Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝަހީދުވި ސިފައިންގެ އާއިލާތަކަށް ފައިސާ ދިނުން

ޝަހީދުވި ސިފައިންގެ އާއިލާތަކަށް ފައިސާ ދޭން ނިންމީ ކޮން ޤަނޫނަކުން ބާރު ލިބިގެންތޯ މައުރޫފް ސުވާލު އުފައްދަވައިފި

20 މާރިޗު 2025 | ބުރާސްފަތި 17:53

މައުރޫފް ސުވާލު ކުރެއްވީ މިހާރު އުސޫލުތައް އެކުލަވާލާ އިރު ޤާނޫނުތަކުން ބާރު ލިބޭ ގޮތަށް އަމަލު ނުކުރާތީ އެކަމަށް އިޝާރާތްކުރައްވާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 މާރިޗު 2025 | ބުރާސްފަތި 17:53
އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޒު އަހްމަދު މައުރޫފް

އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޒު އަހްމަދު މައުރޫފް

ނޮވެމްބަރު 3 1988 ގައި ރާއްޖެ އަށް ދިން އުދުވާލީ ހަމަލާއިން ރާއްޖެ ސަލާމަތްކުރުމަށް ޖިހާދުކޮށް ޝަހީދުވި ސިފައިންގެ އާއިލާތަކަށް އިނާޔަތްދޭން ނިންމީ ކޮން ޤަނޫނަކުން ބާރު ލިބިގެންތޯ ޤާނޫނީ ވަކީލް އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޒު އަހްމަދު މައުރޫފް ސުވާލު އުފައްދަވައިފި އެވެ.

އެ ހަމަލާގައި ޝަހީދުވި ސިފައިންގެ މީހާގެ އާއިލާ މެންބަރުންގެ ތެރެއިން ދުނިޔޭގައި ތިބި މީހުންނަށް އިނާޔަތް ދިނުމަށް ނިންމުމާއި ގުޅޭ އުސޫލު 19 މާރޗް 2025ގައި ވަނީ އާއްމުކޮށްފައެވެ. އެގޮތުން އިނާޔަތް ލިބޭ މީހުންގެ ތެރޭގައި މައިންބަފައިންނާއި ދަރިންނާއި ހުވަފަތް އަނބި މީހާ ވެސް ހިމެނެ އެވެ.

Advertisement - newsAdvertisement

އެ އުސޫލު ބުނާ ގޮތުން ޝަހީދުވި މީހުންގެ އާއިލާގެ ތެރެއިން ދުނިޔޭގައި ތިބި ކޮންމެ މީހަކަށް ކޮންމެ މަހަކު 9،000ރ. ދޭން ޖެހޭނެއެވެ. ރާއްޖެ މިހާރު އޮތް މާލީ ޙާލަތުގައި މި ފަދަ ނިންމުމެއް ނިންމުމުން އާއްމުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

މި އުސޫލާއި މެދު މައުރޫފް ފާހަގަކުރެއްވި ކަންބޮޑުވުމަކީ އެއީ ކޮން ޤާނޫނަކުން ބާރު ލިބިގެން އެކުލަވާލި އުސޫލެއްކަން ހާމަކޮށްފައި ނުވުމެވެ. މައުރޫފް ވަނީ ނޮވެމްބަރު 3 1988ގައި ރާއްޖެ އަށް ދިން އުދުވާލީ ހަމަލާއިން ރާއްޖެ ސަލާމަތްކުރުމަށް ޖިހާދުކޮށް ޝަހީދުވި ސިފައިންގެ އާއިލާތަކަށް އިނާޔަތްދޭން ނިންމި ގޮތުގެ އުސޫލް ގެޒެޓްގައި ޝާއިއުކޮށް ހާމަކުރި ލިޔުމުގެ ސްކްރީންޝޮޓެއް އެކްސްގައި ހިއްސާކުރައްވާފައެވެ.

އޭނާ ވަނީ މީގެ ކުރިން އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް ޤާނޫނަކުން ބާރު ލިބިގެން ނޫން ގޮތަށް ނިމިދިޔަ ސަރުކާރުން އަމަލުކުރި ކަމަށް ބުނެ ފާޑުކިޔާފައިވާ ޓްވީޓެއް ވެސް ހިއްސާކުރައްވާފަ އެވެ.

އެއްވެސް ގާނޫނަކުން ބާރުލިބިގެން ނޫން ގޮތަކަށް 'އުސޫލު' އެއް އެކުލަވާލައިގެން ނިމިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ގެއްލުމުގެ ބަދަލުގެ ނަމުގައި ދައުލަތުގެ ފައިސާއާއި މުދާ ދެމުން ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށް އުޝާމް ވަނީ 21 ނޮވެމްބަރ 2023ގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފަ އެވެ.

އެކަން އެގޮތަށް ކުރިއަށް ނުގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ލަފައެއް އަރުވާފައި ވާނެ ކަމަށް އޭރު އުޝާމް ވިދާޅުވިއެވެ. އަދި މި ލަފައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާވަނީ "ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ބާތިލް ކުރައްވައި، އެ އުސޫލުގެ ދަށުން އެކުލަވާލާފައިވާ މައްސަލަ ހައްލުކުރުމަށް ލަފާދޭ ކޮމިޓީ އުވާލައްވާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައުރޫފް ސުވާލު ކުރެއްވީ މިހާރު އުސޫލުތައް އެކުލަވާލާ އިރު ޤާނޫނުތަކުން ބާރު ލިބޭ ގޮތަށް އަމަލު ނުކުރާތީ އެކަމަށް އިޝާރާތްކުރައްވައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް