންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ޚިދުމަތް ނުފެށި އުޅެނިކޮށް މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް މަޤާމުން އިސްތިއުފާދެއްވުމުން ފެންނަނީ ހިންގުންތެރިކަމެއް ނެތް މިންވަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު އެފަދައިން ވިދާޅުވީ އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

Advertisement - newsAdvertisement

މީގެ އަހަރެއްހާ ދުވަސް ކުރިން ސަރުކާރުން ޑިވެލޮޕްމެންޓް ބެންކް އޮފް މޯލްޑިވްސް ލޯންޗްކޮށްފައިވާ އިރު އޭގެ ފަހުން އެތަނަށް ޗެއާރމަން އަކާއި ސީއީއޯ ހޯދި ކަމަށާއި، ސްޓާފުން ވެސް ހޯދާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްގެ އޮފީސް ގާއިމްކޮށްފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

އެހެންނަމަވެސް އެ ބޭންކް ޤާއިމްކޮށްގެން އަދިވެސް އެއްވެސް ކަމެއް ނުކުރެވޭއިރު، އެ ދާއިރާގެ ދޮރުތައް ހުރީ ބަންދުކޮށް ކަމަށް އަމީރު ވިދާޅުވި އެވެ. އަދި މިހާތަނަށް ވެސް ސީއީއޯއަށް މަހަކު 28 ހާސް ޑޮލަރަށް ވުރެ ގިނަ ޑޮލަރު (5 ލައްކަ ރުފިޔާ) މުސާރައިގެ ގޮތުގައި ދެމުން އައިސްފައިވާ ކަމަށް އަމީރު ފާހަގަކުރެއްވި އެވެ. އަދި މިހާރު ސީއީއޯ އިސްތިއުފާ ދެއްވާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އަމީރު ވަނީ ސީއީއޯ އިސްތިއުފާދެއްވީ އެ މަޤާމުގައި ހުރެ ކުރި މަސައްކަތެއް ނެތި މަޤާމުގެ ހުރިހާ ފައިދާއެއް ލިބިގަތުމަށްފަހުގައި ކަމަށެވެ. އެ ހުރިހާ ފައިދާ އެއް ހޯދުމަށް ފަހު އޭނާ އަށް ފަސޭހަ ކަމާއި އެކު އެ ކުންފުންޏާއި ދުރަށް ހިނގައިގަނެވޭތީ އަމީރު އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އަމީރު ވިދާޅުވީ ފެށުނީއްސުރެ މި މަޝްރޫޢުގެ ކަންކަން ހިނގަމުން ދިޔައީ މާޔޫސްވާ ގޮތަށް ކަމަށެވެ. އަދި ކުރިން ވެސް މި މަޝްރޫޢު ކާމިޔާބު ނުވާނެ ކަމަށް ބެލެވުނު ކަމަށް އަމީރު ވިދާޅުވި އެވެ. އެހެންކަމުން މިއީ ގޯސް މެނޭޖްމަންޓާއި ނާގާބިލްކަމުގެ ފާޅުކަން ބޮޑު ރަމްޒެއް ކަމަށް އަމީރު ވިދާޅުވި އެވެ.

އާދިއްތަ ދުވަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ކުރި ޕޯސްޓެއްގައި ޑީބީއެމްގެ ސީއީއޯ އަދި އެމްޑީ އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ އެކަން ޤަބޫލުކޮށް އޭނާ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ.

މި މަގާމަށް ނޮއެލް އައްޔަންކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ ނޮއޮލް އަކީ ދެކުނު އެފްރިކާގެ ކޭޕް ޓައުން ޔުނިވާސިޓީން ޑިގްރީ ހާސިލްކޮށް، އޮކްސްފޯޑް ޔުނިވާސިޓީން މާސްޓާސް ހާސިލްކޮށްފައިވާ ފަރާތެކެވެ. އޭނާއަކީ 28 އަހަރު ބެންކިން ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ.

ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްގެ އޮފީސް ހުޅުވާފައި ވަނީ ސަރުކާރަށް އަހަރެއް ފުރުމާ ދިމާކޮށެވެ. ނަމަވެސް އެތަނުން އެއްވެސް ޚިދުމަތެއް ދޭން ފެށިފައެއް ނުވެ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 މާރިޗު 2017

އޭޑީކޭ ފްލޫ ކްލިނިކްތަކުގެ ޚިދުމަތް މެދުކަނޑާލައިފި

23 މާރިޗު 2017
އޭޑީކޭ ފްލޫ ކްލިނިކްތަކުގެ ޚިދުމަތް މެދުކަނޑާލައިފި
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
01 މާރިޗު 2017

އެމްޕީއެލްގެ ސީއީއޯ އަކަށް ހަލީމް، އެމްއާރްޑީސީ އަށް ނިމާލް!

01 މާރިޗު 2017
އެމްޕީއެލްގެ ސީއީއޯ އަކަށް ހަލީމް، އެމްއާރްޑީސީ އަށް ނިމާލް!
28 ފެބުރުއަރީ 2017

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

28 ފެބުރުއަރީ 2017
އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް