Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސްތީނު

އިސްރާއިލް ޕާސްޕޯޓު މަނާ ނުކުރެވިވާ ސަބަބު މިނިސްޓަރ ހަލީލަށް ބުނެ ނުދެވުނު

ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އެއް އޮވެ މި މަޖިލީހުގައި އިސްރާއިލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުމުގެ މަސައްކަތް ތާށިވެފައިވާ ސަބަބު ވެސް މިނިސްޓަރ އަށް ވިދާޅުވެދެއްވިފަ އެއް ނުވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 މާރިޗު 2025 | ހޯމަ 06:20
ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް

ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް

އިސްރާއިލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާނުކުރެވޭ ސަބަބާއި މެދު މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުالله ޚަލީލަށް ސާފު ޖަވާބެއް ނުދެވުނެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ވަނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުالله ޚަލީލް އާއި ލިޔުމުން ޖަވާބު ހޯއްދެވުމަށް ސުވާލެއް ކުރައްވާފައެވެ.

އޭނާ ސުވާލުކުރައްވާފައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ރ) ނިޔާކުރާގޮތުން ދިވެހި ދައުލަތުން ބޭރު ދައުލަތްތައް ޤަބޫލުކުރުމާއި, އެ ޤަބޫލުކުރުން އަނބުރާ ގެންދިއުމާއި ގުޅޭގޮތުންނާއި، ބޭރު ޤައުމުތަކާއި އެކު ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ޤާއިމްކުރުމާއި، ސިޔާސީ ގުޅުން ޤާއިމުކޮށްފައިވާ ޤައުމަކާއި މެދުގައި އޮތް ގުޅުން ކަނޑަ އެޅުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާދީ، ރައީސުލްޖުމްހޫރިއްޔާގެ ނިންމުން ތަންފީޒުކުރުމަކީ މިނިސްޓަރުގެ މަސް އޫލިއްޔަތެއް ކަމަށެވެ. އެހެންނަމަވެސް އިސްރޭލުގެ ޕާސްޕޯޓާއި އެކު ރާއްޖެ އެތެރެވުން މަނާކުރުމަށް 2 ޖޫން 2024 ގައި ނިންމި ނިންމުން ތަންފީޒުކުރެވިފައި ނުވަނީ ކީއްވެގެންތޯއެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ހަލީލް ވިދާޅުވެފައި ވަނީ 2 ޖޫންގައި އިސްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރި ކަމަށް ވަޒީރުންގެ މަޖިލީހުންގެ ލަފަޔާއި އެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ. އެ ނިންމުން ތަންފީޒްކުރުމަށް ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް މިނިސްޓަރ ހަލީލް ލިޔުމުން މަޖިލީހާއި ހިއްސާކުރެއްވި ޖަވާބުގައިވެއެވެ. ޑރ.ހަލީލުގެ ޖަވާބު މަޖިލީހަށް އިއްވަވައިދެއްވީ އަމީންއާއްމެވެ.

އެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު މި ވަގުތު އޮތީ މަޖިލީހުގެ ކޮމިޓީގައި ދިރާސާކުރުމުގެ މަރުހަލާގައި ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި އެ އިސްލާހު ޤާނޫނަކަށް ވުމާއި އެކު އިސްރާއިލް ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޒްވެގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންނަމަވެސް އެ މަސައްކަތް އަވަސް ކުރުމަށް މިނިސްޓަރ ވެސް އަދި މިނިސްޓްރީން ވެސް ކުރާ މަސައްކަތެއް ވަޒީރު ވިދާޅުވެދެއްވާފަ އެއް ނުވެއެވެ. ހަމައެހެންމެ ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އެއް އޮވެ މި މަޖިލީހުގައި އެ މަސައްކަތް ތާށިވެފައިވާ ސަބަބު ވެސް ވިދާޅުވެދެއްވިފަ އެއް ނުވެއެވެ.

މިނިސްޓަރގެ ޖަވާބުގައި ފަލަސްތީނު މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް ސަރުކާރުން ކެނޑިނޭޅި ވަކާލާތުކުރަމުންދާ ކަމަށް ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ބައިނަލްއަޤުވާމީ އެކި ފޯރަމްތަކުގައި ވެސް ފަލަސްތީނަށް ލިބެމުންދާ އަނިޔާތަކާއި މެދު ވާހަކަދައްކާ އަޑު އުފުލަމުންދާ ކަމަށް ޑރ.ހަލީލް ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ އަރަބި، އިސްލާމީ ޤައުމުތަކާއި އެކު ފަލަސްތީނުގެ މިނިވަންކަން ހޯދާދިނުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ފަލަސްތީނުގައި މިނިވަން ދައުލަތެއް އުފެދި އަމާންކަމާއި އެކު އެ ޤައުމުގެ ރައްޔިތުންނަށް ދިރިއުޅެވުމަކީ ޒަމާނުއްސުރެ ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުކަމަށާ މިހާރުވެސް ރާއްޖެ ދެމި އޮތީ އެ ސިޔާސަތުގެ މަތީގައި ކަމަށް ހަލީލް ފާހަގަކުރެއްވިއެވެ. ބައިނަލްއަޤުވާމީ ފޯރަމްތަކުގައި އެކަމާއި މެދު އަޑު އުފުލުމުގެ އިތުރުން ކޯޓުތަކުގައި ކުރިއަށް ދާ ފަލަސްތީނާއި ގުޅުން ހުރި މުހިންމު ބައެއް މައްސަލަތަކުގައި ރާއްޖެއިން ބައިވެރިވަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެފަދަ ބައެއް މައްސަލަތަކުގެ ތަފްސީލް ވަޒީރުގެ ޖަވާބުގައި ހިމަނުއްވާފައިވެއެވެ.

މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް މާލީ އަދި އެހެނިހެން އެހީތައް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް އެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު