Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިބްރާހިމް ފަލާހް

ނޫސްވެރިން އުލުބައިދަންވީ ކަމަށް މެންބަރު ފަލާހު ގޮވާލެއްވި މައްސަލާގައި ފުލުހުން އަދި ޕީޖީގެ ބަހެއް ނެތް

ނޫސްވެރިން އުލުބައިދަންވީ ކަމަށް މެންބަރު ފަލާހު ވިދާޅުވުމުން މިމައްސަލަ ބެލުމަށް ގިނަ ބަޔަކު ގޮވާލި

އަމްނާ އިމާދު
އަމްނާ އިމާދު | 17 ސެޕްޓެމްބަރު 2025 | ބުދަ 10:34
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވާހަކަދައްކަވަނީ

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވާހަކަދައްކަވަނީ

ނޫސްވެރިން އުލުބައިދަންވީ ކަމަށް ސަރުކާރުގެ ޕާޓީ، ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ގޮވާލެއްވި މައްސަލާގައި ފުލުހުންގެ ޚިދުމަތުންނާއި، ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރިއެވެ.

މީޑިއާގައި މަސައްކަތް ކުރާ ބައެއް މީހުން އުލުބޭންދުމަށް މެންބަރު ފަލާހު ގޮވާލެއްވީ، 27 އޯގަސްޓް 2025 ގައި ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މިނިވަން މީޑިއާ ނެތިކޮށްލަން ހުށަހަޅާފައިވާ ބިލަށް ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މެންބަރު ފަލާހު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ޚަބަރުތަކެއް މީގެ ކުރިން ފަތުރާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް މަސައްކަތް ކުރާ މީޑިއާގެ މުވައްޒަފުން އުލުބައިންދަންޖެހޭ ކަމަށެވެ. އޭނާ ބަދު އަޚްލާގީ އަމަލެއް ހިންގި ކަމަށް ބުނެ މީޑިއާތަކުން ދޮގު ހެދި ކަމަށް މެންބަރު ފަލާހު ވިދާޅުވިއެވެ.

އެހެން ނަމަވެސް އެއީ ކޮން މީޑިއާ ތަކެއް ކަމެއް އޭނާ ހާމަ އެއް ނުކުރައްވައެވެ.

ނޫސްވެރިން އުލުބައިދަންވީ ކަމަށް މެންބަރު ފަލާހު ވިދާޅުވުމުން މިމައްސަލަ ބެލުމަށް ގިނަ ބަޔަކު ގޮވާލިއެވެ. ގިނަބައެއްގެ ފާޑު ކިޔުން އަމާޒުވުމާއެކު މިކަން ދިފާއު ކުރައްވައި އޭނާ ފަހުން ވާހަކަ ވެސް ދެއްކެވިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ތަޅުމުގައި ދައްކާފައިވާ ވާހަކައަކާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައަކަށް އެދި، ދިވެހި ފުލުހުންގެ ޚިދުމަތުން 2025 އޮގަސްޓު 28 ވަނަ ދުވަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ވާކަމަށެވެ.

މިމައްސަލައާ ގުޅިގެން 17 ސެޕްޓެންބަރު 2025 އާ ހަމައަށް ޕީޖީގެ ފަރާތުން ލަފައެއް ދީފައިވޭތޯ ބެލުމަށް ފުލުހުންގެ މީޑީއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ ޗެކް ކޮށްލުމަށްފަހު މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ. ރާއްޖެއެމްވީން ފާއިތުވި ތިން ދުވަހު ވެސް އެ ސުވާލު ކުރުމުން އޮފިޝަލް ދެއްވީ ހަމަ އެ ޖަވާބެވެ.

މިމައްސަލައާ ގުޅިގެން ޕީޖީ އޮފީހަށް މިމަހުގެ 15 ވަނަ ދުވަހު ގުޅުމުން އޮފިޝަލް ވިދާޅުވީ އެކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަޕްޑޭޓެއް ހިއްސާކުރާނެ ކަމަށެވެ. ނަމަވެސް އޭގެފަހުން ފޯނަށް ޖަވާބެއް ދެއްވާފައިނުވެއެވެ.

އިބްރާހިމް ފަލާހްޕީއެންސީޕްރޮސެކިއުޓަރ ޖެނެރަލްމޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަންމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

04 ޑިސެމްބަރު 2025
ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި

03 ޑިސެމްބަރު 2025
ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު