Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސަރުކާރުގެ މަޝްރޫޢުތައް

މިވަރުން ދަންޏާ ރަށްރަށުގެ މަގު ކުނިކަހާ އިލޮށިފަތި ހަވާލު ކުރުން މެގަ ޕްރޮޖެކްޓަކަށް ނުވާނެބާ؟

ސަރުކާރަށް 2 އަހަރު ވެގެންދާއިރު އަދިވެސް ތަރައްގީގެ މާބޮޑު ކަމެއް ނުކުރެވެއެވެ. އެކަން ފޫބައްދަން ސަރުކާރުން ދަނީ ކުދިކުދި ކަންކަން ވެސް ސައިޒަށް ވުރެ ބޮޑު ކޮށްލައިގެން ރިބަންފަށް ކެނޑުމުގެ ހަފްލާތައް ބާއްވަމުންނެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 16 އޮކްޓޯބަރު 2025 | ބުރާސްފަތި 11:23
ރައީސް ޑރ.މުހައްމަދު މުއިއްޒު ށ.ނޫމަރާ ރައްޔިތުންނާ ބައްދަލުކުރެއްވުން

ރައީސް ޑރ.މުހައްމަދު މުއިއްޒު ށ.ނޫމަރާ ރައްޔިތުންނާ ބައްދަލުކުރެއްވުން

އަދިވެސް ހުއްޓާ ނުލާ މިސަރުކާރުން ދައްކަމުންދަނީ ކުރީ ސަރުކާރުގެ ވާހަކައެވެ. ކަންކަން ނުވެގެން އުޅެނީ ކުރީގެ ސަރުކާރުގެ ސަބަބުންނޯލައެވެ. ކުރިން ކަންކޮށްފައި އޮތްގޮތުގެ ސަބަބުން ކަމަށެވެ.

މިކަމަށް އިތުރު ބާރަކާއި ހުއްޖަތެއް ދެއްކުމުގެ ގޮތުން ދެން ދައްކާން ފެށީ ކުރީގެ ސަރުކާރު ބަދަލުވަމުންހެދި ބަޖެޓްގެ ވާހަކައެވެ. އިންތިގާލީ މަރުހަލާގައި އޮތް ރައްޔިތުންގެ މަޖިލީހުން ދިން ބަޖެޓުގެ ސަބަުން ކަންކަން ނުވެ އޮތްވާހަކައެވެ. އެކަމަކު ރަސްމާލެ ހިއްކުން ނޫން ފިޔަވައި ސަރުކާރުން ބުނިއްޔާ ބުނިހާ ކަމަކަށް ފައިސާދީގެން ފާސްކުރި އެއަހަރުގެ ބަޖެޓްވެސް ހުސްވީއެވެ. އަދި ޖެހިގެން އައި މިއަހަރަށް މިސަރުކާރުން ބޭނުންވާ ގޮތައް މިސަރުކާރުން ފާސްކުރި ބޮޑު ބަޖެޓްވެސް ހުސްވެ ދަނީއެވެ. އަދިވެސް ކަމެއް ކުރެވުނުތަނެއް ބޮޑު މަޝްރޫއެއް ފެށިތަނެއް ފެންނާކަށް ނެތެވެ.

ކަމެއް ނުކުރެވި މަޝްރޫއެއް ނުފެށި ވީހާ ވައުދު ފަނުލުން ދާތީ އޭގައި މަތިއަޅަން އެންމެ ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި ކުރަމުން އެދަނީ ރަށްރަށުގައި އޭޓީއެމް މެޝިން ބެހެއްޓުމެވެ. ބޭންކް އޮފް މޯލްޑިވްސްގެ ވިޔަފާރި ކުރިއެރުވުމަށް ބަހައްޓާ އެއޭޓީއެމްތައް ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި އެ ދަނީ ދައްކަމުންނެވެ. ޚާއްޞަކޮށް މުއިއްޒު ވަޑައިގެން އެރަށެއްގައި ހުޅުވައިދެއްވާ ރިބަންފަށް ކަނޑާލުން އެދަނީ ބާއްވަމުންނެވެ. އެއީ މިސަރުކާރުގެ ބޮޑު ބިޔަ މެގަ ޕްރޮޖެކްޓެވެ. އޭގެ އިތުރުން ކުރިން ހަވާލުކޮށްފައި ހުރި މަޝްރޫއުތައް އަލުން އަނެއްކާ އަނެއް ކުންފުންޏަށް ހަވާލު ކުރުމާއި އެއްކަމެއް ދެފަހަރު ތިން ފަހަރަށް ވެސް ހަވާލު ކުރުމާއި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އެދަނީ މުއިއްޒު ވަޑައިގަންނަވާ ރަށްރަށުގައި ބާއްވަމުންނެވެ. މުއިއްޒުގެ ކުރިފުޅުމަތީގައި ދައުލަތުގެ ވަޒީރުން ލައްވައެވެ. ކުންފުނިތަކުގެ ވެރިންނާއެކުގައެވެ.

ކުރުކޮށް ފޮނިކޮށް ބުނަންޏާ ވަޑައިގަންނަވާ ކޮންމެ ރަށެއްގައި ކޮންމެވެސް މަޝްރޫއެއް ފެށުން ނުވަތަ ހަވާލު ކުރުން ނޫންނަމަ ކަމެއް ހުޅުވައި ރިބަންފަށް ކަނޑާލުމުގެ ހަފްލާއެއް ބޭއްވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގައި އަދި މިހާތަނަށް މިސަރުކާރުން ފަށައިގެން ކުރިކަމެއް ފެންނާކަށް ނެތެވެ.

މި ބީދައިން ރިބަށްފަށް ކެނޑުމައި ބިޔަ ޕްރޮޖެކްޓް ހަވާލުކުރުމުގެ ތެރެއިން މިހާރު ށ. އަތޮޅަށް އެކުރައްވާ ދަތުރުފުޅުން އެފެނުނީ އޭގެ އިންތިހާއެވެ. އެއަތޮޅު ވެރިކަން ކުރާ ފުނަދޫ އަށް ވަޑައިގެން ބޭއްވި ހަފްލާގެ ތެރެއިންނެވެ. ރައްޔިތުންނާ ބައްދަލު ކުރައްވަން ބޭއްވި ޖަލްސާގެ ތެރެއިންނެވެ. އާދައިގެ ޕްރޮޖެކްޓެއް ނޫނެވެ. އަތްގުޅި ނުކާވަރުގެ ބިޔަ ބޮޑު ޕްރޮޖެކްޓެކެވެ. މީގެ ކުރީގެ ރައީސަކުވެސް ކުރައްވާފައި ނުވާވަރުގެ ކަމެކެވެ. ފުނަދޫ ފަޅުތެރޭގައި އޮންނަ ފަޅު ރަށެއް ބަލަހައްޓަން ހަވާލުވާ ބައެއް ޔުނީފޯމް އިފްތިތާހް ކޮށްދެއްވުމެވެ. އެވެރިން ލައިގެން ތިބޭނެ ޔުނީފޯމް ހަވާލު ކުރުމެވެ. އެރަށަކީ އެރަށާއި އެއަތޮޅު މީހުން ދަތުރުގޮސްއުޅޭ ފަޅު ރަށެކެވެ. ފަތުރުވެރިކަމެއް އަދި ދަނޑުވެރިކަމެއްވެސް ކޮށް އުޅޭ ފަޅު ރަށެއް ނޫނެވެ. ހަމަ އެކަނި މަޖާކޮށްލާ މުނިފޫހި ފިލުވާލައި މޫދަށް އެރިލާ ހަދާލަން ގޮސް އުޅޭ ފަޅު ރަށެކެވެ.

މިއީ ކިހާ ބޮޑު ކަމެއް ހެއްޔެވެ. ގައުމީޓީވީން އޭގެ ވީޑިއޯ ހަދައިގެން މުޅި ސޯޝަލް މީޑިޔާގައި އަނބުރަމުން އެދަނީ ބޮޑު ސިންގާ މާ ޕްރޮޖެކްޓެއްގެ ގޮތުގައި ސިފަވާ ވަރަށެވެ.

ކޮންމެއަކަސް މީހުން ފާޑުކިޔަނީ ކިޔާން ވެގެންނެވެ. ހަޖޫވެސް ޖަހަނީ ޖަހާން ވެގެންނެވެ. ކަންނުވެ ނަންވާން ކުރާ ކަންކަމުންނެވެ. ތަރައްގީ ގެނެސްދީފީމޭ ބުނާން ކުރާ ހޮޅި ކަންކަމުންނެވެ. މިވަރުން ދަންޏާ ރަށްރަށުގެ މަގު ކުނިކަހާން ނުކުންނަ އަންހެން ވެރިންނަށް އިލޮށިފައްޗާއި ފިހިގަނޑު ހަވާލު ކުރުންވެސް ބޮޑު ބިޔަ ޕްރޮޖެކްޓަކަށް ވުމަކީ ކައިރި ކަމެކެވެ. ފެންނަ މަންޒަރާއި މުއިއްޒާއި ސަރުކާރުގެ އަމަލުތައް ހުރިގޮތުން މިއީވެސް ނުވެ ހިނގައިދާނެ ކަމެއް ބާވައޭ ހިތަށް އަރައެވެ.

ސަރުކާރުގެ މަޝްރޫޢުތައްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު