Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ މޫސުން

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ދިއްފުއްޓަށް 296.1 މިލިލީޓަރުގެ ވާރޭ ވެހިފައިވޭ، މިއީ ރިކޯޑެއް

ހުޅުމާލެއަށް 185.5 މިލިމީޓަރުގެ ވާރޭ، ހުޅުލެއަށް 177.2 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 މާރިޗު 2025 | އާދީއްތަ 07:41
ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުން

ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުން

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކ. ދިއްފުއްޓަށް 296.1 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި، މިއީ ރިކޯޑު އަދަދެއް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ފަށާއިރު ޕްރޮގްރާމަށް މީޓިއަރޮލޮޖިސްޓް، އެމްއެމްއެސް އާމިނަތު ރަޝީދާ ވިދާޅުވީ، ކ އަތޮޅަށް ވަރަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށާއި، ދިއްފުއްޓަށް 296.1 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ރިކޯޑު އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ހުޅުމާލެ އަށް 185.5 މިލިމީޓަރުގެ ވާރޭ، ހުޅުލެ އަށް 177.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި، މާލެއަށް ވެހުނު ވާރޭގެ އަދަދު ސިސްޓަމް ހަލާކުވެފައިވާތީ ރިކޯޑު ކުރެވިފައިނުވާ ކަމަށް ރަޝީދާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހިފައިވާކަން ފާހަގަކުރައްވައި ރަޝީދާ ވިދާޅުވީ ބ. ގޮއިދޫއަށް 166.3 މިލިމީޓަރުގެ ވާރޭ، ބ. ދަރަވަންދޫއަށް 159.6 މިލިމީޓަރުގެ ވާރޭ، އދ. މާމިގިއްޔަށް 127.0 މިލިމީޓަރުގެ ވާރޭ، ކ. ގާފަރަށް 124.4 މިލިމީޓަރުގެ ވާރޭ، އއ. ތޮއްޑޫއަށް 121.9 މިލިމީޓަރުގެ ވާރޭ އަދި ފ.ނިލަންދޫއަށް 178 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ރަޝީދާ ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ސްރީލަންކާގެ އިރުދެކުނުގައި އުފެދުނު ކޮޅިގަނޑަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ. އަދި ހޯމަ ދުވަހު ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި، އަންގާރަ ދުވަހު މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ. މިއަދު ބޮޑަށް ވިއްސާރަކުރާނެ ކަމަށް ލަފާ ކުރެވެނީ ހއ. ފެށިގެން ބ.އަތޮޅާ ދޭތެރޭގައި. ތަންކޮޅެއް ބޯކޮށް ވާރޭވެހިދާނެ.
މީޓިއަރޮލޮޖިސްޓް، އެމްއެމްއެސް އާމިނަތު ރަޝީދާ

މޫސުމާބެހޭ ގައުމީ އިދާރާއިން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރިކޯޑު އަދަދަކަށް ދިއްފުއްޓަށް ވާރޭ ވެހިފައިވާއިރު،12 އޮގަސްޓް 2024 ގައި ހއ. ކެލާއަށް 24 ގަޑިއިރުގެ ތެރޭގައި 231.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އޭގެ އިތުރުން 5ޑިސެމްބަރު 2018 ގައި މާލެއަށް 228.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި، 24 ނޮވެމްބަރު 2015 ގައި ސ. ގަމަށް 228.4 މިލިމީޓަރުގެ ވާރޭ އަދި 9 ޖުލައި 2022 ގައި 219.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެ ކަމަށެވެ. ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެއިދާރާއިން ބުނެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 6 ނުވަތަ 3 ފޫޓު ހުންނާނެ ކަމަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ވެހުނު ވާރޭގެ ސަބަބުން މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ގެތަކަށް ފެން ވަދެ، މުދަލަށް ގެއްލުން ވެފައިވެއެވެ.

މުޅި ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ

އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ

03 މާރިޗު 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު