Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕޭ ފްރޭމްވޯރކް

ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ޕޭ ފްރޭމްވޯކަށް ބަދަލު ގެނައުމުން އެމްއެޗްޕީޔޫ އިން މަރުޚަބާ ކިޔައިފި

މި ބަދަލަކީ އެ ޔޫނިއަން އިން ސިއްހީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރި މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއް ކަމަށް އެމްއެޗްޕީޔޫ އިން ވަނީ ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 މާރިޗު 2025 | ހުކުރު 05:33
3 ނަރުހުން މަސައްކަތުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯ އެއް

3 ނަރުހުން މަސައްކަތުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯ އެއް

ދައުލަތުގެ ޕޭ ފްރޭމް ވޯކްގެ މިންގަނޑުގެ ދަށުން އިތުރު ގަޑީގެ ފައިސާ ދޭ އުސޫލަށް ބަދަލު ގެނައުމުން މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިނ މަރުޚަބާ ކިޔައިފިއެވެ.

ރޯދަ މަހުގެ ފަހު 10ގައި އޮފީހަށް ނުކުމެ މަސައްކަތް ކުރަން ޖެހޭ މުވައްޒަފުންނަށް އެ ދުވަސްތަކަށް އިތުރު އެލަވަންސް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކަށް ގެނައި 7 ވަނަ އިސްލާހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ނޭޝަނަލް ޕޭ ކޮމިޝަނުން ވަނީ ޝާއިއުކޮށްފަ އެވެ.

އެގޮތުން ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅައި މާރިޗު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ބަންދު ކޮށްފައިވާއިރު، މި ދުވަސްތަކުގައި އޮފީހަށް ނުކުމެ މަސައްކަތް ކުރަން ޖެހޭ މުވައްޒަފުންނަށް އިތުރު އިނާޔަތް ދިނުމާ ގުޅޭ ގޮތުން ދައުލަތުގެ ޕޭ ފްރޭމްވޯކަށް އިސްލާހު ގެނެސް ޕޭކޮމިޝަނުން މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ.

އިސްލާހުގައި ގެނެސްފައިވާ މުހިންމު ބަދަލުތަކުގެ ތެރޭގައި ރޯދަ މަހުގެ ފަހު ދިހައެއްގައި ދައުލަތުގެ އިދާރާތަކުގައި އާންމުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން، އެ އިދާރާއިން މަސައްކަތަށް ނިކުންނަން ޖެހޭ ކަމަށް ކަނޑައަޅާ މުވައްޒަފުން މަސައްކަތަށް ނިކުންނަ ހުރިހާ ދުވަހަކަށް ހާޒިރީ އިނާޔަތް ދޭންވާނެ ކަމުގައި ބަޔާންކޮށްފައިވެ އެވެ.

އިތުރު ގަޑީގެ ފައިސާ ނުދީ ސިއްހީ ޚިދުމަތްތެރިން ލައްވާ މަސައްކަތްކުރުވުމަށް މަގުފަހިވާގޮތަށް ކަންކަން އޮތުމުން އެކަމާއި މެދު ހުރި ކަންބޮޑުވުންތައް އެމްއެޗްޕީޔޫ އިން ވަނީ ރައީސް ޑރ.މުހައްދު މުއިއްޒު އާއި ވެސް ހިއްސާކޮށްފައެވެ. މީގެ ކުރިން، ނަރުހުންގެ ކަންބޮޑުވުންތައް ފާޅުކުރުމުން، މި މައްސަލަ އާއި ގުޅިގެން ސިވިލް ސަރވިސް އިން ބުނެފައި ވަނީ ސިއްހީ ޚިދުމަތްތެރިންނަށް އާ ޕޭފްރޭމް ވޯރކް ދޭހަވުމުގައި މައްސަލަ އެއް ހުރިކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

މީގެ އިތުރުން ހެލްތް އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި މަސައްކަތް ކުރަމުންދާ ސިއްހީ މަސައްކަތްތެރިންގެ ތެރެއިން ސިއްހީ ދާއިރާގެ ޕޭ ފްރޭމް ވޯރކަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިން ލައްވާ އިތުރު ގަޑީގެ ފައިސާ ނުދީ މަސައްކަތް ކުރުވަމުންދާ މައްސަލަ ބޮޑުވެ އެކަން ހައްލުކޮށްދިނުމަށް ތަކުރާރުކޮށް ސިއްހީ ޚިދުމަތްތެރިން އައީ އެދެމުންނެވެ.

މި ބަދަލަކީ އެ ޔޫނިއަން އިން ސިއްހީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރި މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއް ކަމަށް އެމްއެޗްޕީޔޫ އިން ވަނީ ބުނެފައެވެ. އެ ޔޫނިއަން އިން ވަނީ ސިއްހީ ޚިދުމަތްތެރިންގެ އިންސާނީ އަދި ވަޒީފާގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ވެސް ގޮވާލާފައެވެ.

ރަމަޟާން މަހު ސިއްހީ ޚިދުމަތް ދޭ މުވައްޒަފުންނަށް އިތުރު ގަޑީގެ މަސައްކަތުގެ އުޖޫރަ ލިބުމުގައި އެ ބަދަލުތަކުގެ ސަބަބުން ލުޔެއް ލިބުނު ކަމަށް އެ ޖަމިއްޔާ އިން ފާހަގަކުރެއެވެ.

މިފަދަ ބަދަލެއް ސަރުކާރުން ގެނެސްފައިވާ އިރު އިތުރު ގަޑީގެ ފައިސާ ދިނުމުގައި އަމަލުކުރަމުން އައި ގޮތުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވި އެއް ބަޔަކީ ސިއްހީ ޚިދުމަތްދޭ މުވައްޒަފުންކަން އެ އެސޯސިއޭޝަނުން ވަނީ މީގެ ކުރިން ވެސް ފާހަގަކޮށްފައެވެ. އިތުރުގަޑީގެ ފައިސާ ނުލިބޭ ގޮތަށް ސިއްހީ މަސައްކަތްތެރިން މަސައްކަތް ކުރަން ޖެހޭތީ އެ ޖަމިއްޔާ އިން ވަނީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކަށް ސަރުކާރުން ބަދަލުގެންނަވާފައި މި ވަނީ މަސައްކަތްތެރިންގެ ހައްގުތައް ގެއްލޭތީ ޖަމިއްޔާ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ވަރަށް ބޮޑަށް ޕްރެޝަރ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެލްޖީއޭ ބޯޑު ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެންދިއުމުން ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

އެލްޖީއޭ ބޯޑު ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެންދިއުމުން ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

13 އެޕްރީލު 2017
ޖަރުމަނީން ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކޮށްފި

ޖަރުމަނީން ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކޮށްފި

07 އެޕްރީލު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

21 މާރިޗު 2017
އިންތިހާބު ފަސްކުރިަކަން އިއުލާންކުރީ މަޝްވަރާ ކުރަމުން ދަނިކޮށް: އެމްޑީޕީ، ޖޭޕީ

އިންތިހާބު ފަސްކުރިަކަން އިއުލާންކުރީ މަޝްވަރާ ކުރަމުން ދަނިކޮށް: އެމްޑީޕީ، ޖޭޕީ

17 މާރިޗު 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު