Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ-ޔުކްރެއިން ހަނގުރާމަ

ހަނގުރާމަ ނިންމުމަށް ރަޝިއާގެ ފަރާތުން އެމެރިކާ އަށް ޝަރުތުތަކެއް ހުށަހަޅައިފި 

ރަޝިއާ އިން ހުށަހެޅި ޝަރުތުތަކުގެ ތަފްސީލެއް ސާފުވެފައެއް ނުވޭ. އަދި ޔުކްރެއިން އާއެކު ސުލްހައިގެ މަޝްވަރާތައް ފެށުމުގެ ކުރިން މި ޝަރުތުތައް ގަބޫލުކުރަން ޖެހޭތޯ ވެސް  ސާފެއް ނުވެއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 މާރިޗު 2025 | ބުރާސްފަތި 06:47
އެމެރިކާ، ޔޫކްރޭން، އަދި ރަޝިޔާގެ ދިދަ. (ސްޓޮކް އިލްސްޓްރޭޝަން)

އެމެރިކާ، ޔޫކްރޭން، އަދި ރަޝިޔާގެ ދިދަ. (ސްޓޮކް އިލްސްޓްރޭޝަން)

ރަޝިއާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ނިންމުމަށް، ރަޝިއާ އިން އެމެރިކާ އަށް ޝަރުތުތަކެއް ހުށަހަޅާފައިވާ ކަމަށް، މައުލޫމާތު ލިބިފައިވާ ދެ މަސްދަރަކާ ހަވާލާދީ މީޑިއާ ތަކުން ރިޕޯޓުކޮށްފި އެވެ.

ވޭތުވެ ދިޔަ ތިން ހަފްތާގެ ތެރޭގައި ރަޝިއާ އަދި އެމެރިކާގެ އޮފިޝަލުން ވަނީ އޮންލައިންކޮށް އަދި ސީދާ ގޮތުން ވެސް ބައްދަލުވުން ތަކެއް ބާއްވާފައި އެވެ.

ނަމަވެސް ރަޝިއާ އިން ހުށަހެޅި ޝަރުތުތަކުގެ ތަފްސީލެއް ސާފުވެފައެއް ނުވެ އެވެ. އަދި ޔުކްރެއިން އާއެކު ސުލްހައިގެ މަޝްވަރާތައް ފެށުމުގެ ކުރިން، މި ޝަރުތުތައް ގަބޫލުކުރަން ޖެހޭތޯ ވެސް  ސާފެއް ނުވެ އެވެ.

ރަޝިއާ އިން ކުރިން ވެސް ހުށަހަޅާފައިވާ ޝަރުތު ތަކުގެ ތެރޭގައި ޔުކްރެއިން ނޭޓޯގައި ބައިވެރި ނުވުމާއި، ޔުކްރެއިން ގައި ބޭރުގެ ސިފައިން ނުބޭތިއްބުމާއި، ކްރައިމިއާ އަދި އިތުރު ހަތަރު ސަރަހައްދަކީ ރަޝިއާގެ ބިން ކަމަށް ބައިނަލްއަގުވާމީ މުޖުތަމައު އިން ގަބޫލު ކުރުން ހިމެނެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު މަޑު ކުރައްވަނީ 30 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓުމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އެއްބަސްވޭތޯ ބެއްލެވުމަށް ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

މި ހުއްޓުމަށް ޔުކްރެއިންގެ ރައީސް ވޮލޮޑްމިރް ޒެލެންސްކީ އެއްބަސް ވެފައިވާ ކަމަށް އަންގާރަ ދުވަހު ވަނީ ހާމަކުރައްވައިފަ އެވެ. ނަމަވެސް އެމެރިކާ ބައެއް އޮފިޝަލުންނާއި، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ކަންބޮޑުވުން ފާޅު ކުރައްވަނީ ޕުޓިން މި ހުއްޓުން ބޭނުންކޮށްގެން، އެމެރިކާ އާއި ޔުކްރެއިން އަދި ޔޫރަޕްގެ ގުޅުން ނަގާލައިފާނެތީ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން އެމެރިކާ ގައި ހުންނަ ރަޝިއާގެ އެމްބަސީ އަދި ވައިޓް ހައުސްއިން ވެސް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، މިހަފްތާ ގައި ސައުދީ އަރަބިއްޔާ ގައި ބޭއްވުނު އެމެރިކާ އަދި ޔުކްރެއިން އޮފިޝަލުންގެ ބައްދަލުވުމަކީ އުންމީދީ ބައްދަލުވުމެއް ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވެފައިވެ އެވެ.

އަދި 30 ދުވަހުގެ ހުއްޓުމެއް ބޭނުން ކޮށްގެން ފުޅާ ދާއިރާއެއްގެ ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލެވި ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ތުރުކީގެ އިސްތަމްބޫލް ގައި 2022 ވަނަ އަހަރު މަޝްވަރާ ކުރެވުނު އެއްބަސްވުމަކީ އަލުން މަޝްވަރާތައް ފެށުމަށް ރަނގަޅު ފެށުމެއް ކަމަށް އެމެރިކާ އަދި ރަޝިއާގެ އޮފިޝަލުން ވެސް ފާހަގަކޮށްފައިވެ އެވެ. ނަމަވެސް، އޭރު މި އެއްބަސްވުން ތަންފީޒު ކުރެވިފައެއް ނުވެ އެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު