Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އަމިއްލަފުޅަށް 15 ބުރި ގެއެއްގައި ދިރިއުޅުއްވާއިރު ރައްޔިތުންނަށް އާޚިރަތުގެ ވާހަކަ ދެއްކެވުމަކީ ރައްޔިތުންނަށް މަލާމާތް ކުރުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2025 | ހޮނިހިރު 14:50
މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ތޯރިގު: ވިދާޅުވީ ރައީސް މުއިއްޒަކީ ދީފަ އަތުލާ ފީފާ ކުރިއެއް ކަމަށް

މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ތޯރިގު: ވިދާޅުވީ ރައީސް މުއިއްޒަކީ ދީފަ އަތުލާ ފީފާ ކުރިއެއް ކަމަށް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް ޑރ މުހައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގެން ކަންކަން ކޮށްދެއްވަމުން ގެނަދަވަނީ "ދީފައި އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން ކަމަށް ނ. މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ތޯރިގު ވިދާޅުވެއްޖެ އެވެ.

ތޯރިގު މިފަދައިން ވިދާޅުވެފައި ވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެ އެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު އަށާއި އެމަނިކުފާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ތޯރިގު ވިދާޅުވީ ރައީސް މުއިއްޒު އަކީ ކަނޑައެޅިގެން ބޮޑެތި ދޮގު ހައްދަވަމުގެންދަވާ ބޭފުޅެއް ކަމަށާއި މުއިއްޒަކީ ރާއްޖޭގެ ރައްޔިތުންނަށް ހެވެއް އެދޭނޭ ބޭފުޅެއް ނޫން ކަމަށެވެ.

ތޯރިގު ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންނަށް އާޚިރަތް ދުވަހުން ސުވަރުގެއިން ގަނޑުވަރެއް ނުވަތަ ގޯއްޗެއް ހޯދަން ވިދާޅުވެ، އަމިއްލަފުޅަށް ދިރިއުޅުއްވާ ގެ 15 ބުރިއަށްނަގައި އަރާމާއި އިއްޒަތުގައި އިންނަވައިގެން، ހިތުހުރިގޮތަކަށް ކަންކަން ކުރައްވަމުން ގެންދެވުމަކީ ރައްޔިތުންނަށް މަލާމާތް ކުރުން ކަމަށެވެ.

ތޯރިގު ވިދާޅުވީ މި ދިވެހި ގައުމަކީ ސައްތައިންސައްތަ މުސްލިމުން ދިރިއުޅޭ، އިސްލާމީ ގައުމެއް ކަމަށާއި އެކަން ހުރިހާ ރައްޔިތުންނަށް ވެސް އެނގޭ ކަމަށެވެ. އަދި ހުރިހާ ރައްޔިތުން ވެސް މަސައްކަތް ކުރަނީ ދުނިޔެ އާއި އާހިރަތް ބާއްޖަވެރި ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިވެހިންނަށް މަލާމާތް ނުކުރުމަށް ރައީސް މުއިއްޒަށް ގޮވާލައްވަމުން ތޯރިގު ވިދާޅުވީ ރައީސް މުއިއްޒު އަށް މުޚާތަބުކުރުން އެންމެ އެކަށީގެން ވަނީ "ކައްޒާބު" ގެ ނަމުން ކަމަށާއި ކައްޒާބަކީ ދޮގުހަދާ މީހުންނަށް ކިޔާ އެއްޗެއް ކަމަށެވެ. އެގޮތުން ރައީސް މުއިއްޒު އަކީ ވަރަށް ގިނައިން ބޮޑެތި ދޮގުހައްދަވާ ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމިއްލަ ގެ 15 ބުރިއަށް ހަދާ ނިންމާފަ ނިކަމެތި ރައްޔިތުންގެ ކައިރި މި ބުނަނީ ކަލޭމެން ގޯތިގެދޮރު ހޯދަން އުޅޭނޭ ކަމެއް ނެތޭ، މަހުސަރު ދުވަހުން ގިޔާމަތް ދުވަހުން ސުވަރުގެއިން ގަނޑުވަރުތައް ހޯދަން މަސައްކަތް ކުރާށޭ ކަލޭމެން. ތިމަންނަ އިންނާނަމޭ 15 ބުރިއަށް ގެހަދައިގެން އެގޭގަ. މިހުންނަނީ ރައްޔިތުންނަށް ކުރާ މަލާމާތް. މިއީ މުސްލިމް ގައުމެއް ، މި ގައުމުގެ ރައްޔިތުންނަށް އެނގޭ ދުނިޔެއާއި އާޚިރަތް ހޯދަންކަން އަންގަވާފައި އޮތީ. އެހެންވީމަ މި މުއިއްޒު ކައްޒާބު، އަޅުގަނޑު މިރޭ އަލަށް ކައްޒާބޭ މި ދެންނެވީ، ކައްޒާބޭ މި ދެންނެވީ ވަރަށް ގިނަ ދޮހު ހައްދަވާތީ. ކައްޒާބު މުއިއްޒަށް އަޅުގަނޑު ދަންނަވާލަން ރައްޔިތުންނަށް މަލާމާތް ނުކުރުމަށް.
މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ތޯރިގު

ނިމިގެންދިޔަ މަޖިލިސް އިންތިޚާބާއި ދިމާކޮށް ނ. އަތޮޅުގެ މާފަރުގެ އިހުތިސާސްގެ ތެރޭގައި ހިމަނައިގެން މީހުން ދިރިނޫޅެ ފަޅަށް އޮތް ދެ ހުރާގަނޑު ރައީސް މުއިއްޒު ދެއްވިކަން ފާހަގަކުރައްވައި ތޯރިގު ވިދާޅުވީ އެ އެތަންތަން ދިނުމަށް ފަހު އެތަން ހަދައި ނިމުމާއި އެކު އަތުލާފައި ކަމަށެވެ.

ތޯރިގު ވިދާޅުވީ ރައީސް މިފަހަރު ކައުންސިލް އިންތިޚާބާއި ދިމާކޮށް ވެސް ރަށްރަށަށް ވަޑައިގެން ވެސް ގެންދަވަނީ މިފަދައިން އަމަލު ކުރައްވަމުން ކަމަށާއި އެގޮތުން ދީފަ އަތުލާ ފީފާބުރި އެއްހެން ދޭ ކޮންމެ އެއްޗެއް ފަހުން އަތުލަމުން ގެންދާ ކަމަށެވެ. އަދި މިއީ ރައީސް މުއިއްޒުގެ އަސްލު ސިފަކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ކަންތައް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ހެވާއިލާބަ އަށް އެދިގެން ނޫން ކަމަށާއި އެހެންކަމުން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ސަރުކާރު ޖަވާބުދާރީ ކުރުމަށް ބާއްވާ ބޮޑު އެއްވުމަށް ހުރިހާ ރައްޔިތުން މާލެ އެރުމަށް ތޯރިގު ވަނީ ގޮވާލައްވާފަ އެވެ.

މުޙައްމަދު ތޯރިޤްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުލޫޓުވައިފި މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު