Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފައިސާ ޗާޕްކުރުން

ސަރުކާރަށް ގޮތް ހުސްވެ 15 ވަރަކަށް ބިލިއަން ރުފިޔާ ޗާޕުކުރަން ތައްޔާރުވެއްޖެ

ފައިސާ ސަރުކާރަށް ހޯދަނީ އެޗްޑީސީ އިން 22 ހެކްޓަރުގެ ބިން އެމްއެމްއޭ އަށް ގަތުމުގެ މުއާމަލާތެއް ހިންގައިގެން.

ރާއްޖެ އެމްވީ | 9 މާރިޗު 2025 | އާދީއްތަ 11:55
މުއިއްޒު ގެ ފޮޓޯ ޖަހާފައިވާ ޚިޔާލީ ރުފިޔާ ތަކެއް - ފައިސާ ޗާޕު ނުކުރާނެ ކަމަށް ތަކުރާރުކޮށް މުއިއްޒު ވަނީ ވިދާޅުވެފައި

މުއިއްޒު ގެ ފޮޓޯ ޖަހާފައިވާ ޚިޔާލީ ރުފިޔާ ތަކެއް - ފައިސާ ޗާޕު ނުކުރާނެ ކަމަށް ތަކުރާރުކޮށް މުއިއްޒު ވަނީ ވިދާޅުވެފައި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން 14.7 ބިލިއަން ރުފިޔާ ޗާޕް ކޮށް އިގްތިސާދުގެ ތެރެއަށް ނެރެން ތައްޔާރު ވެއްޖެއެވެ.

އިތުބާރުހުރި މަސްދަރުތަކަކުން މައުލޫމާތު ދިން ގޮތުގައި، އެމްއެމްއޭ އިން އިގްތިސާދުގެ ތެރެއަށް ފައިސާ ނެރުމަށް ނިންމާފައިވަނީ، އެޗްޑީސީ މިލްކިއްޔާތުގައި ހުރި ބިންތަކުގެ ތެރެއިން 22 ހެކްޓަރުގެ ބިން އެމްއެމްއޭ އަށް ގަތުމުގެ މުއާމަލާތެއް ހިންގައިގެންނެވެ.

ފައިސާ ރެގިއުލޭޓު ކުރުމާއި، މާލީ ސިޔާސަތުތައް ހިފަހައްޓައި، ތަންފީޒު ކުރުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ އަދި މިނިވަން ކަމާއެކު މަސައްކަތް ކުރަން ޖެހޭ ދައުލަތުގެ މުއައްސަސާ އެ ޒިންމާ އަދާ ކުރުމުގެ ބަދަލުގައި ސަރުކާރުން ހިންގާ ޒިންމާދާރުކަން ކުޑަ މާލީ ހަރަކާތްތަކުގައި މިގޮތައް ބައިވެރިވުމަކީ ނުރައްކާތެރި ކަމެއް ކަމަށް މާލީ ތަޖުރިބާކާރަކު ވިދާޅުވިއެވެ.

"އެތަައް ބިލިއަނެއް ޚަރަދު ކޮށްގެން އެމްއެމްއޭ އިން ބޮޑެތި ބިން ގަނެގެން ކުރަން މިއުޅެނީ ކޮންކަމެއްތޯ؟، މިއީ މާލީ ކަންކަން ރެގިއުލޭޓު ކުރަން ހަވާލުވެ އޮތް އިދާރާއެއް." އޭނާ ވިދާޅުވިއެވެ.

"އެމްއެމްއޭ އަކީ ހައުސިންގ މަޝްރޫއު ހިންގާ ބައެއްތޯ؟ ރިޔަލް އެސްޓޭޓް ވިޔަފާރި ކުރާ ބައައެއްތޯ؟ ނޫނީ ކޮޓަރި ކުއްޔަށް ދޭ ބައެއްތޯ؟" ވަރަށް ކަންބޮޑުވުމާއެކު މާލީ ތަޖުރިބާކާރަކު ސުވާލު އުފެއްދެވިއެވެ.

އެނގިފައިވާ ގޮތުގައި ރައީސް މުއިއްޒުގެ އެންގެވުމަށް އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުން މި ނިންމުން މިހާރު ވަނީ ނިންމާފައެވެ.

"ބިން ގަތުމުގެ ނަމުގައި، އަސްލު މިހިންގާ ކަމަކީ ފައިސާ ޗާފު ކުރުން؛" ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ.

"ބިން ގަތުމުގެ މުއާމަލާތެއް މި ހިންގަނީ އެޗްޑީސީ މެދުވެރިކޮށް އެ ފައިސާ ސީދާ ސާރުކާރުގެ މުށުތެރެއަށް ލައިދިނުމަށް؛"

އެޗްޑީސީ އަކީ ސައްތައިންސައްތަ ސަރުކާރުގެ ކުންފުންޏަކަށް ވާތީ އެމްއެމްއޭ އިން އެޗްޑީސީ އަށް ދޭ ފައިސާ ސަރުކާރުގެ ބޭނުންތަކަށް ފިނޭންސް މިނިސްޓްރީ އަށް ނެގޭނެއެވެ. އެ ގޮތުން އެޑްވާންސް ޑިވިޑެންޑްގެ ގޮތުގައި ނުވަތަ ފިނޭންސްގެ ޓީބިލު ނުވަތަ ބޮންޑް ގަތުމުގެ ތެރެއިން ވެސް މި ފައިސާ ސަރުކާރުގެ މާލިއްޔަތުގެ ތެރެއަށް ވެއްދޭނެއެވެ.

"މިހާ ގިނަ އަދަދެއްގެ ފައިސާ އިތްސިދާގެ ތެރެއަށް ނެރުމުން އިގްތިސާދަށް ވަރަށް ބޮޑު ލޮޅުމެއް އަންނާނެ، ދިވެހި ފައިސާގެ އަގު ވެއްޓި، ޑޮލަރުގެ އަގު އިންތިހާ އަށް އަރައިގެންދާނެ،" ކަމަށް ވެސް ތަޖުރިބާކާރަކު ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ދުވަހަކުވެސް ތަކެތީގެ އަގު މައްޗަށް ނުއުފުލޭ މިންވަރަަކަށް އުފުލިގެން ދިއުމުގެ ބިރު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެމްއެމްއޭ މެދުވެރިކޮށް މި ގޮތައް ސާރުކާރަށް ފައިސާ ހޯދަން މަސައްކަތް މި ކުރަނީ މިއަހަރަށް ފާސްކޮށްފައި އޮތް، ބަޖެޓަށް ފައިސާ ހޯދަން ކަނޑައެޅި ކަންކަން ތަންފީޒު ނުކުރެވުމުގެ ސަބަބުންނެވެ. އޭގެ ތެރޭގައި ހިލޭ އެހީ ނުލިބުމާއި، އާމްދަނީ ދަށްވުން ފާހަގަ ކޮށްލެވެއެވެ.

ކުރީ ސަރުކާރަށް ފާޑުު ވިދާޅުވަމުން ވަރަށް ގިނަ ފަހަރު ވެރިކަން ހިންގަވާނީ ފައިސާ ޗާޕު ނުކޮށް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ
27 ފެބުރުއަރީ 2017

ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި

27 ފެބުރުއަރީ 2017
ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި
16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
06 ފެބުރުއަރީ 2017

ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި

06 ފެބުރުއަރީ 2017
ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު