Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

މެކްރޮން ވިދާޅުވީ، ޔުކްރެއިން އަށް ސިފައިން ފޮނުވުމުގައި ރަޝިޔާގެ ބަހެއް ހޯދަން ނުޖެހޭނެ ކަމަށް 

17 މާރިޗު 2025 | ހޯމަ 07:54

ސުލްހަ ބެލެހެއްޓުމުގެ ބާރު އެކުލެވިގެންވާނީ ކޮންމެ ގައުމަކުން "އެތައް ހާސް" ސިފައިންގެ މައްޗަށް ކަމަށާއި، އެ ސިފައިން މުހިންމު ސަރަހައްދުތަކުގައި ބޭތިއްބޭނެ ކަމަށް މެކްރޮން ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މާރިޗު 2025 | ހޯމަ 07:54
ފްރާންސްގެ ރައީސް މެކްރޮން، މެކްރޮން ވަނީ މީގެ ކުރިން ވެސް ރަޝިޔާ އަދި ޕުޓިން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައި

ފްރާންސްގެ ރައީސް މެކްރޮން، މެކްރޮން ވަނީ މީގެ ކުރިން ވެސް ރަޝިޔާ އަދި ޕުޓިން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައި

ރަޝިޔާ އާއި ޔުކްރެއިންއާ ދެެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ޔުކްރެއިންގައި ސުލްހަ ބެލެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ ސިފައިން ގެންދިޔުމަކީ ޔުކްރެއިންގެ އަމިއްލަ ކަމެއް ކަމަށާއި، އެކަމުގައި ރަޝިޔާގެ ބަހެއް ހޯދަން ނުޖެހޭނެ ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާއާ އެކު ސުލްހަ ވެރި އެއްބަސްވުމަކަށް ވާސިލުވުމަށް ގޮވާލަމުންދާ ވަގުތެއްގައި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކީ ސްޓާމާ އާއި ފްރާންސްގެ ރައީސް މެކްރޮން ގެންދަވަނީ ޔުކްރެއިން އަށް އިތުރު އަސްކަރީ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރައްވަމުންނެވެ.

އެގޮތުން އެމެރިކާ ފިޔަވައި ޔުކްރެއިން އަށް އެހީތެރިވާ ގައުމުތަކާ އެކު ސްޓާމާ ވަނީ ހޮނިހިރު ދުވަހު އޮންލައިން ބައްދަލުވުމެއް ބާއްވަވާފައި އެވެ.

ނޭޓޯގެ މެމްބަރު ގައުމުތަކުގެ ސިފައިން ޔުކްރެއިން ގައި ބޭތިއްބުމާ މެދު ރަޝިޔާ އިން ވަނީ ތަކުރާރުކޮށް ދެކޮޅު ހަދައި، އިންކާރު ކޮށްފަ އެވެ.

ނަމަވެސް، ސުލްހަ ބެލެހެއްޓުމުގެ ބާރު އެކުލެވިގެންވާނީ ކޮންމެ ގައުމަކުން "އެތައް ހާސް" ސިފައިންގެ މައްޗަށް ކަމަށާއި، އެ ސިފައިން މުހިންމު ސަރަހައްދުތަކުގައި ބޭތިއްބޭނެ ކަމަށް މެކްރޮން ވިދާޅުވި އެވެ.

އިނގިރޭސިވިލާތާއި ފްރާންސްގެ އިތުރުން، އޮސްޓްރޭލިޔާ ވެސް އޮތީ ސުލްހަ ބެލެހެއްޓުމަށް ޔުކްރެއިން އަށް ސަލާމަތީ ބާރުތައް ފޮނުވަން ތައްޔާރަށެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެފައި ވަނީ 30 ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ހުށަހަޅާފައިވާ ހުށަހެޅުމަށް ތާއީދު ކުރައްވާ ކަމަށެވެ.

ނަމަވެސް، އެކަން ވާނީ ވަކި ޝަރުތުތަކެއް ފުރިހަމަވުމުން ކަމަށް ވެސް ޕުޓިން ވިދާޅުވެފައިވެ އެވެ. މި ހުރިހާ ކަމެއް ހިނގަމުން ދާއިރު، އާދީއްތަ ދުވަހުގެ ފަތިހު ދެ ގައުމުން ވެސް އެއްގަމާއި އަދި ވައިގެ މަގުން ހަމަލާތައް ދެމުން ގެންދާ ކަމަށް އޮފިޝަލުން ވަނީ ހާމަކޮށްފަ އެވެ. 

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

24 ފެބުރުއަރީ 2017
ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި
23 ފެބުރުއަރީ 2017

ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

23 ފެބުރުއަރީ 2017
ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
16 ފެބުރުއަރީ 2017

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

16 ފެބުރުއަރީ 2017
ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް