Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރުގެ މަޝްރޫޢުތައް

ކަރަޕްޝަން އަށް މަގު ފަހިވާ ގޮތައް ބޮޑެތި މަޝްރޫއުތައް ސަރުކާރުން ބޭނުން ބަޔަކަށް ދެވޭ ގޮތް ހަދައިފި

ސަރުކާރުން މާލިއްޔަތުގެ ގަވާއިދަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން ވާދަވެރި ބީލަން ނުހިންގައި މަޝްރޫޢުތައް ހަވާލުކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައި

ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2025 | ހުކުރު 17:55
ރާއްޖޭގެ ރަށެއް ހިއްކުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަނީ - ބޮޑެތި މަޝްރޫއުތަކަށް ބިޑު ކުރަން ނުޖެހޭ ގޮތް ސަރުކާރުން ވަނީ ހަދާފައި

ރާއްޖޭގެ ރަށެއް ހިއްކުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަނީ - ބޮޑެތި މަޝްރޫއުތަކަށް ބިޑު ކުރަން ނުޖެހޭ ގޮތް ސަރުކާރުން ވަނީ ހަދާފައި

ސަރުކާރުގެ މަޝްރޫޢުތައް ބިޑް ނުކޮށް ބޭނުން ބަޔަކަށް ދެވޭ ގޮތް ހަދާ ގަވައިދަށް ބަދަލު ގެނެސްފިއެވެ. ސަރުކާރުން ފެބްރުއަރީ މަހުގެ 27 ގައި މާލިއްޔަތުގެ ގަވާއިދަށް ބަދަލެއް ގެނެސް، ވިދިވިދިގެން އަންނަ ދެ އަހަރު ދުވަހުގެ މުއްދަތަށް ބައެއް މަޝްރޫޢުތައް ބިޑް ކުރުމެއް ނެތި ބޭނުން ބަޔަކަށް ހަވާލުކުރުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްފައެވެ.

މި ބަދަލާއެކު، އާންމު ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރިއަށް ގެންދާ މަޝްރޫޢުތަކާއި، ސަލާމަތީ ކަންކަމާ ގުޅުންހުރި މަޝްރޫޢުތައް ވާދަވެރި ބީލަމަކާ ނުލައި ސީދާ ކުންފުނިތަކާ ހަވާލުކުރެވޭނެއެވެ.މި ގަވާއިދުގެ ދަށުން، ސަރުކާރުގެ އޮފީސްތަކުން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅާ މަޝްރޫޢުތައް ވަޒީރުންގެ މަޖިލީހުން ނުވަތަ ކެބިނެޓް ކޮމިޓީއަކުން ނިންމާ އުސޫލުތަކާ އެއްގޮތަށް ފާސްކުރެވޭނެއެވެ. އަދި ފިނޭންސް މިނިސްޓަރަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން، ޕީއެސްއައިޕީ ގެ ބޮޑެތި ބައެއް މަޝްރޫޢުތަކަށް ބިޑް ސެކިއުރިޓީ އަދި ޕަރފޯމަންސް ގެރެންޓީ ފަދަ މާލީ ގެރެންޓީތަކުން އިސްތިސްނާ ދެވޭނެ ގޮތް ވެސް ވަނީ ހަދާފައެވެ.

Advertisement - newsAdvertisement

2019 ވަނަ އަހަރުގެ ޖަނަވަރީ މަހު ތަޢާރަފްކުރެވުނު ގަވާއިދުގެ ދަށުން، ހުރިހާ މަޝްރޫޢުތަކެއްވެސް ކުރިއަށް ގެންދަންޖެހެނީ ވާދަވެރި ބީލަމެއްގެ ތެރެއިންނެވެ.

އެހެންނަމަވެސް މި ބަދަލާ ގުޅިގެން ކަރަޕްޝަނާއި، އަޑި ނޭގޭ ޑީލްތަކަށް މަގުފަހި ވުމާއި، ރައްޔިތުންގެ ޓެކްސް ފައިސާ ބޭނުން ކުރެވެނީ ޖަވާބުދާރީ ވެވޭ ގޮތަކަށްކަން ޔަގީން ކުރުމުގެ މަގު ބަންދުވެގެން ދާނެއެވެ. ޚިޔާނާތުގެ އެތައް މައްސަލައެއް މި ސަރުކާރުގެ ތެރެއިން ފެންމަތިވެ ސަރުކާރަށް އޮތް އިތުބާރު ދުވަހެއް ދުވަހަކަށް ކުޑަވަމުންދާއިރު، ވާދަވެރި ބީލަމެއް ނެތި މަޝްރޫޢުތައް ހަވާލުކުރުމުން، ވަކި ފަރާތްތަކަށް ނާޖާއިޒު ފައިދާ ލިބުމާއި، ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އިތުރުވެގެންދާނެކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

ސަރުކާރުގެ މަޝްރޫޢުތައްބިޑިން ނެތި ހަވާލުކުރުންމާލިއްޔަތުގެ ގަވާއިދުޝަފާފުކަމާއި ޖަވާބުދާރީވުން

ކޮމެންޓް

އިތުރަށް ކިޔާލަން

"ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދު ބަދަލު ގެނައި މައްސަލަ ބެލުމަށް އަމުރުކޮށްދެއްވުމަށް، ޕީޖީއަށް"

"ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދު ބަދަލު ގެނައި މައްސަލަ ބެލުމަށް އަމުރުކޮށްދެއްވުމަށް، ޕީޖީއަށް"

17 ނޮވެމްބަރު 2025
ބިޑަކާ ނުލާ މަޝްރޫއުތައް ބަހާލުން: ޤަވައިދަށް ގެނައި ބަދަލު ބާތިލްކުރުމަށާއި، ފައިސާ ދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް

ބިޑަކާ ނުލާ މަޝްރޫއުތައް ބަހާލުން: ޤަވައިދަށް ގެނައި ބަދަލު ބާތިލްކުރުމަށާއި، ފައިސާ ދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް

08 ނޮވެމްބަރު 2025
ވަކިފަރާތްތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މުއިއްޒު ސަރުކާރުން މަޝްރޫއުތައް ބަހާލި މައްސަލައިގައި ކެބިނެޓުގައި ހިމެނޭ ކޮންމެ މީހެއްގެ މައްޗަށް ތަހުގީގު ހިންގޭނެ: ޒަރިޔަންދު

ވަކިފަރާތްތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މުއިއްޒު ސަރުކާރުން މަޝްރޫއުތައް ބަހާލި މައްސަލައިގައި ކެބިނެޓުގައި ހިމެނޭ ކޮންމެ މީހެއްގެ މައްޗަށް ތަހުގީގު ހިންގޭނެ: ޒަރިޔަންދު

08 ނޮވެމްބަރު 2025
މާލިއްޔަތު ޤަވާއިދަށް ބަދަލު ގެނައުން : " ދެން އަންނަ އެމްޑީޕީ ސަރުކާރެއްގައި ބަލާ ފިޔަވަޅު އަޅާނަން"

މާލިއްޔަތު ޤަވާއިދަށް ބަދަލު ގެނައުން : " ދެން އަންނަ އެމްޑީޕީ ސަރުކާރެއްގައި ބަލާ ފިޔަވަޅު އަޅާނަން"

30 އޮކްޓޯބަރު 2025
ފުލުފުލުގައި މާލިއްޔަތު ގަވައިދުގެ މާއްދާ އެއް 4 ފަހަރަށް ބަދަލުކޮށް ރައީސް މުއިއްޒު ބޭނުން ބަޔަކަށް ސަރުކާރުގެ މަޝްރޫއުތައް ބަހާލަން ހެދި ގޮތް

ފުލުފުލުގައި މާލިއްޔަތު ގަވައިދުގެ މާއްދާ އެއް 4 ފަހަރަށް ބަދަލުކޮށް ރައީސް މުއިއްޒު ބޭނުން ބަޔަކަށް ސަރުކާރުގެ މަޝްރޫއުތައް ބަހާލަން ހެދި ގޮތް

25 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު