Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުން ހިލޭ ޙައްޖަށް ފޮނުވުން

ދައުލަތުގެ ޚަރަދުގައި މިއަހަރު ޙައްޖަށް ފޮނުވާ 50 މީހުން ގުރުއަތުން ހޮވައިފި

11 މާރިޗު 2025 | އަންގާރަ 13:03

ޝަރުތުހަމަވާ 302 މީހުންގެ މެދުގައި ނެގުނު ގުރުއަތުން ވަނީ ޙައްޖަށް ފޮނުވާނެ 50 މީހުން ހޮވާފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 11 މާރިޗު 2025 | އަންގާރަ 13:03
ދައުލަތުގެ ޚަރަދުގައި މިއަހަރު ޙައްޖަށް ފޮނުވާ 50 މީހުން ގުރުއަތުލުން ނެގުން - 11-03-2025

ދައުލަތުގެ ޚަރަދުގައި މިއަހަރު ޙައްޖަށް ފޮނުވާ 50 މީހުން ގުރުއަތުލުން ނެގުން - 11-03-2025

ދިވެހި ސަރުކާރުގެ ޚަރަދުގައި މިއަހަރު ހިލޭ ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ 50 މީހުން ކަނޑައެޅުމަށް ގުރުއަތުލުން އަންގާރަ ދުވަހު ބާއްވައިފިއެވެ.

މިގޮތުން ފަޤީރުންގެ ދަފްތަރުގެ ތެރެއިން ހިލޭ ޙައްޖަށް މީހުން ފޮނުވުމާއި ގުޅޭ އުސޫލުގެ ދަށުން ޝަރުތުހަމަވާ 302 މީހުންގެ މެދުގައި ނެގުނު ގުރުއަތުން ވަނީ ޙައްޖަށް ފޮނުވާނެ 50 މީހުން ހޮވާފައެވެ. އަދި މީގެ އިތުރުން އެއްވެސް ސަބަބަކާހުރެ ހައްޖު ދަތުރުގައި ބައިވެރިނުވެވޭ ހާލަތެއް ގުރުއަތުން ހޮވޭ ފަރާތަކަށް މެދުވެރިވެއްޖެނަމަ، އެމީހުންގެ ބަދަލުގައި ފޮނުވާނެ 10 މީހުން ވެސް ވަނީ ގުރުއަތުން ހޮވާފަ އެވެ.

ދަޢުލަތުގެ ޚަރަދުގައި ޙައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަޤީރުންގެ ދަފްތަރަށް ބަލައިގެންނެވެ. މި ދަފްތަރަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސްއިން ރިވިއުކޮށްފައިވާ ދަފްތަރެކެވެ.

ރިޔާސީ ފުރަތަމަ ދައުރުގައި 1000 ފަޤީރުން ޙައްޖަށް ފޮނުއްވާނޭކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ 18 އޮގަސްޓް 2023 ވަނަ ދުވަހުގެރޭ، ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ކެމްޕޭނުގައި، މ. މުލަކު ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އަދި މި ވަޢުދާއި އެއްގޮތަށް 2024 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ދަޢުލަތުގެ ޚަރަދުގައި 50 ފަޤީރުން ޙައްޖަށް ފޮނުވާފައިވާކަން ފާހަގަކޮށްލެވެއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް