Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

"އޮޕަރޭޝަން ޗިޓް"

މުޒާހަރާގެ ބައިވެރިންނަށް ފުލުހުން 'އޮޕަރޭޝަން ޗިޓް' ގެ ދަށުން ޗިޓް ހަވާލުކުރަމުން އަންނަނީ، އެކަމުން މުޒާހަރާގެ ބައިވެރިންނަށް ބިރުދެއްކުމަށާއި މުޒާހަރާ ހުއްޓުވުމުގެ ބޭނުމުގައިނަމަވެސް، މުޒާހަރާގެ ބައިވެރިން ދަނީ އިތުރުވަމުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 16 މާރިޗު 2025 | އާދީއްތަ 13:50
އެމްޑީޕީން ކުރަމުންދާ މުޒާހަރާ

އެމްޑީޕީން ކުރަމުންދާ މުޒާހަރާ

އެކިއިރު ހިނގަނީ އެކީ ޓްރެންޑެވެ. ވައިގައި ހިފަނީ އެކި ކަންކަމެވެ. ދައްކާ އުޅެނީ އެކި ވާހަކަތަކެވެ. މިދުވަސްވަރަކީ އަނެއްކާވެސް އެފަދަ ކަމެއް ފެންމަތިވެގެން އުޅޭ ދުވަސްވަރެކެވެ. އާދައިގެ ތާކުން ނޫނެވެ. ފުލުހުންގެ މުއައްސަސާއިންނެވެ. އެމުއްސަސާއިން ހިންގާކަމަށް ބެލެވޭ މާ ވަރުގަދަ އޮޕަރޭޝަނެކެވެ. ފުލުހުން ނުބުންޏަސް ފެންނަ ފެނުމަށް "އޮޕަރޭޝަން ޗިޓް" ގެ ގޮތުގައި މިވަނީ ރަނގަޅަށް ވައިގާ ހިފާފައެވެ. އެންމެ ބާރަށް މިހާރު ދެކެވޭ ވާހަކައަކީ އެޗިޓްގެ ވާހަކައެވެ.

"އޮޕަރޭޝަން ޗިޓް" އަށް ބަލާއިރު ފާހަގަ ކުރެވޭ އެންމެ މުހިއްމު ކަމަކީ ބޮޑެތި ކުށްވެރިންގެ ގޮތުގައި ހިންގާ ތަހުގީގަށް ހަވާލުކުރެވޭ ޗިޓްތައް ރައްދުކުރަނީ މިހާރު އިދިކޮޅު އެމްޑީޕީން ކުރިއަށްގެންދާ މުޒާހަރާގެ ބައިވެރިންނަށެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން ނަގާކިޔާކަމަށް ބެލެވޭ ބައިވެރިންނަށް، "އޮޕަރޭޝަން ޗިޓް" ގެ ދަށުން ދަނީ އެޗިޓް ލިބެމުންނެވެ. ފެންނަ ފެނުމަށް އެޗިޓް ހަވާލުކުރުމުގައި މަތިކުރާ ތުހުމަތަކީ މުޒާހަރާގައި އޭނާގެ ބައިވެރިވުމެވެ. އެތަނުގައި އޭނާ އުޅުނު ގޮތެވެ. ކީ އެއްޗިއްސެވެ. އިސްތިއުފާއަށް ގޮވުނު އަދަދެވެ. މުޒާހަރާއަށް އަންނަ ރޭތަކުގެ އަދަދަށްވެސް ބެލެވޭހެން ހީވެއެވެ.

ހަވާލުކުރެވޭ ޗިޓްގައި އެކި މީހުން ހާޒިރުވާން އަންގާފައި އޮންނަނީ ފުލުހުންގެ އެކި އިދާރާތަކަށެވެ. ޗިޓް ލިބޭނެ އިރެއް ދުރާލާ ނޭނގުނަސް މުޒާހަރާގެ ގިނަމީހުން މިހާރުތިބީ އެޗިޓްގެ އިންތިޒާރުގައެވެ. ދާންޖެހޭނީ ކޮންއިރަކުތޯ ބަލާލަބަލައެވެ. ހާޒިރުވާން ޖެހޭނީ ކޮން ތަނަކަށްތޯ ސާފުކޮށްލަކޮށްލައެވެ.

އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ބައިވެރިވާ މުޒާހަރާގެ ބައިވެރިން އެހާބޮޑު ކުށްވެރިންގެ ގޮތުގައި ފުނިޖަހާލައިގެން ޗިޓް ހަވާލުކުރެވޭއިރު، އެފަދަ ބޮޑު ކުށްވެރިއަކު މިހާތަނަކަށް އެމުޒާހަރާގައި ހުއްޓާ ނުވަތަ ގޭގައި ހުއްޓާ ބިޑިއަޅުވައިގެން ގެންގޮސް ހާޒިރު ކޮށްފައެއް ނުވެއެވެ. ނަމަވެސް އެމީހުންނަށް ހަވާލުކުރެވޭ ބޮޑު ޗިޓްގައި އޮންނަ ތުހުމަތަކީ އެތައް ބަޔަކަށް އޭގެން ގެއްލުންވާވަރުގެ ކުށުގެ ތުހުމަތެކެވެ. މުޅި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ބޮޑު ތުހުމަތެކެވެ. އެކަމަކުވެސް އެފަދަ މީހަކު ހައްޔަރުކޮށް ގެންދާކަށް ބޭނުމެއް ނުވެއެވެ.

"އޮޕަރޭޝަން ޗިޓް" ގެ ދަށުން ހާޒިރު ކުރެވޭ މީހުންނާމެދު ކަންވާ ގޮތާއި ކުރެވޭ ސުވާލުތަކާއި ހޭދަވާ ވަގުތަކީވެސް މި ރޯދަމަހު ރޯދަކުރުކުރަން ކުރެވޭ ހެއްވާ މަޖާ ކަމެކެވެ. އެންމެނާވެސް ކުރަނީ މައިގަނޑު އެއްސުވާލު ތަކެކެވެ. ހަމަ އާދައިގެ ދެތިން ސުވާލެކެވެ. މުޒާހަރާއަށް ދިއިންތޯއެވެ. ދުއްވާ އެއްޗިއްސަށް ދަތިވާގޮތައް މަގުމަތީގައި އިށީނިން ހެއްޔެވެ. ފުލުހުން ބަހައްޓަފައިހުރި ބެރިކޭޑުގައި އަތްލީން ހެއްޔެވެ. މިކަހަލަ އާދައިގެ ދެތިން ސުވާލެކެވެ. އެކަމަކު އެދިތިން ސުވާލު އަހައި ބަޔާންނަގާ ހެދުމަށް ބަރާބަރު ތިންގަޑިއިރު އެކަމުގައި ހޭދަކުރެއެވެ. ބެލެވޭ ގޮތުގައި އެއީވެސް އެއީ "އޮޕަރޭޝަން ޗިޓް" ރޭވިފައިވާ ގޮތާއި ކުރެވިފައިވާ ބޮޑު ޕްލޭންގެ ދަށުން ކަންކުރުމަށް ރޭވިފައިވާ ގޮތެވެ. ނަތީޖާއެއްގެ ގޮތުން ހާޒިރުކުރާ މީހުންގެ އާއިލާ މީހުންނާއި ރައްޓެހިންނާ ޕާޓީގެ ބޮޑުންނާ އެއްވުމަށް ހިތްވަރުދޭ ގިނަ މީހުން އެސަރަހައްދައް އެއްވެ ތިބެއެވެ. އިސާހިތަކު މަގުވެސް ފުރެއެވެ. ކުޅިބަލާ މީހުންނާއެކު މުޅިސަރަހައްދު ތޮއްޖެހެއެވެ. އިސާހިތަކު އިތުރު މުޒާހަރާއެއްފެށިގެންދެއެވެ.

ކޮންމެއަކަސް ސުވާލަކީ މިޗިޓް ހަވާލުކޮށް ނިމޭނީ ކިތައް ދުވަހުން ބާއެވެ. އަލާކެނޑޭވަރުވާނީ ކިތައް މީހުންނަށް ހަވާލުކުރެވުނީމާބާއެވެ. މިއެންމެންނަށް ބޭނުންވާވަރަށް ގާނޫނީ ވަކީލުން ލިބޭނެބާއެވެ. މުޅިރާއްޖެއަށް މިޗިޓް ހަވާލުކުރުމަށް ރޭވިފައިވާ ގޮތަކީ ކޮބައިބާއެވެ. މިއީ ކުރެވޭ ސުވާލުތަކެއް ނަމަވެސް ފާހަގަވާ  އެހެންކަމެއް އެބައޮތެވެ. "އޮޕަރޭޝަން ޗިޓް"ގެ ބޭނުމަކީ މުޒާހަރާ ހުއްޓުވުން ކަމާއި މުޒާހަރާތަކަށްދާ މީހުންނަށް ބިރުދެއްކުން ކަމުގައިވާނަމަ އެކަން ހާސިލްވަމުން ނުދާކަމެވެ. ބައިވެރިވާ މީހުން ދަނީ އިތުރުވަމުންނެވެ. އަލަށް ބައިވެރިވާ މީހުންދަނީ ގިނަވަމުންނެވެ. ވެރިމީހާއަށް ގޮވާ އިސްތިއުފާއާއި އޭނާ ކުރާ ނޭއްގާނީ ކަންތައްތަކުގެ އަޑު ދަނީ ގަދަވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތި ވިއްކާ މީހޫން ހޯދުމުގެ ބޮޑު އޮޕަރޭޝަންގެ ހިލަމެއްނެތް. ޖަލްސާއަށް ކުޅުނު ޑްރާމާއެއްތަ؟

މަސްތުވާތަކެތި ވިއްކާ މީހޫން ހޯދުމުގެ ބޮޑު އޮޕަރޭޝަންގެ ހިލަމެއްނެތް. ޖަލްސާއަށް ކުޅުނު ޑްރާމާއެއްތަ؟

20 ނޮވެމްބަރު 2025
މިހާރު ދެން ކޮން ޑްރާމާއެއްތޯ؟ އޮޕަރޭޝަން ކާމިޔާބެވެ، އެކަމަކު ބަލި މީހާ ވީ މަރެވެ

މިހާރު ދެން ކޮން ޑްރާމާއެއްތޯ؟ އޮޕަރޭޝަން ކާމިޔާބެވެ، އެކަމަކު ބަލި މީހާ ވީ މަރެވެ

14 ޑިސެމްބަރު 2024
"ކޮބާ ޖިހާދުގެ ރޫޙުގަ ހިންގާ އޮޕަރޭޝަންތައް؟ ކޮބާ ދިފާޢަށް ތެދުވަން ބުނި މީހުން؟ ކަލޭމެންގެ ވަޤުތުވެސް އަދި ޖެހޭނެ..."

"ކޮބާ ޖިހާދުގެ ރޫޙުގަ ހިންގާ އޮޕަރޭޝަންތައް؟ ކޮބާ ދިފާޢަށް ތެދުވަން ބުނި މީހުން؟ ކަލޭމެންގެ ވަޤުތުވެސް އަދި ޖެހޭނެ..."

15 އޮކްޓޯބަރު 2023
ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް: ވޭންދެނިވި ތިން އޮޕަރޭޝަން، ނޫރު އަދިވެސް އޮތީ އައިސީޔޫގައި!

ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް: ވޭންދެނިވި ތިން އޮޕަރޭޝަން، ނޫރު އަދިވެސް އޮތީ އައިސީޔޫގައި!

02 ޖުލައި 2023
"އޮޕަރޭޝަން ދަތްދޮޅި"

"އޮޕަރޭޝަން ދަތްދޮޅި"

24 މެއި 2022

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު