Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖޯޖިއާ

ޖޯޖިއާގެ ކުރީގެ ރައީސް ސަކަޝްވިލީ އަށް އިތުރު ނުވަ އަހަރުގެ ޖަލު ޙުކުމެއް އިއްވައިފި

ބުދަ ދުވަހު ސަކިޝްވިލީގެ މައްޗަށް އިއްވި ނުވަ އަހަރު ދުވަހުގެ ޖަލު ޙުކުމާ އެކު، އޭނާގެ މައްޗަށް 15 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އައީ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މާރިޗު 2025 | ބުދަ 10:00
ޖޯޖިއާގެ ކުރީގެ ރައީސް ސަކިޝްވިލީ

ޖޯޖިއާގެ ކުރީގެ ރައީސް ސަކިޝްވިލީ

ޖޯޖިއާގެ ކުރީގެ ރައީސް މިހައިލް ސަކަޝްވިލީ އަށް އިތުރު ނުވަ އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފި އެވެ.

އިންޓަރޕްރެސް ނިއުސް އެޖެންސީ އިން ބުދަ ދުވަހު ރިޕޯޓު ކުރި ގޮތުގައި މި ޙުކުމް އިއްވާފައި ވަނީ ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.

ސަކަޝްވިލީ ވަނީ 2004 ވަނަ އަހަރުން ފެށިގެން، 2013 ވަނަ އަހަރާ ހަމައަށް ޖޯޖިއާގެ ރައީސްކަން ކުރައްވައިފަ އެވެ. 

ވެރިކަމަށް ފަހުން 2021 ވަނަ އަހަރު ސަކަޝްވިލީ އެނބުރި ޖޯޖިއާ އަށް ވަޑައިގެންނެވުމުން، އޭނާ އަށް ވަނީ ހަ އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފަ އެވެ. އެއީ ބޭރުގެ ބޭނުން ނަަހަމަ ގޮތުގައި ކޮށްފައިވާތީ އެވެ.

ސަކިޝްވިލީގެ މައްޗަށް އިއްވި ހަ އަހަރު ދުވަހުގެ ޖަލު ޙުކުމުގެ ބޮޑު ބައި އޭނާ ހޭދަ ކުރައްވާފައި ވަނީ ޖަލު ހޮސްޕިޓަލްގަ އެވެ. 

ބުދަ ދުވަހު ސަކިޝްވިލީގެ މައްޗަށް އިއްވި ނުވަ އަހަރު ދުވަހުގެ ޖަލު ޙުކުމާ އެކު، އޭނާގެ މައްޗަށް 15 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އައީ އެވެ.

ޝަރީޢަތުގެ މަޖިލީހު ގައި މި މައްސަލަ ބެލި ފަނޑިޔާރުން ނިންމާފައި ވަނީ, ސަކިޝްވިލީ ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވުމުގެ ހެކިތައް ފުރިހަމަ އަށް ސާބިތުވާ ކަމަށެވެ. ސަކަޝްވިލީގެ ޙުކުމް ތަކާ މެދު އިތުރު އިސްތިއުނާފު މަރުޙަލާ ތަކެއް ކުރިއަށް ދާނެ ކަމަށް ބެލެވެ އެވެ.

އަދި އޭނާގެ ޞިއްޙީ ޙާލަތަށް ރިޢާޔަތްކޮށް، ކުރިއަށް އޮތް ތާނގައިވެސް ޖަލު ހޮސްޕިޓަލު ގައި ބަންދުކުރެވިފައި ހުންނާނެ ކަމަށް ލަފާކުރެވެ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު