Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުން

ރައީސް މުއިއްޒަށް ކުރިއަށް އޮތް 8 މަސް ނުވަތަ އަހަރު ދުވަހުގެ ތެރޭގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލޭނެ: އިލްހާމް

ރައްޔިތުންގެ މަޖިލިސް މެންބަރުން އަތުލަފިކޮށްގެން ނުގެންގުޅެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 މާރިޗު 2025 | ބުރާސްފަތި 07:03
ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލިސް މެންބަރުން އަތުލަފިކޮށްގެން ނުގެންގުޅެވޭނެ. މަނިކުފާނު ބޮޑިބޯނެ. ދެކޮޅަށް ވޯޓު ދޭނެ. ފާޑުކިޔާނެ.ސުޕަރ މެޖޯރިޓީ އަތުން ދޫވެގެންދާނެ. މިއީ ދުނިޔެމަތީގައި އާއްމުކޮށް ހިނގާކަންކަން. ކީއްވެގެންހޭ އެހެންވާންޖެހެނީ. ސަބަބުުތަކެއް ވެސް އެބަހުރި. އެއީ ރާއްޖޭގެ އެއްވެސް ރަށެއްގައި ޕްރޮޖެކްޓެއް ކުރިއަށް ނުދޭ. ރައްޔިތުންގެ ޕްރެޝަރ އިންތިހާއަށް ރައްޔިތުންގެ މަޖިލިސް މެންބަރުންނާ ދިމާލަށް އަންނާނެ. އާސަންދައާއި އެންސްޕާއަކީ ކުރީގައި ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިިކަމުގައި ވެސް އަދި އެހެން ވެރިކަންތަކުގައި ވެސް ވަރަށް ފަސޭހައިން ލިބޭ އެއްޗެއް. މިއަދު އެވަނީ މިހާރު ރާއްޖޭގައި ކާއްޓަކަށް ވެއްޖެ. ކާށީގެ ވެސް އަގު ބޮޑުވެއްޖެ. ނުލިބޭ ތަދު އެއްޗަކަށް ވެއްޖެ. މިހާރު އާސަންދައާއި ސްޕެއަރ ނުލިބޭނެ. މިހުރިހާ ޕްރެޝަރ ނަގަމުންދަނީ ރައްޔިތުން މަޖިލިސް މެންބަރުން.
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް 20 ވަނަ ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ކުރިއަށް އޮތް 8 މަސް ނުވަތަ އަހަރު ދުވަހުގެ ތެރޭގައި ގެއްލިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އިލްހާމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މެންބަރުން އަތުލަފިކޮށްގެން ނުގެންގުޅެވޭނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި މަޖިލިސް މެންބަރުން، ރައީސް މުއިއްޒާއި ދެކޮޅަށް ތެދެވެ، ފާޑު ވިދާޅުވާނެ ކަމަށެވެ. އަދި ދެކޮޅަށް ވޯޓުދޭނެ ކަމަށާއި، ސުޕަރ މެޖޯރިޓީ އަތުން ދޫވެގެންދާ މަންޒަރު ފެންނާނެ ކަމަށް އިލްހާމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަރަށް ބޮޑަށް ޕްރެޝަރ ނަގަމުންދާކަން ފާހަގަކުރައްވައި އިލްހާމް ވިދާޅުވީ އެއްވެސް ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާ ކަމަށާއި، ކުރީ ސަރުކާރުތަކުގައި ވެސް ފަސޭހައިން ރައްޔިތުންނަށް ލިބެމުންދިޔަ ޚިދުމަތްތައް ލިބެމުން ނުދާ ކަމަށެވެ. އެގޮތުން މިއަދު އާސަންދަ، އެންސްޕާގެ ޚިދުމަތް ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އިލްހާމް ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލިސް މެންބަރުންނަކީ ވަރަށް ނިކަމެތި ބައެއް ކަމަށާއި، އާރެއް ބާރެއް ނެތް ކަމަށެވެ.

މަޖިލީހުގެ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި އިލްހާމް ވިދާޅުވީ މިއަދު މެންބަރުންނަށް އަންނަނީ އޯޑަރު ކަމަށާއި، އެއޯޑަރާ އެއްގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެއްވެސް ކަމަކާއި ގުޅިގެން މަޝްވަރާކޮށްލުމުގެ ފުރުސަތު ވެސް މެންބަރުންނަށް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ މިގޮތަށް މެންބަރުން ނުގެންގުޅެވޭނެ ކަމަށާއި، ކުރިއަށް އޮތް 8 މަސް ތެރޭގައި ނުވަތަ އަހަރު ދުވަހުގެ ތެރޭގައި ރައީސް މުއިއްޒަށް އޮތް މެޖޯރިޓީ ގެއްލޭ މަންޒަރު ފެންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ގޮނޑި ގެއްލުނު ނަމަވެސް ބައެއް ބޭފުޅުން ކެރިގެން ނުކުންނާނެ ކަމަށާއި، މިހާރު ވެސް އެފަދަ މަންޒަރުތައް ފެންނަމުންދާ ކަމަށެވެ. އަދި މިއީ 200 ޕަސެންޓް ހިނގާނެ ކަންކަން ކަމަށް އިލްހާމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު