Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ އަށް އެހީ ފޯރުކޮށްދިނުން އިސްެރާއީލުން ބަންދުކޮށްފި

ޣައްޒާ އަށް އެހީ ވެއްދުން އިސްރާއީލުން ބަންދުކުރުން ހަމާސްގެ ބަހުރުވައިން ސިފަ ކުރީ "ޗީޕް ބްލެކްމެއިލް" ކުރުން ކަމަށެވެ.

ރާއްޖެ އެމްވީ | 2 މާރިޗު 2025 | އާދީއްތަ 13:11
ޣައްޒާގެ ހަލާކުވެފައިވާ ސަރަހައްދުތަކުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން އެހީއަށް އިންތިޒާރު ކުރަނީ (ފައިލް)

ޣައްޒާގެ ހަލާކުވެފައިވާ ސަރަހައްދުތަކުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން އެހީއަށް އިންތިޒާރު ކުރަނީ (ފައިލް)

ޣައްޒާއަށް އިންސާނީ އެހީ ވެއްދުން އާދިއްތަ ދުވަހުން ފެށިގެން އިސްރާއީލް ސަރުކާރުން މުޅިން ހުއްޓުވައިފިއެވެ.

މިއީ ޣައްޒާ ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ މުއްދަތު އިތުރު ކުރަން ހަމާސް އިން އިންކާރު ކުރުމުން އިސްރާއީލުން އެޅި ފިޔަވަޅެއް ކަމަށް ވަނީ ބުނެފައެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާ އަށް ދިއުމުގެ ބަދަލުގައި އެމެރިކާ ގެ ސަޕޯޓާ އެކު އިސްރާއީލުން ބޭނުންވަނީ ފުރަތަމަ މަރުހަލާގެ މުއްދަތަު ދިގު ދަންމައިގެން އިސްރާއީލުން ބޭނުންވާ ކަންކަން ހާސިލު ކުރާށެވެ.

ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ހޮނިހިރު ދުވަހު ނިމުމަކަށް އައިސްފައިވާއިރު، އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ އޮފީހުން ބުނެފައިވަނީ ރައީސް ޓްރަމްޕްގެ އެންވޯއީ ސްޓީވް ވިޓްކޮފްގެ ހުށަހެޅުމަށް ހަމާސްއިން އިންކާރުކޮށްފައިވާ ކަމަށެވެ.

ހަމާސްގެ ބަހުރުވައިން މިއީ "ޗީޕް ބްލެކްމެއިލް" ކުރުން ކަމަށާއި ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމަށް ދެކޮޅަށް އިސްރާއީލުން ހިންގި "ބަޣާވާތެއް" ކަމަށެވެ. އަދި ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގެ މެދުވެރިންގެ ދައުރު އަދާ ކުރި ގައުމުތަކުން މި މައްސަލައިގެ ތެރެއަށް ވަނުވަމަށް ވެސް ހަމާސް އިން ވަނީ ގޮވާލާފައެވެ.

ހަމާސްއިން ބޭނުންވަނީ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފުރަތަމަ އެއްބަސްވެވުނު ގޮތަށް ކުރިއަށް ގެންދިއުމެވެ. އަދި ދެވަނަ ފިޔަވަހީގެ ތެރެއިން ޣައްޒާ ގައި ތިބި ރަހީނުން ދޫކޮށްލުމާއި، އިސްރާއީލު ޖަލުތަކުގައި ތިބި ފަލަސްތީނު މީހުން ދޫކޮށްލުމާއި ޣައްޒާ އިން އިސްރާއީލު ސިފައިން ފައިބައިގެން ދިއުން ކުރިއަށް ގެންދިއުމަށެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މެދުވެރިންގެ ދައުރު އަދާކުރި އެމެރިކާ އާއި ގަތަރާއި، މިސްރުން ގެެރެންޓީ ނުދެނީސް ފުރަތަމަ މަރުހަލާގެ މުއްދަތު ދިގު ކުރަން އެއްބަސް ނުވާނެ ކަމަށް ހަމާސް އިން ކުރިން ބުނެފައިވެއެވެ.

ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހަމާސް އިން ރަހީނު ކޮށްފައިވާ އެންމެން ދޫކޮށްލުމުން ނޫނީ ހަނގުރާމަ ހުއްޓުމަކަށް އިސްރާއީލުން އެއްބަސް ނުވާނެ ކަމަށެވެ. އަދި އެކަމަށް ހަމާސް އިން އިންކާރުކުރުން ކުރިއަށް ގެންދާނަމަ އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެހީގެ ތަކެތި ޣައްޒާ އަށް އެތެރެކުރުން މުޅިން ހުއްޓުވުމުން ހަމާސްގެ ތަރުޖަމާނު ވިދާޅުވީ، މިކަމުންވެސް އެ ފެނިގެން ދަނީ އިސްތިއުމާރީ ބާރުގެ ހުތުރު މޫނުގެ އަސްލު ސިފަ ކަމަށެވެ.

ރޭގެ ވަގުތެއްގައި ނަތަންޔާހޫގެ އޮފީހުން ބުނީ އެމެރިކާ އިން ހުށަހެޅި ހުށަހެޅުމަކަށް 6 ހަފްތާގެ މުއްދަތައް ހަމަލާތައް މެދުކަނޑާލާއި މުސްލިމުންގެ ރޯދަ އާއި ޔަހޫދީންގެ ދީނީ 'ޕާސް އޯވަރ' ދުވަސްތަކުގައި ހަމާލާ ނުދޭން ނިންމާފައިވާ ކަމަށެވެ.

މި މުއްދަތު ނިމޭއިރު އެއްބަސްވުަމަކާ ހަމައަށް ނުދެވިއްޖެ ނަމަ ހަނގުރާމަ އަށް އެނބުރި ދިއުމުގެ ހައްގު އެމީހުންނަށް ލިބިގެންވާ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

ނަތަންޔާހޫގެ އޮފީހުން ބުނެފައިވަނީ ފުރަތަމަ މަރުހަލާ 6 ހަފްތާ އަށް އިތުރު ކުރަން ހަމާސް އިން އެއްބަސްވާއިރަށް އިސްރާއީލުން ދެ ވަނަ ފިޔަވަހީގެ މަޝްވަރާ ތަކަށް ދާން ތައްޔާރަށް އޮތް ކަމަށެވެ.

ހަމާސް އިން ވަނީ އިސްރާއީލުގެ މި ހުށަހެޅުން ބަލައި ނުގަންނާނެ ކަމަށާއި، ފުރަތަމަ އެއްބަސްވި ގޮތައް ކުރިއަށް ދާން ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ.

އެހީދޭ ފަރާތްތަކުން ވަނީ އެހީގެ އެއްވެސް ގާފިލާ އެއް އިސްރާއީލުން ހުރަސް އަޅާ ޣައްޒާ އަށް އެތެރެވިޔަ ނުދިން ކަމަށް ބުނެފައެވެ.

ޖަނަވަރީގެ މެދުތެރޭގައި ހަނގުރާމަ ހުއްޓާލަން އެއްބަސްވުމާއެކު އެތައް ހާސް ލޮރީގެ ތަކެތި ކޮންމެ ހަފްތާއަކު ޣައްޒާ އަށް ދިޔައީ އެތެރެ ވަމުންނެވެ.

އަނެއްކޮޅުން އާދިއްތަ ދުވަހު އިސްރާއީލު ސިފައިން ހަމަލާ ދީ ޣައްޒާ އިން ހަތަރު މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ

ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ

23 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި

އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި

05 އެޕްރީލު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު