Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްރޯދަ ބަދިގެ 1441

ސްޓްރޯބެރީ ނަޓެއްލާ ޕިއްޒާ

މިއީ ތައްޔާރު ކޮށްލަން ފަސޭހަ ޑިޒާޓެއް!

ޒުނާނާ ޒާލިފް
ޒުނާނާ ޒާލިފް | 20 މެއި 2020 | ބުދަ 07:29
ސްޓްރޯބެރީ ނަޓެއްލާ ޕިއްޒާ، ޗޮކްލެޓް ކަވާޑް ކޭޓީ

ސްޓްރޯބެރީ ނަޓެއްލާ ޕިއްޒާ، ޗޮކްލެޓް ކަވާޑް ކޭޓީ

ޕިއްޒާއޭ ބުނުމުން ކޮބާހޭ ކިޔައި ބަދިގެޔަށް ދިޔުމަށް އަވަސްް ވެގަންނަ އަދި އެންމެ ފަހު ފޮއްޗަށް ހިފާ ކުދިންނަށް މި ޑިޒާޓް ޕިއްޒާ ހަމަ ގައިމުވެސް ވަރަށް ކަމުދާނެ އެވެ.

އެންމެ ފުރަތަމަ ފުށްގަނޑު ތައްޔާރު ކޮށްލުމަށް، ހަކުރު، ޔީސްޓު އަދި ފެންފޮދު ތައްޓެއްގައި އެއްކޮށްލާފައި 10 މިނެޓު ބަހައްޓާލާށެވެ.

އެއަށްފަހު ލޮނާއި ތެޔޮ އަޅާފައި ފުށް އަޅަމުން، އެއްކުރަމުން ދާށެވެ.

ފުށްގަނޑު މާ ދިޔާ ވެއްޖެނަމަ ފުށް އިތުރަށް އަޅައި، މޮޑެލާށެވެ.

ދެން 'ސްމޫތު' ވަންދެން ފުށްގަނޑު މޮޑެލާފައި، 5 މިނެޓް ވަންދެން ބަހައްޓާލާށެވެ.

އެއަށްފަހު ބޭނުންވާ ބޯ މިނަަކަށް ދަމާލާފައި، ޓްރޭއެއްގައި އަތުރާލާފއި 8 ވަރަކަށް މިނެޓް 180 ޑިގްރީ ސެލްސިއަސްގައި ފިހެލާށެވެ.

ޕިއްޒާ ފިހެވުމުން އޭގެ މައްޗަށް ބޭނުންވާ ވަރަކަށް ނަޓެއްލާ އަޅާށެވެ. އޭގެ ފަހުން ސްޓްރޯބެރީ އަދި ދޮންކެޔޮ ތުނިކޮށް ކޮށާފައި ޕިއްޒާ މަތީގައި އަތުރާލާށެވެ.

އަތުރާލުމަށް ފަހު، މައްޗަށް ވައިޓް ޗޮކްލެޓް ޗިޕްސް އަޅާފައި ބޭނުންވާ ސައިޒަކަށް ޕިއްޒާ ކަފާލާށެވެ.

މި ޕިއްޒާއަށް އިތުރު ކްރަންޗެއް ގެންނަން ބޭނުމިއްޔާ ތުނިކޮށް ކޮށާފައި ހުރި އަލްމަންޑު ވެސް މައްޗަށް އެޅިދާނެ އެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2022

ޕިއްޒާ ޓޯސްޓް

06 އެޕްރީލު 2022
ޕިއްޒާ ޓޯސްޓް
28 އެޕްރީލު 2021

ޝަވަރުމާ ޕިއްޒާ

28 އެޕްރީލު 2021
ޝަވަރުމާ ޕިއްޒާ
27 އެޕްރީލު 2021

ބްރެޑް ޕިއްޒާ ޑިސްކް

27 އެޕްރީލު 2021
ބްރެޑް ޕިއްޒާ ޑިސްކް
20 މެއި 2020

ފްލަފީ ނަޓެއްލާ ބްރެޑް

20 މެއި 2020
ފްލަފީ ނަޓެއްލާ ބްރެޑް
18 މެއި 2020

ސްޓްރޯބެރީ ޖޭމް ތައްޔާރުކޮށްލާކަށް އެހާ އުނދަގުލެއް ނޫން

18 މެއި 2020
ސްޓްރޯބެރީ ޖޭމް ތައްޔާރުކޮށްލާކަށް އެހާ އުނދަގުލެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު