Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ، ޔުކްރެއިންގެ ރައީސް ޒެލެންސްކީއާ މަޝްވަރާ ކޮށްފި 

އިނގިރޭސިވިލާތުގެ "ދެމެހެއްޓެނިވި އެހީތެރިކަން" ޔުކްރެއިނަށް ލިބޭނެ ކަމުގެ ޔަގީންކަން، ބޮޑު ވަޒީރު ސްޓާމާ ދެއްވިއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 މާރިޗު 2025 | ބުދަ 06:20
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ، ޔުކްރެއިންގެ ރައީސް ޒެލެންސްކީ އާއެކު މީގެ ކުރިން ނަގާފައިވާ ފޮޓޯއެއް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ، ޔުކްރެއިންގެ ރައީސް ޒެލެންސްކީ އާއެކު މީގެ ކުރިން ނަގާފައިވާ ފޮޓޯއެއް

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ މަރުޙަލާ ކުރިއަށްދާ ގޮތާ މެދު، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ، ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީއާ މަޝްވަރާ ކުރައްވައިފި އެވެ.

އެ މަޝްވަރާ ކުރުމުގައި  ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހަނގުރާމަ ހުއްޓުވުމަށް ރަޝިޔާއާ އެކު ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. 

ބޮޑު ވަޒީރު ސްޓާމާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ފްރަންޓްލައިންގެ ހާލަތާ ބެހޭ ގޮތުން ޒެލެންސްކީ މައުލޫމާތު ދެއްވި ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ "ދެމެހެއްޓެނިވި އެހީތެރިކަން" ޔުކްރެއިން އަށް ލިބޭނެ ކަމުގެ ޔަގީންކަން، ބޮޑު ވަޒީރު ސްޓާމާ ދެއްވި ކަމަށް ބުނެފައިވެ އެވެ. 

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންް ވަނީ ޔޫކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް ވަގުތީ ގޮތުން ހަމަލާ ދިނުން ހުއްޓާލުމަށް އެއްބަސްވެފަ އެވެ.

ނަމަވެސް، ޓްރަމްޕް އެދިވަޑައިގަތް 30 ދުވަހުގެ ފުރިހަމަ ހުއްޓުމަކަށް ޕުޓިން އެއްބަސްވެފައި ނުވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. ޔުކްރެއިންގެ ފަރާތުން ވަނީ އެމެރިކާގެ ހުށަހެޅުން ޤަބޫލުކޮށް، އެކަމަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ގައުމުން ވެސް، އެއް ޤައުމު އަނެއް ޤައުމުގެ ހަކަތައިގެ ވަސީލަތްތަކަށް 30 ދުވަހުގެ މުއްދަތަށް ހަމަލާ ދިނުން ހުއްޓާލަން ޖެހޭނެ އެވެ.

2022 ވަނަ އަހަރު ރަޝިޔާ އިން ޔުކްރެއިން އަށް ފުޅާ ދާއިރާއެއްގައި ހަމަލާ ދޭން ފެށުމަށް ފަހު، އެތައް ހާސް ބަޔަކު މަރާލަފައި، އެތައް ބަޔަކު ޝަހީދު ކޮށްލާފައިވެ އެވެ. އަދި އެ ހަނގުރާމަގައިގެ ސަބަބުން މިލިއަނެއްހާ މީހުންނަށް ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވެފައިވެ އެވެ. 

ސްޓާމާޒެލެންސްކީޕުޓިންޓްރަމްޕްރަޝިއާޔުކްރެއިންހަނގުރާމަރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު