Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެންފީކާ

ބާސެލޯނާ މެޗުގައި ޑިމާރިއާ އަށް ނުކުޅެވޭނެ

5 މާރިޗު 2025 | ބުދަ 05:37

ބާސެލޯނާގެ މެޗުގެ ކުރިން އަންގާރަ ދުވަހު ބެންފީކާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ވެސް ޑި މާރިއާ ބައިވެރިނުވެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މާރިޗު 2025 | ބުދަ 05:37
ބެންފީކާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ އެންހެލް ޑި މާރިއާ، އަނިޔާގެ ސަބަބުން ބާސެލޯނާ މެޗުގައި ނުކުޅެވޭނެ

ބެންފީކާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ އެންހެލް ޑި މާރިއާ، އަނިޔާގެ ސަބަބުން ބާސެލޯނާ މެޗުގައި ނުކުޅެވޭނެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި ސްޕެއިންގެ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި، ބެންފީކާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ އެންހެލް ޑި މާރިއާ އަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ދަންވަރު ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބެންފީކާގެ ކޯޗު ބްރޫނޯ ލޭޖް ބުނީ އެ މެޗުގައި ޑި މާރިއާ އަށް ނުކުޅެވޭނެ ކަމަށެވެ.

ޑި މާރިއާގެ އިތުރުން ބެންފީކާގެ ފްލޮރެންޓިނޯ ލުއިސް އަށް ވެސް ނުކުޅެވޭނެ އެވެ. ހަމައެހެންމެ މިހާރު ވެސް އަނިޔާގައި ހުރި އެ ޓީމުގެ އެލެގްޒެންޑާ ބާހް އަދި މަނޫ ސިލްވާ އަށް ވެސް އެ މެޗުގައި ނުކުޅެވޭނެ އެވެ.

ބާސެލޯނާގެ މެޗުގެ ކުރިން އަންގާރަ ދުވަހު ބެންފީކާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ވެސް ޑި މާރިއާ ބައިވެރިނުވެ އެވެ. ޑި މާރިއާ އަދި ލުއިސް އަށް ވެސް ލިބިފައި ވަނީ ފައިގެ މަސްގަނޑުގެ އަނިޔާއެއް ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

ބެންފީކާގެ އަމިއްލަ ދަނޑުގައި ކުޅޭ ފުރަތަމަ ލެގުގައި މި ދެ ކުޅުންތެރިންނަަށް ނުކުޅެވުނު ނަމަވެސް، ދެ ވަނަ ލެގުގައި އެ ދެ ކުޅުންތެރިންނަށް ކުޅެވޭނެ ކަމުގެ އުންމީދެއް އޮތް ކަމަށް ލޭޖް ވަނީ ބުނެފަ އެވެ.

ބުދަ ދުވަހުގެ ރޭ ދަންވަރު ބާސެލޯނާ އާއި ބެންފީކާ ބައްދަލު ކުރާއިރު، މި ސީޒަންގެ ޗެމްޕިއަންސްް ލީގުގެ ލީގު ބުރުގައި ވެސް މި ދެ ޓީމު ވަނީ ބައްދަލުކޮށްފަ އެވެ. ވާދަވެރި އެ މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 5-4 އިންނެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
14 މާރިޗު 2017

ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން

14 މާރިޗު 2017
ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
14 ފެބުރުއަރީ 2017

ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

14 ފެބުރުއަރީ 2017
ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ
09 ފެބުރުއަރީ 2017

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް