Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާއަށް އެހީ ހުއްޓާލުން

ގާޒާއަށް އެހީ ފޮނުވުން ހުއްޓާލުމުން އާއްމު ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތައް އިތުރުވަނީ

ގާޒާގައި ބޭކަރީތައް ބަންދުވެ، ކާބޯތަކެތީގެ އަގުތައް މައްޗަށް ދިޔައިރު، ސާފު ފެން ލިބުމަށްވެސް ދަތިވެގެންދިޔައެވެ. އިސްރާއީލުން އިންސާނީ އެހީ ހުއްޓާލުމުން ހާސްވެފައިވާ އާންމުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 މާރިޗު 2025 | ހޯމަ 20:55
ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގައި ފަލަސްތީނުގެ ކުދިން ޗެރިޓީ ބަދިގެއަކުން ކާނާ ލިބޭތޯ މަޑުކޮށްގެން - މާޗް 9، 2025

ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގައި ފަލަސްތީނުގެ ކުދިން ޗެރިޓީ ބަދިގެއަކުން ކާނާ ލިބޭތޯ މަޑުކޮށްގެން - މާޗް 9، 2025

އިޒްރޭލުން ގާޒާއަށް އިންސާނީ އެހީ ފޮނުވުން ހުއްޓާލުމާ ގުޅިގެން، ބޭކަރީތައް ބަންދުވެ، ކާބޯތަކެތީގެ އަގުތައް މައްޗަށް ދިއުމާއެކު، ކަރަންޓު ކެނޑުމުގެ ސަބަބުން ސާފު ފެން ލިބުމަށްވެސް ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ފަލަސްޠީނު އޮފިޝަލުން ބުނެފިއެވެ.

ހަމާސް އާއެކު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި އެ ޖަމާއަތަށް ފިއްތުން ދިނުމުގެ ގޮތުން ކާބޯތަކެއްޗާއި، ބޭސް އަދި ތެލުގެ އެހީ ފޮނުވުން އިޒްރޭލުން ވަނީ މެދުކަނޑާލާފައެވެ.

ގާޒާގެ ބޭކަރީތަކުގެ ޔޫނިއަންގެ އިސްވެރިޔާ އަބްދުއްނާސިރު އަލް-އަޖްރަމީ ރޯއިޓާޒަށް މަޢުލޫމާތު ދެއްވި ގޮތުގައި، މިހާރު ހިންގަމުންދާ 22 ބޭކަރީގެ ތެރެއިން 6 ބޭކަރީ ވަނީ ކައްކާ ގޭސް ހުސްވުމާ ގުޅިގެން ބަންދުކުރަން ޖެހިފައެވެ.

ޔޫއެންގެ ފަލަސްޠީނު ރެފިއުޖީ އޭޖެންސީ (އަންރުވާ) އިން ބުނެފައިވަނީ އިންސާނީ އެހީ ހުއްޓާލުމުގެ ނިންމުމަކީ، 17 މަސްދުވަހުގެ "އަނިޔާވެރި" ހަނގުރާމައަކުން ހާސްވެފައިވާ އާންމުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ. ގާޒާގެ 2.3 މިލިއަން މީހުންގެ ގިނަ ބަޔަކު ބަރޯސާވެފައިވަނީ އެހީގެ މައްޗަށް ކަމަށް އެ އޭޖެންސީން ބުނެއެވެ.

ގާޒާގެ އެތައް އާއިލާއެއް މިހާރު ދިރިއުޅެމުންދަނީ ޓެންޓުތަކުގައެވެ. އެގޮތުން ހަ ކުދިންގެ މަންމައެއް ކަމަށްވާ ގާދާ އަލް-ރަކާބު (40) ބުނީ އަސާސީ ބޭނުންތައް ފުއްދުމަށް ވެސް ދަތިވެފައިވާ ކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި 48،000 އަށްވުރެ ގިނަ ފަލަސްޠީނުން ވަނީ މަރުވެފައެވެ. މި ހަނގުރާމަ ފެށުނީ ހަމާސްގެ ހަމަލާއެއްގައި 1،200 އިޒްރޭލީން މަރުވެ، 251 މީހުން ރަހީނުންގެ ގޮތުގައި ގެންދިއުމާ ގުޅިގެންނެވެ.

ހަނގުރާމަ މިހާރު ވަނީ ޖެނުއަރީ 19 އިން ފެށިގެން ހުއްޓާލާފައެވެ. ނަމަވެސް ހެދުނު އެއްބަސްވުމުގެ ފުރަތަމަ 42 ދުވަސް ހަމަވެ، ހަމާސް އާއި އިޒްރޭލާ ދެމެދު އަދިވެސް ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
05 އެޕްރީލު 2017

އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި

05 އެޕްރީލު 2017
އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
28 މާރިޗު 2017

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު