Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެްއެމްޑީޕީގެ މުޒާހަރާ

އެމްޑީޕީގެ މުޒާހާރާތައް ބާއްވަން ފުރުސަތު ދިނުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި

އެއްވުމުގެ ހައްޤު ޤާނޫނީ އިމުގެ ތެރެއިން ތަނަވަސްކޮށްދިނުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެޗްއާރްސީއެމުން އިލްތިމާސްކުރި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 މާރިޗު 2025 | ބުރާސްފަތި 16:18
އެމްޑީޕީ އިން ހޮނިހިރު ދުވަހުގެ ރޭ ކުރި އިޖުތިޖާޖުގެ ތެރެއިން

އެމްޑީޕީ އިން ހޮނިހިރު ދުވަހުގެ ރޭ ކުރި އިޖުތިޖާޖުގެ ތެރެއިން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ މުޒާހާރާތައް ބާއްވަން ފުރުސަތު ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފިއެވެ.

2025 މާރިޗު 7 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ (އެމް.ޑީ.ޕީ) ފަރާތުން މާލޭގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތައް މި ކޮމިޝަންގެ ފަރާތުން މޮނިޓަރ ކުރަމުންދާކަމަށް އެ ކޮމިޝަނުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ސުލްޙަވެރިކަމާއެކީ އެއްވެއުޅުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކޮންމެ މީހަކަށްމެ ލިބިދޭ އަސާސީ ޙައްޤަކަށް ވީހިނދު، އެ ހައްޤު ޤާނޫނީ އިމުގެ ތެރެއިން ތަނަވަސްކޮށްދިނުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިލްތިމާސްކުރާ ކަމަށެވެ.

ހަމައެހެންމެ މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވާ މީޑިއާގެ ފަރާތްތަކުގެ މަސައްކަތަށް ހުރަސް ނޭޅޭނެ ގޮތަށް އެފުރުސަތު ދިނުމަށްވެސް ކަމާ ގުޅުންހުރި އިދާރާތަކަށް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން މުޒާހަރާގައި ބާރުގެ ބޭނުން ކުރަންޖެހޭ ހާލަތުގައިވެސް ޤާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުން ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެޗްއާރްސީއެމުން ވަނީ ގޮވާލާފައެވެ.

އިދިކޮޅު އެމްޑީޕީން ބާއްވާ މުޒާހަރާތައް މޮނިޓަރކުރުމަށް އެޗްއާރްސީއެމް އިން ހަރަކާތްތެރިވި ނަމަވެސް ފުލުހުން އަމަލުކުރާ ގޮތް ބެލުމަށް، ފުލުހުންނާއި ސުވާލު ކުރާތީ އާއްމުންގެ ފާޑުކިޔުން އެޗްއާރްސީއެމަށް ވަނީ އަމާޒުވެފައެވެ. އަދި ފުލުހުންނަށް އާއްމުންނަށް އަނިޔާ ކުރާ މަންޒަރު މުޒާހަރާގެ ފޮޓޯ އާއި ވީޑިއޯ އިން ފެންނަ އިރު އެކަންކަމަށް ރިއާޔަތް ނުކުރާތީ، އެޗްއާރްސީއެމްގެ ބަޔާނަކީ ވަކި އަތަކަށް ބުރަވެފައިވާ ބަޔާނެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ސިލްސިލާކޮށް އެމްޑީޕީން ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުން ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކުރުމުން އާއްމުންނަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. ޚާއްސަކޮށް އަންހެނުންނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. މުޒާހަރާގައި ފިރިހެން ފުލުހުން މެދުވެރިކޮށް އަންހެނުން ފަހަތަށް ޖައްސާ މައްސަލަ ވަރަށް ބޮޑަށް އާއްމުން ދަނީ ފާހަގަކުރަމުންނެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު