Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔުކްރެއިން ހަނގުރާމަ

ޔޫކްރެއިންގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ހުށަހެޅި ހުށަހެޅުންތަކަށް ރަޝިއާ އެއްބަސްވެއްޖެ

14 މާރިޗު 2025 | ހުކުރު 06:07

ރަޝިއާގެ ރައީސް ޕުޓިން ވިދާޅުވީ، ޓްރަމްޕްގެ މަސައްކަތްތަކަށް ޝުކުރުވެރިވާ ކަމަށާއި، އެ މައްސަލަ ސުލްހަވެރި ގޮތެއްގައި ނިންމުމުގެ ޚިޔާލަށް ތާއީދު ކުރައްވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 މާރިޗު 2025 | ހުކުރު 06:07
ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން، ހިންގަވާފައި ވަޑައިގަންނަވާ ވަގުތުގައި އޭނާ އަށް ގާޑް އޮފް އޮނާ އަށް އަރުވަނީ

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން، ހިންގަވާފައި ވަޑައިގަންނަވާ ވަގުތުގައި އޭނާ އަށް ގާޑް އޮފް އޮނާ އަށް އަރުވަނީ

ރަޝިއާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ހުށަހެޅު ހުށަހެޅުންތަކަށް ރަޝިއާ އިން އެއްބަސްވެއްޖެ އެވެ.

މި ހަފުތާގެ ތެރޭގައި ސައުދީ އަރަބިއްޔާ ގައި އެމެރިކާ އާއި ޔުކްރެއިންގެ އިސް އޮފިޝަލުން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ވަނީ، 30 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ މެދު ކަނޑާލުމަށް ހުށަހަޅައިފަ އެެވެ.

އެކަމާ ގުޅޭ ގޮތުން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވީ، އެ ހުށަހެޅުންތަކަށް ރަޝިއާ އިން އެއްބަސްވާ ކަމަށެވެ.

ނަމަވެސް، މި މައްސަލައިގެ އަސްލު ސަބަބުތަކަށް ހައްލެއް ގެންނަން ޖެހޭނެ ކަމަށާއި، އަދި އިތުރު ގިނަ ކަންތައްތަކާ މެދު މަޝްވަރާ ކުރަން ޖެހޭ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

ބެލަރޫސްގެ ރައީސް އަލެކްސެންޑަރ ލުކަޝެންކޯ އާއެކު ކްރެމްލިން ގައި ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުންތަކަށް ރަޝިއާ އިން އެއްބަސްވާ ކަމަށެވެ. 

މީގެ ތިން އަހަރު ކުރިން، 2022 ވަނަ އަހަރު ޔުކްރެއިން އަށް ރަޝިއާ އިން ހަމަލާ ދިނުމަށްފަހު، ފާއިތުވި ދެ އަހަރު ތެރޭގައި އެ ޤައުމުގެ ބިމުގެ ފަސްބައިކުޅަ އެއްބައި ރަޝިއާގެ ބާރުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 30 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމެއް ހުށަހަޅުއްވާފައި އެވެ. މި ހުށަހެޅުމަށް ޔުކްރެއިނުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.

ރަޝިއާގެ ރައީސް ޕުޓިން ވިދާޅުވީ، ޓްރަމްޕްގެ މަސައްކަތްތަކަށް ޝުކުރުވެރިވާ ކަމަށާއި، އެ މައްސަލަ ސުލްހަވެރި ގޮތެއްގައި ނިންމުމުގެ ޚިޔާލަށް ތާއީދު ކުރައްވާ ކަމަށެވެ.

އަދި އެެކަމާ ގުޅޭ ގޮތުން އެމެރިކާގެ އިސްވެރިންނާ މަޝްވަރާ ކުރުމުގެ މުހިންމުކަން ވެސް ޕުޓިން ފާހަގަ ކުރެއްވި އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް