Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޔުކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން ރޫބިއޯ އާއި ލަވްރޯވް މަޝްވަރާ ކޮށްފި

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ޓެމީ ބްރޫސް ވިދާޅުވި ގޮތުގައި، ދެ ފަރާތުން ވަނީ ކުރިއަށް އެޅެން ހުރި ފިޔަވަޅުތަކާ މެދު މަޝްވަރާކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 މާރިޗު 2025 | ހޯމަ 05:26
މީގެ ކުރިން ސައުދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގޭ ލަވްރޯވް އަދި ރަޝިޔާގެ ރައީސްގެ ޚާރިޖީ ސިޔާސަތުގެ ލަފާދޭ އެޑްވައިޒަރު ޔޫރީ އުޝާކޯވް އެކުގައި.

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ނިންމުމާ ގުޅޭ ގޮތުން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވް މަޝްވަރާ ކޮށްފި އެވެ.

 މި މަޝްވަރާތައް ކުރިއަށް ގެންދެވުނީ ޔުކްރެއިންގެ އެކުވެރިން ރަޝިޔާ އަށް ފިއްތުން ބޮޑުކުރުމަށް އެއްބަސްވި ދުވަހު އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޔުކްރެއިންގެ ރައީސް ވޮލޮޑްމިރް ޒެލެންސްކީއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވީ ނަމަވެސް، ރަޝިޔާ އިން އިރުމަތީ ޔުކްރެއިން ގައި ދެމުންދާ ހަމަލާތައް ހުއްޓާލާނަމަ، 30 ދުވަހުގެ ހުއްޓުމަކަށް ޔުކްރެއިން އިން ވަނީ އެއްބަސްވެފަ އެވެ.

ނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން މިހާތަނަށް އެއްބަސްވެފައެއް ނުވެ އެވެ.

އެމެރިކާފެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވް ވަނީ ހޮނިހިރު ދުވަހު ފޯނު މެދުވެރިކޮށް މަޝްވަރާކޮށްފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ޓެމީ ބްރޫސް ވިދާޅުވި ގޮތުގައި، ދެ ފަރާތުން ވަނީ ކުރިއަށް އެޅެން ހުރި ފިޔަވަޅުތަކާ މެދު މަޝްވަރާކޮށްފަ އެވެ.

މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އަލުން ވެރިކަމަށް ވަޑައިގެންނެވި ފަހުން، ޓްރަމްޕް ވަނީ ތިން އަހަރަށް ދެމިގެން ދާ ހަނގުރާމަ ނިންމުމަށް ބާރު އަޅުއްވާފަ އެވެ. އަދި ޕުޓިން އާއެކު ގުޅުން އިއާދަ ކުރުމަށް ވެސް ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ސައުދީ އަރަބިއްޔާގެ އިސްނެގުމުގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާ-ރަޝިޔާ މަޝްވަރާތަކުގެ ދެވަނަ ބުރު ފެށޭނެ ތާރީޚެއް މިހާތަނަށް ހާމަކޮށްފައެއް ނެތެވެ.

ނަމަވެސް ރޫބިއޯ އަދި ލަވްރޯވް ވަނީ ދެ ގައުމުގެ މެދުގައި މަޝްވަރާތަކާއި، ވާހަކަތައް އިތުރު ކުރުމަށް މަސައްކަތް ކުރުމަށް އެއްބަސްވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 އަބޭދީއާ ގުޅޭ ގޮތުން ލިބުނު އިންޒާރުތަކާ މެދު އެމްއައި5 އިން އަމަލު ކުރި ގޮތް މުރާޖައާ ކުރަނީ

އަބޭދީއާ ގުޅޭ ގޮތުން ލިބުނު އިންޒާރުތަކާ މެދު އެމްއައި5 އިން އަމަލު ކުރި ގޮތް މުރާޖައާ ކުރަނީ

29 މެއި 2017
މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

26 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅާ ގުޅޭ އާދަޔާ ޚިލާފު ކަންކަން

ޓްރަމްޕްގެ ސައުދީ ދަތުރުފުޅާ ގުޅޭ އާދަޔާ ޚިލާފު ކަންކަން

21 މެއި 2017
އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

30 އެޕްރީލު 2017
އެމެރިކާގެ މަނަވަރުތައް ދެކޮރެއާ ގުޅޭ ސަރަހައްދަށް

އެމެރިކާގެ މަނަވަރުތައް ދެކޮރެއާ ގުޅޭ ސަރަހައްދަށް

09 އެޕްރީލު 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު