Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފިޔާޒް އަށް ބިރުދެއްކުން

ފިޔާޒް އަށް ރައީސް މުޢިއްޒު ބިރު ދެއްކެވި މައްސަލަ ތަޙުޤީޤު ކުރުމަށް އައިއެފްޖޭ އިން ގޮވާލައިފި

ރައީސް މުޢިއްޒު އަދަދުގެ ސީއީއޯއަށް ބިރު ދެއްކެވި ކަމަށް ތުހުމަތުކުރެވި ތަޙްޤީޤަށް ގޮވާލައިފި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 19 މާރިޗު 2025 | ބުދަ 13:25
ރައީސް ޑރ. މުަހައްމަދު މުއިއްޒު، މޫސްވެރިޔާ ހުސެއިން ފިޔާޒް މޫސާއަށް އިންޒާރު ދެއްވުން 15-03-2025

ރައީސް ޑރ. މުަހައްމަދު މުއިއްޒު، މޫސްވެރިޔާ ހުސެއިން ފިޔާޒް މޫސާއަށް އިންޒާރު ދެއްވުން 15-03-2025 | ރާއްޖެއެމްވީ

ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ އަދި އަދަދު ނޫހުގެ ޗީފް އެޑިޓަރ ހުސެއިން ފިޔާޒް މޫސާ އަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޒާރު ދެއްވި މައްސަލަ ތަޙުޤީޤު ކުރުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާރނަލިސްޓްސް (އައިއެފްޖޭ) އިން ގޮވާލައިފި އެވެ.

އަދަަދު ނޫހުގެ ސީއީއޯ އަދި ނޫސްވެރިޔާ ހުސައިން ފިޔާޒު މޫސާއަށް ރައީސް މުޙައްމަދު މުޢިއްޒު ބިރުދެއްކެވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި (އައިއެފްޖޭ) އާއި މޯލްޑިވްސް ޖާރނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އަދަދު އިން ބުނެފައިވަނީ މާރިޗު 14 ވަނަ ދުވަހުގެ ރޭ 7:04 ގައި ރައީސް މުޢިއްޒު ފިޔާޒަށް ގުޅުއްވައި، އެ ނޫހުން ކުރަމުންދާ ކަވަރޭޖާ ގުޅިގެން "ހަރުކަށި ފިޔަވަޅު" އަޅުއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. 

މި ފޯނު ކޯލަކީ ފަސްޓް ލޭޑީ ސަޖިދާ މުޙައްމަދުގެ ދަރިކަލުންނާ ބެހޭގޮތުން އެމްޑީޕީގެ ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން ޤާނޫނީ ގޮތުން ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސްގެ އާއިލާއިން ވިދާޅުވުމަށްފަހު އައި ކޯލެކެވެ. 

މާރިޗު 15 ގައި އަދަދު ނޫހުން ވަނީ މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އެމްޖޭއޭއަށް ހުށަހަޅާފައިވެއެވެ. 

އަދި އައިއެފްޖޭއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ސަރުކާރުން އަދަދު ނޫހަށް އަމާޒުކޮށް ހިންގާ ދުއްތުރާލުގެ ކެމްޕޭނެއްގެ ދަށުން އިޝްތިހާރުން ލިބޭ އާމްދަނީ ހުއްޓުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. 

އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލުން މި މައްސަލައާ ގުޅޭގޮތުން ރައީސް އޮފީހުން މަޢުލޫމާތު ހޯދަން މަސައްކަތްކުރި ނަމަވެސް، އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ. އަދި މި މައްސަލައިގައި އެމްޑީޕީގެ މެންބަރަކު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިހުސާން މަޖިލީހަށް ހާޒިރުކުރުމަށް އެދިފައިވެއެވެ. 

މި މައްސަލައިގައި  އެމްޖޭއޭ އަދި އައިއެފްޖޭއިން ވަނީ ތަޙްޤީޤެއް ހިންގުމަށް ގޮވާލައި، ނޫސްވެރިންނަށް ކުރާ އެއްވެސް ބާވަތެއްގެ ބިރުދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. އަދި ސަރުކާރުން މި މައްސަލައާ ގުޅޭގޮތުން ސާފުކޮށް ބަޔާނެއް ނެރުމަށްވެސް އައިއެފްޖޭއިން ވަނީ ގޮވާލާފަ އެވެ. 

މުހައްމަދު މުއިއްޒުހުސައިން ފިޔާޒު މޫސާއަދަދު ނޫސްމޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަންއިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް

ކޮމެންޓް

އިތުރަށް ކިޔާލަން

 ސަރުކާރުގެ ފަރާތުން 39 މީޑިއާ އަކަށް އަވަސް އަރުވާލައިގެން 28 މިލިއަން ދޭން ކުރާ މަސައްކަތް ހުއްޓާލަން އެމްޖޭއޭ އިން ގޮވާލައިފި

ސަރުކާރުގެ ފަރާތުން 39 މީޑިއާ އަކަށް އަވަސް އަރުވާލައިގެން 28 މިލިއަން ދޭން ކުރާ މަސައްކަތް ހުއްޓާލަން އެމްޖޭއޭ އިން ގޮވާލައިފި

31 ޑިސެމްބަރު 2025
މީޑިއާ ކޮންޓްރޯލް ގާނޫނަކީ ޣައިރު ދުސްތޫރީ ގާނޫނެއް، އެ ގާނޫނަށް ތަބާނުވާނަން: އެމްޖޭއޭ

މީޑިއާ ކޮންޓްރޯލް ގާނޫނަކީ ޣައިރު ދުސްތޫރީ ގާނޫނެއް، އެ ގާނޫނަށް ތަބާނުވާނަން: އެމްޖޭއޭ

18 ސެޕްޓެމްބަރު 2025
ނޫސްވެރިން އުލުބައިދަންވީ ކަމަށް މެންބަރު ފަލާހު ގޮވާލެއްވި މައްސަލާގައި ފުލުހުން އަދި ޕީޖީގެ ބަހެއް ނެތް

ނޫސްވެރިން އުލުބައިދަންވީ ކަމަށް މެންބަރު ފަލާހު ގޮވާލެއްވި މައްސަލާގައި ފުލުހުން އަދި ޕީޖީގެ ބަހެއް ނެތް

17 ސެޕްޓެމްބަރު 2025
ނޫސްވެރިޔާ ލީވާން ފުލުހުންގެ ބަންދުން ދޫކޮށްލައިފި

ނޫސްވެރިޔާ ލީވާން ފުލުހުންގެ ބަންދުން ދޫކޮށްލައިފި

16 ސެޕްޓެމްބަރު 2025
އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން ވަރަށް އަނިޔާވެރިކޮށް ހައްޔަރުކޮށްފި

އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން ވަރަށް އަނިޔާވެރިކޮށް ހައްޔަރުކޮށްފި

16 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު