Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުށް މަދުކުރުން

"ރޯދަ މަހު މާލޭގައި ކުށްކުރާ ސަރަހައްދުތަކާއި ކުށް ކުރާ ޕެޓާންތަކަށް ބަލައިގެން އިތުރަށް ފުލުހުން ހަރަކާތްތެރިވާނެ"

1 މާރިޗު 2025 | ހޮނިހިރު 14:40

ޓްރެފިކް ނިޝާންތައް ނެތް ސަރަހައްދުތަކުގައި ނިޝާންތައް ކުރެހުމާއި ބޭނުން ނުކޮށް ގިނަ ދުވަސްވީ އުޅަނދުތައް ނެގުމުގެ މަސައްކަތް ވެސް މާލެ ސަރަހައްދުގައި ކޮށްފައިވާ ކަމަށް ފުލުހުން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 މާރިޗު 2025 | ހޮނިހިރު 14:40
ރޯދަ މަހު ފުލުހުންގެ އޮޕަރޭޝަންތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރޯދަ މަހު ފުލުހުންގެ އޮޕަރޭޝަންތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރޯދަ މަހު މާލޭގައި ކުށްކުރާ ސަރަހައްދުތަކާއި ކުށް ކުރާ ޕެޓާންތަކަށް ބަލައިގެން އިތުރަށް ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވަލީދު ސައީދު ވިދާޅުވީ މާލޭގެ ކުށުގެ ޕެޓާން އާއި ކުށް ކުރާ ސަރަހައްދުތަކަށް ބަލާ އެ ސަރަހައްދުތައް ދެނެގަނެ އެ ސަރަހައްދުތަކުގައި އަމަން ބެލެހެއްޓުމަށް މި ރޯދަ މަހު ޚާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި ފުލުހުން މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ މިންވަރު ވެސް އިތުރުވާނެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

ރަމަޟާން މަހު ސްކޫލް ބަންދު ވުމާއި އެކު ގިނަ ބަޔަކު ރަށުން ބޭރަށް ދާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ވެސް ވާނީ ތައްޔާރުވެފައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ރޯދަ މަހު ބައެއް ގަޑި ގަޑިތަކުގައި ޚާއްސަކޮށް ވައްކަމާއި ފޭރުން އިތުރުކަމަށް ފާހަގަކުރެވޭތީ އެކަމަށް މީހުން ހޭލުންތެރިކުރުވުމަށް މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ރެސްޕޯންސް އެންޑް ޕެޓްރޯލްގެ ހެޑް އިސްމާއިލް ހަމީދު ވެސް ވަނީ މީގެ ކުރިން ރަމަޟާން މަހު ހިނގާފައި ހުރި ކުށްތަކަށް ބަލައިގެން ކުށްތައް މަދުކުރުމަށް މަސައްކަތްކޮށްފައިވާ ކަން ހާމަކުރައްވާފައެވެ. ފުލުހުން ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލޭގައި ވެސް ރޯދަ މަހުގެ ވަގުތުތަކުގައި ޓްރެފިކް މެނޭޖްކުރުމަށް މަސައްކަތް ކުރައްވާފައިވާނެކަން ހާމަކުރައްވާފައެވެ.

ފުލުހުން ވަނީ ރޯދަ އަށް ތައްޔާރުވުމުގެ ގޮތުން ސިޓީ ކައުންސިލާއި ކަމާއި ގުޅުން ހުރި އިދާރާތަކާއި ގުޅިގެން މާލޭގެ މަގުތަކުގައި ޖާގަ ހުސްކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ފާހަގަކޮށްފައެވެ. މީގެ އިތުރުން ޓްރެފިކް ނިޝާންތައް ނެތް ސަރަހައްދުތަކުގައި ނިޝާންތައް ކުރެހުމާއި ބޭނުން ނުކޮށް ގިނަ ދުވަސްވީ އުޅަނދުތައް ނެގުމުގެ މަސައްކަތް ވެސް މާލެ ސަރަހައްދުގައި ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް