Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އައްޑޫ ކަރަންޓްގެ މައްސަލަ

އައްޑޫ ކަރަންޓްގެ މައްސަލަ: ސަރުކާރާއި ހުރެ ރައްޔިތުންނަށް ޖެހިފައިވާ ތަކްލީފެއް!

އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރަން ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް ކޯޕަރޭޝަންއާ ހަވާލުކުރިތާ އަހަރެންވާން ކައިރިވެފައި ވާއިރު، އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަންވެސް ވަނީ އެނގިފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 6 މާރިޗު 2025 | ބުރާސްފަތި 13:49
އައްޑޫ ހަންކެޑެ ބުރިޖު

އައްޑޫ ހަންކެޑެ ބުރިޖު

މާލެ ފިޔަވައި ރާއްޖޭގެ ދެވަނައަށް އެންމެ މީހުން ގިނައީ އައްޑޫ ސިޓީގައެވެ. ސަރުކާރަކަށްފަހު ސަރުކާރެއް އައި އިރުވެސް އަބަދުވެސް އައްޑޫ ސިޓީ އޮންނަނީ ބާކީވެފައެވެ. ތަރައްޤީގެ އެއްވެސް ކަމެއް ކުރިއަކަށް ނުދެއެވެ. ނަމަވެސް މިމަންޒަރު ބަދަލުކޮށްލާ މުޅި އައްޑޫ ސިޓީގެ ޗާޓް ބަދަލުކޮށްލީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަލުވި މިނެއްގައި ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްގެންދެވިއެވެ. ކޮވިޑްގެ އާމަލީ ވަބާއާއި އެކުވެސް ތަރައްޤީގެ މަޝްރޫއުތަކަށް ހުއްޓުމަކަށް ނުގެނައެވެ. ކަންމިހެންހުރި އިރު އައްޑޫ ސިޓީއަށް އޭގެ ކުރީ ސަރުކާރުތަކުން އަޅައިނުލައި ދޫކޮށްލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް ބިޔަ ބޮޑެތި މަޝްރޫއުތައް ފެއްޓެވިއެވެ. ބިން ހިއްކާ ޓުއަރިޒަމް ޒޯންތައް ތަރައްޤީ ކުރުމުގެ ބޮޑެތި މަޝްރޫއުތައް ފެއްޓުމަށް ޕްލޭންތައް ކުރެވުނެއެވެ.

ހަންކެޑެ ބްރިޖްގެ މަސައްކަތާއި ގުޅިފައިވާ ރަށްރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ހަލުވި ސްޕީޑުގައި ކުރިއަށް ގެންދިޔައެވެ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް ފައްޓާ އައްޑޫ އިންޖީނުގެ އިމާރާތްކުރުމުގެ މަޝްރޫއު ފެއްޓެވިއެވެ. ނަމަވެސް މިދެންނެވި މަޝްރޫއުތަކުގެ އިތުރުންވެސް ގިނަ ކަންކަން އައްޑު ސިޓީގެ ތަރައްޤީއަށް ރައީސް ސޯލިޙްގެ ވެރިކަމުގައި ކޮށްދެއްވިއެވެ.

މިއަދު އައްޑޫ ސިޓީގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތި ދުވަސްތަކުން އަރައިގަތުމަށް އޭރުގެ ސަރުކާރުން ފުރިހަމަ ޕްލޭނެއް އެކުލަވާލެވިފައިވެއެވެ. އެ މަސައްކަތުގެ ލިޔެކިއުންތައް ފެނަކަ އަދި ފިނޭންސް މިނިސްޓްރީގައި ހުރި އިރު، ގެންނަންޖެހޭ އިންޖީނުތައް ގެނައުމަށް ވާޓްސިލާ ކުންފުންޏާއެކު އެއްބަސްވުމެއް އެކުލަވާލެވި ސޮއި ކުރުމަށް ވަނީ ތައްޔާރުވެފައިވެއެވެ. އަދި އެމަގުން މަސައްކަތްކުރި ނަމަ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އައްޑޫގެ ކަރަންޓުގެ މައްސަލައަށް ކުރިއަށް އޮތް 50 އަހަރަށް ހައްލުވެގެންދާނެއެވެ.

ނަމަވެސް ރައްޔިތުން އޭރުގެ ސަރުކާރަށް ނޫނެކޭ ބުނެ މިއަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިތުބާރުކުރެއްވިއެވެ. ރައްޔިތުން ބޭނުންވީ ބަދަލެއްގެ ތެރެއިންވެސް އަވަހަށް ތަރައްޤީ ގެންނާށެވެ. ނަމަވެސް ފެނިގެންދަނީ މުޅިން އެހެން މަންޒަރެކެވެ. މަޝްރޫއުތައް ހުއްޓިއްޖެއެވެ. މިކަމާއި ބަހެއް ބުނެލާނެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް އަދި ސަރުކާރުގެ އިސްވެރިއެއް ނެތެއެވެ.

އައްޑޫ ސިޓީން ދެއިރު ދެދަޅަށް ކަރަންޓް ކެނޑޭތާ އަހަރަކަށްވުރެ ގިނަވީއެވެ. މިމަންޒަރު ފެނުނު ހަމަ އެކަކުވެސް ނެތީ ހެއްޔެއެވެ. ރައްޔިތުންނަށް އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެކެވެ.

ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ދެތިން ކުއްޖަކު ރައީސްގެ ދިފާއުގައި ނިކުމެ މުޅި އައްޑޫ ރައްޔިތުންނަށް މަލާމާތްކޮށްލުމަށްފަހު ދެތިން ބަހެއް ސޯޝަލް މީޑިޔާގައި ބުނެލައެވެ.

ކަންމިހެންހުރި އިރު ރޯދަ މަސް އަންނަން ކުޑަތަންވެފައިވަނިކޮށް ރައީސް މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ރޯދަމަސް ފެށުމާއި އެކު ލިބިގެންދާނެ ކަމަށެވެ. އަނެއްކާވެސް ރައްޔިތުން ހީކުރީ މިއީ ހަމަ ފިސާރި ތެދެއް ކަމަށެވެ.

ހަފްތާއެއް ވަންދެން ކަރަންޓް ނުކެނޑި ގޮސް، ކުރިން ބުނި އެތި ކެންސަލްވެ، ޖަނެރޭޓަރުތަކަށް އޮބި ނޯވެ ކަރަންޓް ކެނޑެން ފެއްޓީއެވެ. ރޯދަ މަހުގެ ރޯދަ ވީއްލަން ޖެހުނީ ކަނު އަނދިރީގައެވެ. މިއީ ހަމަ އައްޑޫ ރައްޔިތުންނަށް ހައްގު މިންވަރުތޯއެވެ.

އެންމެ ފަހުން މިމަހުގެ 6 ވަނަ ދުވަހުގައި ފެނަކަ ކޯޕަރޭޝަންގެ އިސް ވަފްދެއް، އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެމީހުންގެ އިސްތިއުފާއަށްވެސް ގޮވީއެވެ. ކުރީ ސަފުގައި ތިބީ މިސަރުކާރަށް ސަނާ ކިޔާ މީހުންނެވެ. ބުނަމުން ދިއަޔީ ތިމަންމެން މިތިބީ ރައްޔިތުންނާއި އެކުގައި ކަމަށެވެ. މައްސަލަ ހައްލުކުރަން ކަމަށްބުނެ އައްޑޫ ސިޓީއަށް ވަޑައިގެންނެވި ފެނަކަ ޓީމު އެސިޓީއަށް ވަޑައިގެންނެވިތާ އިރުތަކެއް ނުވެ ފެނަކައިން ނެރުނު ބަޔާނެއްގައިވަނީ މިހާރު 2000 ކިލޯވޮޓްގެ ޖަނެރޭޓަރުގެ މަރާމާތުގެ މަސައްކަތް ނިމި ކަރަންޓްގެ ޚިދުމަތް ދީފައިވާ ކަމަށެވެ. އެއީ ބުރާސްފަތި ދުވަހުގެ މެންދުރުއެވެ. އަދި ބާކީ ހުރި ޖަނެރޭޓަރުތައްވެސް މަރާމާތުކޮށް ނިމެމުންދާ ވާހަކަވެސް ބުނެފައިވެއެވެ.

ނަމަވެސް އަނެއްކާވެސް ރޯދަ ވީއްލަން ގާތްވެފައިވަނިކޮށް އެކި ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދު ކެނޑުނެއެވެ. އައްޑޫ ސިޓީގެ ކަރަންޓްގެ ހާލަތު އިނގޭ ފަރާތްތަކުން ބުނަމުން ދަނީ ކުރިން، ކަރަންޓްގެ ޚިދުމަތް މެދު ނުކެނޑި ދެވިފައިވަނީ އަބަދުވެސް މަރާމާތުކުރަމުންދާތީ ކަމަށެވެ. ނަމަވެސް މިސަރުކާރު އައި ފަހުން އެކަންވެސް ހުއްޓި ޖަނެރޭޓަރުތަކުގެ ސްޕެއަރތައްވެސް ލިބުން ލަސްވެފައިވާ ކަމަށް ވަނީ އެނގިފައެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރަން ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް ކޯޕަރޭޝަންއާ ހަވާލުކުރިތާ އަހަރެންވާން ކައިރިވެފައި ވާއިރު، އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަންވެސް ވަނީ އެނގިފައެވެ. މިއަދު އައްޑޫ ސިޓީގެ ރައްޔިތުންގެ އާދޭހަކީ މިކަމުން އަރައިގަންނާނެ މަގެއް ސަރުކާރުން ހޯދައިދިނުމަށެވެ.

އައްޑޫ ސިޓީގެ ކަރަންޓްގެ ހާލަތަށް އޮތް ކުރިމަގަކީ، ކުރީ ސަރުކާރުން ހަދާފައިވާ ޕްލޭންއާއި އެއްގޮތަށް ކުރިއަށްދާންވީ އެވެ. ކޮންމެވެސް ހިސާބަކުން ތިމަންނާމެންނަށް މިކަން ނުވާނެ ކަމަށް ޤަބޫލުކޮށް ގޮތްވެސް ދޫކުރަންވެއްޖެއެވެ. ރައްޔިތުން އެދެނީ ކަރަންޓްގެ މައްސަލައަށް އަވަސް ހައްލެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

07 ޖުލައި 2017
ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

09 ޖޫން 2017
ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

08 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު