Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން

ސަރުކާރުގެ ފަރާތުން 39 މީޑިއާ އަކަށް އަވަސް އަރުވާލައިގެން 28 މިލިއަން ދޭން ކުރާ މަސައްކަތް ހުއްޓާލަން އެމްޖޭއޭ އިން ގޮވާލައިފި

އެމްޖޭއޭއިން ބުނީ މީޑިއާ ގްރާންޓް ދިނުމުގައި ހާމަކަން ބޮޑު ނޫން އުސޫލެއް ބޭނުންކޮށް މީޑިއާތަކުގެ ހިޔާލު ހޯދުމަށް މަސައްކަތް ނުކޮށް އަވަހަށް ފައިސާ ދޫކުރަން މަސައްކަތް ކުރަމުންދާ ކަމަށް. ޕޮއިންޓް ދިންގޮތުގައި އިންސާފުވެރިކަން ނެތް ކަމާއި ނޫސްވެރިންގެ އަސާސީ ހައްގުތަކަށް އިހުތިރާމްކުރާ މީޑިއާތަކަށް ބަލާފައި ނުވާކަން ފާހަގަކޮށްފައިވޭ. މާލީ ދަތިކަމުގެ ސަބަބުން މުހިންމު އިޖުތިމާއީ ހިދުމަތްތަކަށް ދަތިވެފައި ވަނިކޮށް މީޑިއާތަކަށް ހިލޭ އެހީދޭން ޖެހޭ ހާލަތެއް ނެތް ކަމަށް އެމްޖޭއޭއިން ބުނެފައިވޭ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2025 | ބުދަ 12:21
އެމްޖޭއޭ ގެ ބައެއް މެންބަރުން ބައިވެރިވި ބައްދަލުވުމެއްގެ ތެރެއިން

އެމްޖޭއޭ ގެ ބައެއް މެންބަރުން ބައިވެރިވި ބައްދަލުވުމެއްގެ ތެރެއިން

ރައްޔިތުންގެ ޓެކްސް ފައިސާ އިން 39 މީޑިއާ އަކަށް 28 މިލިއަން ރުފިޔާ ދޭން ކުރަމުންދާ މަސައްކަތް ހުއްޓާލަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ސަރުކާރަށް ގޮވާލައިފި އެވެ.

އެމްޖޭއޭ އިން ބުދަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ވަނީ އަވަސް އަރުވާލައިގެން މީޑިއާ ގްރާންޓް ދިނުމުގެ ނަމުގައި އުސޫލެއް ހަދައި، ދެފުށް ފެންނަ ހާމަކަން ބޮޑު ނޫން އުސޫލެއްގެ ތެރެއިން ކުރަން އުޅޭ މި މަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލަން ގޮވާލާފަ އެވެ. 

މީޑިއާ ގްރާންޓް ދިނުމުގެ މަސައްކަތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އާ ހަވާލުވި ފަހުން މީޑިއާތަކުގެ ހިޔާލު ހޯދުމަށް ބޭއްވީ އެންމެ ބަައްދަލުވުމެއް ކަމަށާއި ފައިސާ ދޭ އުސޫލަށް އާންމުންގެ ހިޔާލު ހޯދުމަށް ވެސް މަސައްކަތް ނުކުރާ ކަމަށް އެމްޖޭއޭ ގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. 

އަވަސް އަރުވާލައިގެން މީޑިއާތަކަށް ފައިސާ ދޭން މަސައްކަތް ކުރުމުން ގްރާންޓަށް އެދުނު މީޑިއާތަކުގެ ތެރެއިން ގަވާއިދުން ކޮންޓެންޓް ގެނެސް ނުދޭ، އާންމުންނަށް ވެސް ނޭނގޭ އެތައް މީޑިއާ އެއް ހިމެނޭ ގޮތަށް ފައިސާ ދޫކުރުމަށް ނިންމާފައިވާކަން އެމްޖޭއޭއިން ބުނެފައިވެ އެވެ.

އެމްޖޭއޭ އިން ބުނީ މީޑިއާތަކަށް ޕޮއިންޓް ދިންގޮތް އާންމު ކޮށްފައި ހުރި ނަމަވެސް، ޕޮއިންޓް ދިނުމުގައި އިންސާފުވެރިކޮށް އެކަން ކޮށްފައިވާކަމާ މެދު ޝަކުވާތައް ވެސް ވަނީ ބޮޑުވެފައި ކަމަށާއި ޕޮއިންޓް ދީފައިވާ ގޮތާމެދު ޝައްކު އުފައްދަން އެކަށީގެންވާ ސަބަބުތައް ހުރިކަމަށް ވެސް ފާހަގަކުރެވޭ ކަމަށެވެ.

މީގެއިތުރުން ނޫސްވެރިންގެ މަސައްކަތްތެރިކަމުގެ އަސާސީ ހައްގުތަކަށް (ގަވާއިދުން މުސާރަ ދިނުން، ޕެންޝަން ދެމުން ދިޔުން ފަދަ ކަންކަމަށް) އިހުތިރާމްކުރާ މީޑިއާތަކަށް މީޑިއާ ގްރާން ޓްގައި ބަލާފައި ނުވާކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. 

ދައުލަތުން އަމިއްލަ މީޑިއާއަށް އެއްވެސް ބާވަތެއްގެ އިނާޔަތެއް ދޭންވާނީ އެ މީޑިއާއެއްގެ މަސައްކަތުގެ ސަބަބުން އާންމު މުޖުތަމައުއަށް ކުރާ ހެޔޮ އަސަރާއި އެ މީޑިއާއެއް ބަލައިގަނެފައިވާ މިންވަރު ނުވަތަ މަގުބޫލު މިންވަރަށް ބެލުމަށްފަހު  ކަމަށް އެމްޖޭއޭ އިން ބުނެފައިވެ އެވެ. 

ނަމަވެސް މިވަގުތަކީ މާލީ ދަތިކަމުގެ ސަބަބުން ބޭރުގައި ކިޔަވާ ކުދިންނަށް ފައިސާ ނުދެވި އިޖުތިމާއީ ސިއްހީ ނިޒާމުން އާންމުންނަށް ލިބެން ޖެހޭ ސިއްހީ ހިދުމަތްތައް ދިނުމަށް ދަތިވެފައިވާ ދަނޑިވަޅެއްކަމުން މިއީ މީޑިއާތަކަށް ދައުލަތުން ހިލޭ އެހީ ދޭން ޖެހޭ ފަދަ ހާލަތެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އަދި އެއްފަހަރާ ގަނޑުކޮށް މީޑިއާ ތަކަށް އެހީ ދިނުމަކީ އެ ފައިސާ ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރަން އޮންނަ ދޮރު ބަންދުވާނޭ ކަމެއް ކަމުގައިވެސް އެމްޖޭއޭ ގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. 

މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަންމީޑިއާ ގްރާންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ދެ ދުވަސް ތެރޭގައި އެހީ ދޭނެ މީޑިއާތައް ނިންމީ ރަނގަޅަށް

އެންމެ ދެ ދުވަސް ތެރޭގައި އެހީ ދޭނެ މީޑިއާތައް ނިންމީ ރަނގަޅަށް

30 ޑިސެމްބަރު 2025
މީޑިއާ ގްރާންޓް: އަވަސް އަރުވާލައިގެން މީޑިއާ ގްރާންޓަށް 41 މީޑިއާ އެއް ޝަރުތު ހަމަވާކަމަށް ކަނޑައަޅައިފި

މީޑިއާ ގްރާންޓް: އަވަސް އަރުވާލައިގެން މީޑިއާ ގްރާންޓަށް 41 މީޑިއާ އެއް ޝަރުތު ހަމަވާކަމަށް ކަނޑައަޅައިފި

30 ޑިސެމްބަރު 2025
މީޑިއާ ކޮންޓްރޯލް ގާނޫނަކީ ޣައިރު ދުސްތޫރީ ގާނޫނެއް، އެ ގާނޫނަށް ތަބާނުވާނަން: އެމްޖޭއޭ

މީޑިއާ ކޮންޓްރޯލް ގާނޫނަކީ ޣައިރު ދުސްތޫރީ ގާނޫނެއް، އެ ގާނޫނަށް ތަބާނުވާނަން: އެމްޖޭއޭ

18 ސެޕްޓެމްބަރު 2025
ނޫސްވެރިން އުލުބައިދަންވީ ކަމަށް މެންބަރު ފަލާހު ގޮވާލެއްވި މައްސަލާގައި ފުލުހުން އަދި ޕީޖީގެ ބަހެއް ނެތް

ނޫސްވެރިން އުލުބައިދަންވީ ކަމަށް މެންބަރު ފަލާހު ގޮވާލެއްވި މައްސަލާގައި ފުލުހުން އަދި ޕީޖީގެ ބަހެއް ނެތް

17 ސެޕްޓެމްބަރު 2025
ފިޔާޒް އަށް ރައީސް މުޢިއްޒު ބިރު ދެއްކެވި މައްސަލަ ތަޙުޤީޤު ކުރުމަށް އައިއެފްޖޭ އިން ގޮވާލައިފި

ފިޔާޒް އަށް ރައީސް މުޢިއްޒު ބިރު ދެއްކެވި މައްސަލަ ތަޙުޤީޤު ކުރުމަށް އައިއެފްޖޭ އިން ގޮވާލައިފި

19 މާރިޗު 2025

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު