Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ކުއްލި އެއްވުން

މުޒާހަރާގެ ބައިވެރިން ފުލުހަށް ހާޒިރު ކުރަނީ ސީދާ ރައީސް މުއިއްޒުގެ އޯޑަރަށް ބިރުދައްކަން: އަބްދުﷲ ވަޙީދު

އެމްޑީޕީން ކުރިއަށް ގެންދާ ކުއްލި އެއްވުމަކީ ޤާނޫނު އަސާސީގެ 32 ވަނަ މާއްދާގެ ތެރެއިން ލިބިގެންވާ ހައްޤެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 14 މާރިޗު 2025 | ހުކުރު 13:20
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު: ރާއްޖެ ޓީވީ އަށް އިންޓަވިއުދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު: ރާއްޖެ ޓީވީ އަށް އިންޓަވިއުދެއްވަނީ

އެމްޑީޕީން ސިލްސިލާކޮށް ކޮންމެ ރެއަކުވެސް މާލޭގެ މަގުތަކުގައި ކުރިއަށް ގެންދާ "ކުއްލި އެއްވުން އިހުތިޖާޖު" ގެ ބައިވެރިން ފުލުހަށް ހާޒިރު ކުރަމުން ގެންދަނީ އެ ފަރާތްތަކަށް ބިރުދެއްކުމުގެ ބޭނުމުގައި ސީދާ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އޯޑަރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

އަބްދުﷲ ވަޙީދު މިފަދައިން ވިދާޅުވެފައި މިވަނީ ހުކުރު ދުވަހުގެ ހަވީރު ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރުމާއި ގުޅިގެން ރާއްޖެ ޓީވީ އަށް ދިން އިންޓަވިއުއެއްގައެވެ.

ވަޙީދު ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދާ ކުއްލި އެއްވުމަކީ ޤާނޫނު އަސާސީގެ 32 ވަނަ މާއްދާގެ ތެރެއިން ލިބިގެންވާ ހައްޤެއް ކަމަށާއި ރައްޔިތުން އަޑުއުފުލަން މި ނުކުންނަނީ އެ ހައްޤުގެ ބޭނުން ހިފުމަށްކަމަށެވެ.

ޤާނޫނު އަސާސީން ލިބިދީފައި އޮތް ހައްޤެއްގެ ބޭނުން ހިފަން ނުކުތީމައި ފުލުސް އޮފީހުން އަމަލުކުރައްވަމުން އެ ގެންދަވަނީ ޣައިރުޤާނޫނީ އަމަލުތަކެއް ކަމަށާއި އަދި ކުރައްވަމުން އެ ގެންދަވަނީ ޣައިރުޤާނޫނީ އަމުރުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ފުލުހުންގެ އަމަލުތައް ހުންނަ ގޮތުން ފެނިގެން މި ދަނީ މާކުރީގައި ފުލުހުން އޮތް ހާލަތަށް އަނބުރައި ރުޖޫއަވާތަން ކަމަށާއި އެހެން ކަމުން ފުލުހުންގެ ޤާނޫނަށް ގެނައި ހެޔޮ ބަދަލުތަކަށް ރައްޔިތުން ކުރަމުން އައި އިތުބާރު އަނެއްކާ ވެސް ގެއްލިގެން ދާތަން ފެންނަކަމަށްވެސް ވަޙީދު ވިދާޅުވި އެވެ.

އަދި މިއީ ފުލުހުންގެ އިސް ވެރިން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށާއި ފުލުހުންގެ މައްޗަށް ރައްޔިތުން އޮތް އިތުބާރު ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ވަހީދު ވިދާޅުވި އެވެ.

ކޮމިޝަނަރ އަށް އަޅުގަނޑު ދަންނަވަން އޮތީ، ތިބޭފުޅާއަށް ވެސް އެނގިލައްވާނެ އޭ އަޅުގަނޑުމެން ޕޮލިހުގެ ޤާނޫނަށް ގެނައި ހެޔޮ ބަދަލުތަކާއި އެކު ޕޮލިހަށް ރައްޔިތުން ކުރަމުން އައި އިތުބާރު އަނެއްކާވެސް ގެއްލިގެންނޭ މިދަނީ. އެހެންވީމަ ކޮމިޝަނަރަށް ބުނެލަން އޮތީ ތިޔަހެން ނުހައްދަވާށޭ.
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު

ވަޙީދު ވިދާޅުވީ ޕޮލިސް ކޮމިޝަނަރު ވިއަަސް އަދި ރައީސުލްޖުމްޙޫރިއްޔާ ވިއަސް އަމަލުކުރައްވަން ޖެހޭނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށާއި ނަމަވެސް މިހާރު ފެނިގެން މިދަނީ ޤާނޫނު އަސާސީ ރައީސްގެ އަތްޕުޅަށް ނަންގަވައިގެން ހިތުހުރި ގޮތަކަށް ވެރިކަން ކުރައްވަން މަސައްކަތް ކުރައްވާ ތަން ކަމަށެވެ.

އަދި ރައީސް މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާގެ ދިފާއުފައި ރާއްޖޭގެ މުއައްސަސާތައް އެ ނިކުތީ ފަސްހަ ރޭގައި އިހުތިޖާޖު ކުރެވިގެންދިއަ އިރުގަ އެތަނަށް ވަޑައިގެން އެތަނުގައި ކަންހިނގާ ގޮތް ބަލާވެސް ނުލާ ކަމަށެވެ.

ވަޙީދު ވިދާޅުވީ މި ސަރުކާރުން ހިއުމަން ރައިޓްސް ކޮމިޝަނަށް މީހުން އައްޔަން ކުރެއްވި އިރުގައި އެ އައްޔަން ކުރެއްވި ބޭފުޅުންގެ ސީވީ އާއި މަސައްކަތު ތަޖުރިބާ އަށް ބަލާއިރުގައި އެއީ މަޤާމު ދިފާއުކުރުމަށްޓަކައި އެތަނުގައި ތިއްބަވަން ޖެހޭ ބޭފުޅުން ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން އެޗްއާރު ސީއެމުން ފުލުހުން ދިފާއުކޮށް ނެރެފައި ވަނީ ސީދާ ސިޔާސީ ބަޔާނެއް ކަމަށާއި އެއީ އެ ބޭފުޅުން މަޤާމު ދިފާއުކުރުމަށް ޓަކައި ނެރުނު ބަޔާނެއް ކަމަށް ވިދާޅުވަމުން ވަޙީދު ވިދާޅުވީ މި ސަރުކާރުން ކޮންމެ ކަމެއްގައި ވެސް އަމަލުކުރައްވަމުން އެ ގެންދަވަނީ ކަން ކުރައްވަން އޮންނަ އުސޫލާއި ޚިލާފަށް ކަމަށެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު