Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އިގްތިސާދީ ހާލަތު

ރާއްޖޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހިއްޖެ: އެމްއެމްއޭ

އިގްތިސާދީ ދުވެލި މަޑުޖެހުނީ މަސްވެރިކަމާއި، އިމާރާތްކުރުމާއި، އުފެއްދުންތެރިކަމުގެ ދާއިރާތަކުގެ ވިޔަފާރި ދަށަށް ދިއުމުން ކަމަށް އެމްއެމްއޭ ގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. ފަތުރުވެރިކަމުގެ ހިއްސާ އިގްތިސާދުގައި ބޮޑުކަން ފާހަގަ ވާއިރު ގެސްޓްހައުސް ތަކުގެ ބެޑްނައިޓްސް 6 އިންސައްތަ ދަށަށް ގޮސް އަދި ހޮޓާ ތަކުގެ ބެޑްނައިޓްސް 14 އިން ސައްތަ ވަނީ ދަށަށް ގޮސްފައެވެ.

އާމިނަތު ރީޝާ
އާމިނަތު ރީޝާ, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2024 | ބުރާސްފަތި 11:35
މާލޭގެ ވިޔަފާރި ބަނދަރު

މާލޭގެ ވިޔަފާރި ބަނދަރު

ރާއްޖޭގެ އިޤްތިޞާދީ ދުވެލި މަޑު ޖެހިއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަ ކޮށްފިއެވެ.

ނޮވެމްބަރު 2024 ގައި އެމްއެމްއޭ އިން ނެރުނު އިކޮނޮމިކް އަޕްޑޭޓް އިން ހާމަވާ ގޮތުގައި 2024 ގެ ދެވަނަ ކުއާޓަރގައި ރާއްޖޭގެ ރިޔަލް ޖީޑީޕީ ގެ ކުރިއެރުން 4.5 އިން ސައްތައިގައި ހުރި އިރު، ފުރަތަމަ ކުއާޓަރގައި ދުވެލި ހުރީ 7.7 އިން ސައްތައިގައެވެ ގައެވެ.

އިގްތިސާދީ ދުވެލި މަޑުޖެހުނީ މަސްވެރިކަމާއި، އިމާރާތް ކުރުމާއި، އުފެއްދުންތެރިކަމުގެ ދާއިރާތަކުގެ ވިޔަފާރި ދަށަށް ދިއުމުން ކަމަށް އެމްއެމްއޭ ގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

އިގްތިސާދަށް އެންމެ މުހިންމު ހިއްސާ އެއް ދެނީ ފަތުރުވެރިކަމުގެ ސިނާއަތުން ކަން ރިޕޯޓުން ފާހަގަ ވާ އިރު އޮކްޓޯބަރު މަހާ ހަމައަށް ކޮންމެ މަހަކު ފަތުރުވެރިންގެ އަދަދު 10 އިންސައްތަ އިތުރުވެފައިވެއެވެ. މި ކުރިއެރުން ލިބުނީ ޔޫރަޕާއި ޗައިނާގެ މާކެޓްތަކުން އައި ފަތުރުވެރިން އިތުރުވުމުގެ ސަބަބުން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އަނެއްކޮޅުން، ގެސްޓްހައުސްތަކާއި ހޮޓާތަކުގެ ވިޔަފާރި އަށް ވަނީ ހީނަރު ކަން އައިސްފައެވެ. އެގޮތުން، ގެސްޓްހައުސް ތަކުގެ ބެޑްނައިޓްސް 6 އިންސައްތަ ދަށަށް ގޮސް އަދި ހޮޓާ ތަކުގެ ބެޑްނައިޓްސް 14 އިން ސައްތަ ދަށްވެފައިވެއެވެ. ރިސޯޓުތަކުގެ ބެޑްނައިޓްސް މަޑުމަޑުން ކުރިއަރަމުން ދިޔަ ނަމަވެސް، 2023 ގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ހިންގަމުންދާ އެނދުގެ އަދަދު ވަނީ ދަށްވެފައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ސަރުކާރުގެ އާމްދަނީ ވަނީ 20 އިން ސައްތަ އިތުރުވެފައެވެ. މިއީ މައިގަނޑު ގޮތެއްގައި ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ. 

ކުރީ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ސަރުކާރުގެ ޚަރަދު 3 އިންސައްތަ އިތުރުވެފައިވާ އިރު، ރިކަރަންޓް ޚަރަދު ކެޕިޓަލް އިންވެސްޓްމަންޓް ތަކަށް ވުރެ އިތުރުވެފައިވެފައިވާކަން ވަނީ އެމްއެމްއޭ އިން ފާހަގަ ކޮށްފައެވެ.

ސަރުކާރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 2023 ގެ ނިޔަލަށް 103 އިންސައްތަ ގައި ހުރި އިރު 2024 ގެ ފުރަތަމަ ކުއާޓަރުގައި 98 އިންސައްތަ އަށް ދަށްވި ކަމަށް ފެނުނު ނަމަވެސް، ޖުމްލަ ދަރަނި ވަނީ އިތުރުވެފައެވެ. މިއީ އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުންނެވެ.

2024 ގެ އޮކްޓޯބަރު މަހު އެކްސްޕޯޓް ވަނީ ކުރީ އަހަރާ އަޅާބަލާއިރު 29 އިން ސައްތަ ދަށްވެފައެވެ. މިއީ މައިގަނޑު ގޮތެއްގައި ކަނޑުމަހާއި ރީ-އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުންނެވެ. އިމްޕޯޓް 2 އިންސައްތަ އިތުރުވެފައި ވާ މައިގަނޑު ސަބަބަކީ ދަތުރުފަތުރުގެ އާލާތްތަކާއި ކާބޯތަކެތީގެ އިމްޕޯޓު އިތުރުވުމުގެ ސަބަބުންނެވެ.

އޮކްޓޯބަރު މަހުގެ ނިޔަލަށް ބޭރު ފައިސާގެ ރިޒާވް 614.6 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވެއެވެ. މިއީ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 66 އިންސައްތައިގެ އިތުރުވުމެކެވެ. މިއީ އިންޑިއާގެ ރިޒާވް ބޭންކާއެކު ހެދި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން އިންޑިއާ އިން ދިން އެހީގެ ސަބަބުން ލިބިފައިވާ ކުރިއެރުމެކެވެ.

އިކޮނޮމިކް އަޕްޑޭޓްބަނދަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޖެހިޖެހިގެން ދެވަނަ މަހު ރިޒާވް ދަށަށް ހިނގައްޖެ

ޖެހިޖެހިގެން ދެވަނަ މަހު ރިޒާވް ދަށަށް ހިނގައްޖެ

07 ސެޕްޓެމްބަރު 2025
ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި

ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި

01 ސެޕްޓެމްބަރު 2025
ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

18 ފެބުރުއަރީ 2025
ދުންފަތުގެ އަގަށް އައި ބޮޑު ބަދަލާ އެކު ތަކެތީގެ އަގު ބޮޑުތަނުން އުފުލިއްޖެ

ދުންފަތުގެ އަގަށް އައި ބޮޑު ބަދަލާ އެކު ތަކެތީގެ އަގު ބޮޑުތަނުން އުފުލިއްޖެ

28 ޖެނުއަރީ 2025
ސަރުކާރުގެ ޚަރަދުތައް 1.2 ބިލިއަން ރުފިޔާ މައްޗަށް ހިނގައްޖެ

ސަރުކާރުގެ ޚަރަދުތައް 1.2 ބިލިއަން ރުފިޔާ މައްޗަށް ހިނގައްޖެ

28 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު