Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިއްހީ ޚިދުމަތްތެރިން

އިތުރު ގަޑީގެ ފައިސާ ނުދީ މަސައްކަތް ކުރުވުން - ސިއްހީ މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ރައީސާއި ހިއްސާކުރި!

އޯޓީ ނުދީ މަސައްކަތް ކުރުމަކީ ވަޒީފާ ދޭ މީހާގެ މައްޗަށް އަދި ވަޒީފާ އަދާކުރާ ސުޕަރވައިޒަރގެ މައްޗަށް ވެސް ވަޒީފާ އާއި ބެހޭ ޤާނޫނުގެ ދަށުންވެސް މަނާކުރާ ކަމެއް ކަމަށް އެމްއެޗްޕީޔޫ އިން ވެސް ވަނީ ފާހަގަކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 މާރިޗު 2025 | ހޯމަ 14:25
3 ނަރުހުން މަސައްކަތުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯ އެއް

3 ނަރުހުން މަސައްކަތުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯ އެއް

އިތުރު ގަޑީގެ ފައިސާ ނުދީ ސިއްހީ ޚިދުމަތްތެރިން ލައްވާ މަސައްކަތްކުރުވުމަށް މަގުފަހިވާގޮތަށް ކަންކަން އޮތުމުން އެކަމާއި މެދު ހުރި ކަންބޮޑުވުންތައް ރައީސް ޑރ.މުހައްދު މުއިއްޒު އާއި ހިއްސާކޮށްފައިވާ ކަން ރާއްޖެއެމްވީ އަށް އެނގިއްޖެއެވެ.

ރާއްޖެއެމްވީ އަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނަރުހުންގެ ޖަމިއްޔާ އިން ވަނީ ރައީސްކަމަށް މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު އައްޔަންކުރުމުގެ ކުރިން ވެސް އާ ޕޭފްރޭމްވޯރކާއި މެދު ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކޮށް ރައީސް މުއިއްޒު އަށް ސިޓީ އެއް ފޮނުވާފައެވެ. އެކަމާއި ގުޅޭގޮތުން ރައީސް އޮފީހަށް ވެސް ސިޓީ އެއް ފޮނުވާފައިވާ ކަމަށް މި ނޫހަށް ވަނީ އެނގިފައެވެ. ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އެ ކަންބޮޑުވުންތައް ހައްލުކޮށް ނުދެއްވާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރައްވާފައެއް ނުވެއެވެ.

Advertisement - newsAdvertisement

ރާއްޖެ އެމްވީ އަށް މައުލޫމާތުދެމުން ނަން ހާމަކުރަން ބޭނުން ނުވާ ސިއްހީ ޚިދުމަތްތެރިއަކު ބުނީ ނަރުހުންގެ ޖަމިއްޔާ އިން ފޮނުވި ސިޓީ އަށް ޖަވާބުދެމުން ރައީސް އޮފީހުން ބުނީ ޤާނޫނުތަކާއި އެއްގޮތަށް ކުރިއަށް ދިއުމަށް އެދޭ ކަމަށެވެ. އަދި އޭގެ ފަހުން ހެލްތް މިނިސްޓްރީ އާއި ސިވިލް ސަރވިސް ކޮމިޝަނާއި ބައްދަލުކޮށްގެން ވެސް ސިއްހީ ޚިދުމަތްތެރިންގެ ކަންބޮޑުވުންތައް ހާމަކުރަން މަސައްކަތްކޮށްފައިވާކަން މި ނޫހަށް ވަނީ އެނގިފައެވެ.

ނަރުހުންގެ ކަންބޮޑުވުންތައް ފާޅުކުރުމުން، މި މައްސަލަ އާއި ގުޅިގެން ސިވިލް ސަރވިސް އިން ބުނެފައި ވަނީ ސިއްހީ ޚިދުމަތްތެރިންނަށް އާ ޕޭފްރޭމް ވޯރކް ދޭހަވުމުގައި މައްސަލަ އެއް ހުރިކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

ހެލްތް އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި މަސައްކަތް ކުރަމުންދާ ސިއްހީ މަސައްކަތްތެރިންގެ ތެރެއިން ސިއްހީ ދާއިރާގެ ޕޭ ފްރޭމް ވޯރކަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިން ލައްވާ އިތުރު ގަޑީގެ ފައިސާ ނުދީ މަސައްކަތް ކުރުވަމުންދާ މައްސަލަ ބޮޑުވެ އެކަން ހައްލުކޮށްދިނުމަށް ތަކުރާރުކޮށް ސިއްހީ ޚިދުމަތްތެރިން ދަނީ އެދެމުންނެވެ.

ސިވިލް ސަރވިސް ކޮމިޝަނާއި، ސިއްހީ ވުޒާރާގެ އިތުރުން ކަމާއި ގުޅުން ހުރި އެހެން އިދާރާތަކާއި ވާހަކަދައްކައިގެްނ މި މައްސަލަ އަށް ހައްލު ލިބިފައި ނުވާ ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ. މި ނޫހާއި ވާހަކަދެއްކި ބައެއް ސިއްހީ ޚިދުމަތްތެރިން ބުނީ ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތްތައް ރޭވިފައި ހުންނަ ގޮތުން އެހެން ސިވިލް ސަރވެންޓުންނާއި ސިއްހީ ޚިދުމަތްތެރިން ކުރާ ގޮތާއި ވަރަށް ތަފާތު ކަމަށެވެ. އޯޓީ އަށް ވާ 10% ހަމަވުމުން މަސައްކަތްތައް ހުއްޓާލުމަކީ އެއީ އިންސާނީ ޚިދުމަތެއް ދޭ ބަޔަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ފަރާތްތަކުން ބުނެއެވެ. ހަމައެއާއި އެކު އިތުރު މުވައްޒަފުން ނެގުމަކީ ވެސް ވަސީލަތާއި ބަޖެޓް ތަންދޭ ގޮތުން ފަސޭހަކަމަކަށް ނުވާކަން ސިއްހީ ޚިދުމަތްތެރިން ވަނީ ފާހަގަކޮށްފައެވެ.

އާ ޕޭފްރޭމް ވޯރކް ބުނާ ގޮތުން އިތުރު ގަޑީގެ ގޮތުގައި މަހެއްގެ މައްޗަށް ފައިސާ ލިބޭނީ އަސާސީ މުސާރައިގެ އެންމެ ގިނަވެގެން 10 އިންސައްތަ އަށް ވާ މިންވަރަށް ކަމަށް ވާތީ އެ މިންވަރަށް ވުރެ އިތުރުވާ ގޮތަށް މުވައްޒަފު ލައްވާ މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން އިން ވެސް ވަނީ މީގެ ކުރިން ބުނެފައެވެ.

އެހެންނަމަވެސް މުވައްޒަފުން ލައްވާ، މުވައްޒަފުންގެ އަސާސީ މުސާރައިގެ 10% ވާ މިންވަރަށް ވުރެ އިތުރަށް މަސައްކަތްކުރުވުމަށް ފަހު އެ ފައިސާ ނުދިނުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ސިއްހީ ޚިދުމަތްތެރިން ދަނީ ބުނަމުންނެވެ.

އޯޓީ ނުދީ މަސައްކަތް ކުރުމަކީ ވަޒީފާ ދޭ މީހާގެ މައްޗަށް އަދި ވަޒީފާ އަދާކުރާ ސުޕަރވައިޒަރގެ މައްޗަށް ވެސް ވަޒީފާ އާއި ބެހޭ ޤާނޫނުގެ ދަށުންވެސް މަނާކުރާ ކަމެއް ކަމަށް އެމްއެޗްޕީޔޫ އިން ވެސް ވަނީ ފާހަގަކޮށްފައެވެ.

ވަޒީފާ އާއި ބެހޭ ޤާނޫނާއި ޚިލާފަށް ހެދޭ ކޮންމެ ޤަވާއިދެއް، އުސޫލެއް ވާނީ ބާތިލް އެއްޗަކަށް ކަމަށް ވަޒީފާ އާއި ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އިރު ވަޒީފާ އާއި ބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބި ނުދެވޭ ގޮތަށް ދައުލަތުގެ އާ ޕޭ ފްރޭމްވޯކް އެކުލަވާލުމަކީ ވަޒީފާ އާއި ބެހޭ ޤާނޫނާއި ޚިލާފުކަމެއް ކަމަށް ވެސް އެ ޔޫނިއަން އިން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު