Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ކުއްލި އެއްވުން

މީގެ ކުރިންވެސް މި ޕާޓީގެ އަންހެންވެރިން ފަހަތަކަށް ޖެއްސިފައެއް ނެތް، އަދި މިއަދުވެސް ނުޖެއްސޭނެ - އެމްޑީޕީގެ ނައިބު ރައީސް

16 މާރިޗު 2025 | އާދީއްތަ 20:46

މީގެ ކުރިންގައުމުގެ ހައްގުގައި ކުރިއަށް އެޅި ކޮންމެ ފިޔަވަޅެއް ފަސް ފިޔަވަޅު ފަހަތަށް މި ސަރުކާރުން އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 16 މާރިޗު 2025 | އާދީއްތަ 20:46
އެމްޑީޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު ހިސާން ހުސެއިން,  އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީގެ މުޒާހަރާގައި ވާހަކަދައްކަވަނީ - 16.03.2025

އެމްޑީޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު ހިސާން ހުސެއިން, އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީގެ މުޒާހަރާގައި ވާހަކަދައްކަވަނީ - 16.03.2025

މީގެ ކުރިންވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަންހެންވެރިން ފަހަތަކަށް ޖެއްސިފައެއް ނެތް ކަމަށާއި މިއަދުވެސް އެ ޕާާޓީގެ އަންހެންވެރިން ފަހަތަށް ނުޖެއްސޭނެކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީގެ މުޒާހަރާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ހިސާން ވިދާޅުވީ މީގެ ކުރިން ވެސް މުޒާހަރާ އިން ހައްޔަރުކުރި އެމްޑީޕީގެ އަންހެނުންގެ އަދަދު 100 އިން ގުނާލެވޭ ކަމަށެވެ. އެހެންނަމަވެސް މުޒާހަރާ އިން މީހުން ހައްޔަރުކުރުމަށް ފަހު ދޫކޮށްލާ ދުވަހާއި ޖެހިގެން އަންނަ ދުވަހު އަނެއްކާވެސް އެ އަންހެނުން ތިބެނީ މުޒާހަރާގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ އަންހެނުންނަކީ ހިތްވަރުގަދަ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ އަންހެނުންނަކީ ބިރު ދައްކާ ފަހަތަށް ޖެއްސޭނެ ބައެއް ނޫން ކަމަށާއި އެއަށް ވުރެ ބޮޑަށް އެމްޑީޕީގެ އަންހެނުންގެ ކަށީގައި ހިތްވަރު ހުންނާނެ ކަމަށް ހިސާން ވިދާޅުވިއެވެ. ހިސާން ވަނީ އެމްޑީޕީގެ އަންހެނުންނަކީ ޤައުމުގެ ހައްގުގައި އަބަދުވެސް ތެދުވާނެ ބައެއް ކަމަށް ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގައި ކުރި އިސްލާހީ ހުރިހާ މަސައްކަތެއް އެކޮޅު ކޮޅުން ޖަހާފައިވާ މަންޒަރު މިއަދު ފެންނަ ކަމަށެވެ.

ސުޕްރީމް ކޯޓަށް ހަދާލި ގޮތް އެއީ ޕީޕީއެމް ސަރުކާރުން ވެސް ހެދި ގޮތް. ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި މިނިވަން މުއައްސަސާތަކަށް އަތް ބޭނުމަކީ ކޮންމެ ދުވަހެއްގެ ހަގީގަތަށް މިއަދު ވެއްޖެ.
އެމްޑީޕީގެ ނައިބު ރައީސް ހިސާން ހުސެއިން

މީގެ ކުރިން ގައުމުގެ ހައްގުގައި ކުރިއަށް އެޅި ކޮންމެ ފިޔަވަޅެއް ފަސް ފިޔަވަޅު ފަހަތަށް މި ސަރުކާރުން އަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރުއީ ދާއިރާ އިސްލާހުކުރަން ކުރި ހުރިހާ މަސައްކަތެއް ވެސް ފަހަތަށް ޖައްސާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ އިދާރާތަކާއި މުއައްސަސާތަކުން ޤައުމުގެ ހިންގުން ޤާނޫނު އަސާސީ އާއި އެއްގޮތަށް ހިންގުމަށް އިލްތިމާސްކުރައްވާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

27 މާރިޗު 2017

ޕީޕީއެމްގެ މެމްބަރުކަމުން ރައީސް މައުމޫނު ވަކިކޮށް، ޕާޓީގެ ރައީސްކަމުގެ މަގާމު ގެއްލުވާލައިފި ވަކިކޮށްފި

27 މާރިޗު 2017
ޕީޕީއެމްގެ މެމްބަރުކަމުން ރައީސް މައުމޫނު ވަކިކޮށް، ޕާޓީގެ ރައީސްކަމުގެ މަގާމު ގެއްލުވާލައިފި ވަކިކޮށްފި
24 މާރިޗު 2017

ހަތަރު ސިޔާސީ ޕާޓީގެ ލީޑަރުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި

24 މާރިޗު 2017
ހަތަރު ސިޔާސީ ޕާޓީގެ ލީޑަރުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި
16 މާރިޗު 2017

ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

16 މާރިޗު 2017
ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ
13 މާރިޗު 2017

ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އަންގައިފި

13 މާރިޗު 2017
ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އަންގައިފި
08 މާރިޗު 2017

ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ

08 މާރިޗު 2017
ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް