Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފިލިޕީންސް

ހައްޔަރު ކުރުމާ އެކު ޑުޓާޓޭ ވިދާޅުވީ، ޒިންމާ ނަންގަވާނެ ކަމަށް

ޑުޓާޓޭ ވިދާޅުވީ ލޯ އެންފޯސްމަންޓާއި، މިލިޓަރީ ވެސް ލީޑު ކުރެއްވީ އޭނާ ކަމަށެވެ. އަދި އެ ހުރިހާ ކަމެއްގެ ޒިންމާ ނަންގަވާނެ ވާހަކަ ދަންްނަވާފައި ވާނެ ކަމަށް ވެސް ޑުޓާޓޭ ވިދާޅުވިއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 މާރިޗު 2025 | ބުރާސްފަތި 08:36
ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ، ބެންކޮކް ގައި ބޭއްވި 34 ވަނަ އާސިއާން ސަމިޓުގެ ޕްލެނަރީ ސެޝަނެއް ގައި ބައިވެރިވެ ވަޑައިގަންނަވަނީ

ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ، ބެންކޮކް ގައި ބޭއްވި 34 ވަނަ އާސިއާން ސަމިޓުގެ ޕްލެނަރީ ސެޝަނެއް ގައި ބައިވެރިވެ ވަޑައިގަންނަވަނީ

މަސްތުވާ ތަކެއްޗާ ދެކޮޅަށް ހިންގި ހަނގުރާމައިގައި އިންސާނިއްޔަތާ ދެކޮޅަށް ކުށްތަކެއް ކުރިކަމުގެ ދައުވާގައި، ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ  އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ) ގެ ބަންދަށް ގެން ގޮސްފި އެވެ.

އުމުރުފުޅުން މިހާރު 79 އަހަރު ވެފައިވާ ޑުޓާޓޭ އަކީ އައިސީސީ އަށް ހާޒިރު ކުރެވޭ އޭޝިއާގެ ކުރީގެ ފުރަތަމަ ވެރިއާ އެވެ.

އޭނާ ބުދަ ދުވަހު ރޮޓަޑަމް އަށް އަމިއްލަ ޖެޓެއް މެދުވެރިކޮށް ގެންދެވުނެވެ. އެތަނުން ދެން އޭނާ ގެންދެވުނީ ދަ ހޭގް ގައި ހުންނަ އައިސީސީގެ ބަންދު މަރުކަޒަށެވެ. 

ޑުޓާޓޭ ވިދާޅުވީ ލޯ އެންފޯސްމަންޓާއި، މިލިޓަރީ ވެސް ލީޑު ކުރެއްވީ އޭނާ ކަމަށެވެ. އަދި އެ ހުރިހާ ކަމެއްގެ ޒިންމާ ނަންގަވާނެ ވާހަކަ ދަންްނަވާފައި ވާނެ ކަމަށް ވެސް ޑުޓާޓޭ ވިދާޅުވި އެވެ.

"އަހަރެން މިއީ ލޯ އެންފޯސްމަންޓާއި މިލިޓަރީ ވެސް ލީޑް ކުރި މީހާ. އަހަރެން މި ހުރިހާ ކަމެއްގެ ޒިންމާ ނަގާނަމޭ ބުނިން،" ޑުޓާޓޭ ވިދާޅުވެފައިވެ އެވެ.

އައިސީސީގެ ތަޙުޤީޤު ތަކުން ދައްކާ ގޮތުން، ޑުޓާޓޭގެ ވެރިކަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރާލެވުނެވެ. އޭގެ ތެރޭގައި ޑަވާއޯ ސިޓީގައި މޭޔަރުކަން ކުރި ދުވަސްވަރު "ޑަވާއޯ ޑެތް ސްކޮޑް" އިން މަރާލި 19 މީހުންނާއި، ޕޮލިހުން އެކި ސަރަޙައްދު ތަކުގައި މަރާލި 24 މީހުން ހިމެނެ އެވެ.

ޑޫޓާޓޭގެ ދަރިކަނބަލުން، އަދި ފިލިޕީންސްގެ މިހާރުގެ ނައިބު ރައީސާ ސާރާ ޑުޓާޓޭ ވިދާޅުވީ އޭނާގެ ބައްޕަ "މަޖުބޫރުން ދަ ހޭގްއަށް" ގެން ދިޔައީ ކަމަށެވެ.

ނަމަވެސް މަރުވެ ދިޔަ މީހުންގެ ޢާއިލާތަކުން، ޑުޓާޓޭގެ މި ހައްޔަރު ކުރުމަށް މަރުޙަބާ ކިޔާފައިވެ އެވެ. ޔޫއެން ހިއުމަން ރައިޓްސް ޗީފް، ވޯލްކަރ ޓަރކް ވިދާޅުވީ މިއީ "މަރުވެ ދިޔަ އެތައް ހާސް މީހުންނަށް އިންސާފު ހޯދައި ދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް" ކަމަށެވެ.

2019 ގައި ޑުޓާޓޭގެ އިރުޝާދުގެ ދަށުން ފިލިޕީންސް އައިސީސީން ވަކިވި ނަމަވެސް، އެ ދުވަސްވަރާ ހަމައަށް ހިނގި ކަންކަމުގެ މައްޗަށް އައިސީސީ އަށް ބާރު ލިބިގެންވާ ކަމަށް އެ ކޯޓުން ބުނެ އެވެ.

ޑުޓާޓޭގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ މެދު އިބުތިދާއީ އަޑު އެހުން ކުރިއަށް އޮތް ދުވަސް ތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

ކޮމެންޓް

އިތުރަށް ކިޔާލަން

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި

މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި

04 މާރިޗު 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު