Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފްރާންސް

ފަރަންސޭސި ސަރުކާރު ވެއްޓިއްޖެ

ފަރަންސޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ބުދަ ދުވަހު ނެގި ވޯޓުގައި 577 މެމްބަރުންގެ ތެރެއިން 331 މެންބަރުން ވަނީ ބާނިއޭގެ މައިނޯރިޓީ ސަރުކާރު ވައްޓާލުމަށް ވޯޓު ދީފައެވެ.

ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2024 | ބުރާސްފަތި 05:40
ފަރަންސޭސި ބޮޑު ވަޒީރު ބާނިއޭ - އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވަނީ

ފަރަންސޭސި ބޮޑު ވަޒީރު ބާނިއޭ - އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވަނީ

ފަރަންސޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓުން، ފްރާންސްގެ ބޮޑުވަޒީރު މިޝެލް ބާނިއޭގެ ސަރުކާރުގެ އިތުބާރު ނެތްކަމަށް ފާސްވެ، ސަރުކާރު ވެއްޓިއްޖެއެވެ.

މިއީ ފަރަންސޭސިވިލާތުގެ ތާރީހުގައި މިދިޔަ 60 އަހަރަށް ވުރެ ގިނަ އަހަރު ދުވަހުގެ ތެރޭގައި އިތުބާރު ނެތްކަމުގެ ވޯޓަކުން ވައްޓާލެވުނު ފުރަތަމަ ސަރުކާރެވެ.

ތިން މަސް ދުވަސްވީ ބާނިއޭ ގެ ސަރުކާރު ވެއްޓުމާ ގުޅިގެން އެ ގައުމުގެ ސިޔާސީ މަސްރަހް ހަލަބޮލިވެ، ކުރިއަށް އޮތް އަހަރުގެ ބަޖެޓް ފާސް ކުރުމަށްވެސް ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ.

ފަރަންސޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ބުދަ ދުވަހު ނެގި ވޯޓުގައި 577 މެމްބަރުންގެ ތެރެއިން 331 މެންބަރުން ވަނީ 73 އަހަރުގެ ބާނިއޭގެ މައިނޯރިޓީ ސަރުކާރު ވައްޓާލުމަށް ވޯޓު ދީފައެވެ.

ބޮޑު ވަޒީރުގެ މައްޗަށް އިތުރުބާރު ނެތް ކަމަށް ހުށަހެޅީ މަޖިލީހުން ފާސް ކުރުމަކާ ނުލާ ބޮޑު ވަޒީރުގެ ބަޖެޓާ ގުޅޭ ފިޔަވަޅުތަކެއް އަޅުއްވަން ނިންމެވުމާ ގުޅިގެން، އިދިކޮޅު ހަރުކަށި ވައަތު ފިޔައިގެ އަދި ހަރުކަށި ކަނާތު ފިޔައިގެ ޕާޓީތައް އެއް ބައިވެގެންނެވެ.

ވޯޓަށްފަހު، މަޖިލީހުގެ ރައީސް ވަނީ ބާނިއޭ މިހާރު "އޭނާގެ އިސްތިއުފާ" ރައީސް އެމެނުއެލް މެކްރޯން އަށް ހުށަހަޅުއްވަން ޖެހޭނެ ކަމަށް އިއުލާނު ކުރައްވާ ޖަލްސާ ނިންމާލެއްވިއެވެ.

ފްރާންސްގެ ބޮޑުވަޒީރު މިޗެލް ބާނިއޭފްރާންސް

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ
27 ނޮވެމްބަރު 2025

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
26 ނޮވެމްބަރު 2025

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025
ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
14 ނޮވެމްބަރު 2025

ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

14 ނޮވެމްބަރު 2025
ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި
10 ނޮވެމްބަރު 2025

ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ ޖަލުން ދޫކޮށްލުމަށް ޕްރޮސެކިއުޓަރުން އެދިއްޖެ

10 ނޮވެމްބަރު 2025
ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ ޖަލުން ދޫކޮށްލުމަށް ޕްރޮސެކިއުޓަރުން އެދިއްޖެ
10 ނޮވެމްބަރު 2025

ފަލަސްތީނުގެ ރައީސް އަންގާރަ ދުވަހު ފަރަންސޭސި ވިލާތައް ވަޑައިގަންނަވަނީ

10 ނޮވެމްބަރު 2025
ފަލަސްތީނުގެ ރައީސް އަންގާރަ ދުވަހު ފަރަންސޭސި ވިލާތައް ވަޑައިގަންނަވަނީ
31 އޮކްޓޯބަރު 2025

ލޫވްޚަ ދާރުލްއާސާރުން ވަގަށް ނެގި ތަކެތީގެ އަގު 102 މިލިއަން ޑޮލަރަށް، މައްސަލައިގައި އިތުރު ފަސް މީހަކު ހައްޔަރު ކޮށްފި

31 އޮކްޓޯބަރު 2025
ލޫވްޚަ ދާރުލްއާސާރުން ވަގަށް ނެގި ތަކެތީގެ އަގު 102 މިލިއަން ޑޮލަރަށް، މައްސަލައިގައި އިތުރު ފަސް މީހަކު ހައްޔަރު ކޮށްފި
27 އޮކްޓޯބަރު 2025

މެކްރޮންގެ އަނބިކަނބަލުންނަކީ ފިރިހެނެއް ކަމަށް ބުނެ ފުރައްސާރަ ކުރި މީހުންގެ ޝަރީއަތް ފަށައިފި

27 އޮކްޓޯބަރު 2025
މެކްރޮންގެ އަނބިކަނބަލުންނަކީ ފިރިހެނެއް ކަމަށް ބުނެ ފުރައްސާރަ ކުރި މީހުންގެ ޝަރީއަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު