Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މަނިކުފާނެވެ. މިއަދު ތިޔަ ވެވަޑައިގަންނަވާ ހޮޅި ވައުދުތަކާއި، ދައްކާ ފޮނި ވާހަތަކަށް ރައްޔިތުންގެ ސަމާލުކަމެއް ނެތެވެ.

ރައްޔިތުންނަށް ފޮނި ވައުދުތަކެއް ވަމުންދިޔަ ނަމަވެސް، ސަރުކާރަށް ދެ އަހަރު ފުރެން ދާއިރު އެއްވެސް ހަރުދަނާ މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. ހަމައެކަނި ކުރެވުނު ކަމަކީ އޭޓީއެމް މެޝިންތައް ބެހެއްޓުމާއި ކުރީގެ ސަރުކާރުން ނިންމި މަޝްރޫޢުތަކުގެ ރިބަން ކެނޑުމެވެ.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2025 | ހޮނިހިރު 13:41
ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު އެ ވެވަޑައިގަންނަވާ ވައުދުތަކަށް ރައްޔިތުންގެ އިތުބާރެއް ނެއް

ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު އެ ވެވަޑައިގަންނަވާ ވައުދުތަކަށް ރައްޔިތުންގެ އިތުބާރެއް ނެއް

މިހާރު އުފެދިފައި މި އޮތް ސަރުކާރަށް ދެ އަހަރު ހަމަވާން ކައިރިވެފައިވާއިރު، މިހާތަނަށް ކުރެވުނު، ރައްޔިތުންނަށް ފައިދާއެއްވާ، ހަރުދަނާ ހަމަ އެންމެ ކަމެއް ވެސް ނެތީ އެވެ. މުޅި ރާއްޖޭގެ ކަންކޮޅުތަކަށް ނަޒަރު ހިންގާ ލިޔަސް އަތޮޅު ތެރޭގައި އެއްވެސް މަޝްރޫއެއް ހިންގާތަނެއް ނުފެނެ އެވެ.

ކުރީ ސަރުކާރުގައި ފަށާފައި ހުރި ބައެއް މަޝްރޫއުތައް، ސަރުކާރު ބަދަލުވުމާއެކު ހުއްޓުނު ގޮތަށް އެ އޮތީ ހުއްޓިފަ އެވެ. ބައެއް ކަންކަން މި ސަރުކާރުން ކުރަމުން ގެންދިޔަ ނަމަވެސް، އެއީ ކުރީ ސަރުކާރުގައި ފަށާފައި ހުރި މަޝްރޫއު ތަކެވެ. މި ސަރުކާރުން ކުރާ ކަމަކީ ހަމަ އެކަނި ރިނބަން ކަނޑާލުމެވެ.

މިހާރުގެ ރައީސް މުޢިއްޒަކީ، ބަހާއި އަމަލާއި އަދި ދައްކަވާ ވާހަކަފުޅުތައް ވެސް ދިމާނުވާކަމުގެ ސާފު ރެކޯޑެއް އޮތް ބޭފުޅެކެވެ. އެތަކެއް ބޮޑެތި ވައުދުތަކެއް ވެވަޑައިގެން، ލައްކަ ހުވަފެނާއި، ލައްކަ އަވާމެންދުރު ރައްޔިތުންނަށް ދައްކަވައިގެން ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒުގެ މި ސަރުކާރަށް އަދި މި އުޅެނީ ހަމަ ގާގަނޑެއްގެ މިންވަރު ވެސް ބާއްވާ ނުލެވިގެންނެވެ.

މި ސަރުކާރަށް މިވީ މަދު އަހަރުގެ ތެރޭގައި ހަމަ އެކަނި ފެންނަ ކަމަކީ އޭޓީއެމް މެޝިންތައް ބެހެއްޓުމާއި، ނިމިދިޔަ ސަރުކާރުން ނިންމާފައިވާ މަޝްރޫއުތަކުގެ ރިނބަން ކެނޑުމެވެ. ދެން ކުރާ ކަމަކީ އަމިއްލަ ޕާޓީގެ ކުދިން ކޮޅަށް ވަޒީފާ ދެއްވުމާއި، އަމިއްލަ އާއިލާ ބޭފުޅުންނަށް މަޤާމުތައް ބެއްސެވުމެވެ. ގައުމަށާއި ގައުމުގެ ރައްޔިތުންނަށް ލާބަޔާއި މަންފާ ކުރާނެ ހަރުދަނާ ހަމަ އެންމެ ކަމެއް ވެސް މި ސަރުކާރަށް އަދި ކުރެވިފައެއް ނެތެވެ.

ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދުފުޅާ އެއް ގޮތަށް، ރައީސް މުޢިއްޒު އަތޮޅު ތެރެއަށް އެތަކެއް ފަހަރުމަތިން ތަކުރާރުކޮށް ވަޑައިގަންނަވަމުންދެ އެވެ. އެގޮތުން ރައީސް މުއިއްޒު މިހާރުވެސް އުޅުއްވަނީ ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ރާއްޖޭގެ ރަށްތަކަށް ދަތުރުކުރެއްވުމުގަ އެވެ. ރަށްރަށަށް ވަޑައިގެން ވޯޓު ދޭތޯ އެތަކެއް ފޮނި ވައުދުތަކެއް ވުމުގަ އެވެ.

ރާއްޖޭގެ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ، ރައީސް މުޢިއްޒު ވިދާޅުވަމުން ގެންދަވަނީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތައް ނުބައްލަވާ، ކަޑަ ޖައްސަވާ ވެރިޔަކަށް ނުވާނެ ކަމަށެވެ. މާލީ ދަތިކަމުގެ ސަބަބުން، ސަރުކާރުން ރަށްރަށުގައި ހިންގަން ރާވާފައިވާ ތަރައްޤީގެ މަޝްރޫއުތައް ނުފެށެނީ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި އެއާޕޯޓުތަކާއި، ހޮސްޕިޓަލް ތައް ތަރައްގީ ކޮށްދެއްވާނޭ ކަމަށް ވިދާޅުވެ އެވެ.

ރައީސް ތަކަުރާރުކޮށް އެ ރަށްރަށަށް އަރައިވަޑައިގެން ވައުދުތައް ވެ، އަދި އެ ވައުދުތައް ނުފުއްދަވާ ފޮނި ބައިސާ ކަނޑަމުން ވަޑައިގަންނަވާއިރުގައި ވެސް ރައީސްގެ ސަޕޯޓަރުން ތިއްބަވަނީ އަތްޖަހަންށެވެ. އެއްވެސް ކަމެއް އޮޅުވާލެއްވުމެއް ނެތި، ރައްޔިތުންނަށް ކޮންްމެ ކަމެއް ސާފުކޮށް ވިދާޅުވެ، އިތުރުފުޅުނަހައްދަވާ ވައުދުތައް ފުއްދަވާދެއްވާތީޔޯލައެވެ!

ރަށްރަށަށް ވަޑައިގެން ރައީސް އުޅުއްވާއިރު، ސަރުކާރުގެ ބޭބޭފުޅުން ވިދާޅުވަމުން ގެންދަަވަނީ، އެއީ އެއްވެސް ޙާލެއްގައި ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ދަތުރުފުޅެއް ނޫން ކަމަށެވެ. އެވާހަކަ ޤަބޫލު ކުރާނެ ބަޔަކު ވެސް ތިބެދާނެ އެވެ. އެކަމަކު، ހަމަބުއްދިން ވިސްނައި، ހިނގަމުން މިދާ ކަންކަމަށް ނަޒަރު ހިންގާލާނަމަ، ހަމަ އެންމެ ރައްޔިތަކު ވެސް އެއިން ވާހަކަ އެއް ޤަބޫލު ނުކުރާނެކަން ޔަގީން ކަށަވަރެވެ. އެއީ ރައީސް މުއިއްޒު ކަނޑައެޅިގެން ހައްދަވާ ދޮގުތައް ރައްޔިތުންނަށް އެނގޭތީ އެވެ.

ކޮންމެ އިންތިކާބަކާއި ދިމާކޮށް ރައްޔިތުންނަށް މާ ހެޔޮއެދޭކަމަށް ދައްކައިގެން ރަށްރަށަށް ވަޑައިގެން އެތައް ފޮނި ވައުދުތަކެއް ވަމުން އަންނައިރު، އެއީ މިއަދު ރައްޔިތުންނަށް އާކަމަކަށް ވެސް ނުވެއެވެ.

ސަތޭކަ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެއް ރައީސް މުއިއްޒުގެ ސަރުކާރުން ބަހާ ހުސްކޮށްލާފައި ވާއިރު، ތަރައްގީއެކޭ ބުނާވަރުގެ އެއް ވެސް މަޝްރޫއެއް މި ދިވެހިރާއްޖޭގައި ނުހިނގާ ކަމީ ހިތާމަހުރި ކަމެކެވެ.

ސަރުކާރުން ވެފައިވާ ތަރައްގީގެ ބޮޑު އެއްވެސް ވައުދެއްގައި އަމަލީ ސިފަޖެހިފައި ނުވާއިރު، ރައީސް މުއިއްޒު ގެންދަވަނީ ރަަށްރަށަށް ވަޑައިގެން ވައުދު ލިސްޓު އިރުތު ކުރައްވަމުންނެވެ. އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތި ވައުދުތައް ވަމުން ގޮސް ރައީސް މުއިއްޒު މިހާރު ހުންނެވީ ސަލާމަތް ނުވެވޭ ހިސާބުގަ އެވެ.

ރައްޔިތުން ގާތަށް ގޮސް ކިތަންމެ ފޮނި ވާހަތަކެއް ދެއްކިޔަސް، ކިތަންމެ ފޮނި ވައުދުތަކެއް ވިޔަސް މިއީ މުޅިން ވެސް މިކަހަލަ ތާކުންތާކު ނުޖެހޭ، ހުސް ވައުދުތައްވާ ސަރުކާރެއް ކަން މިއަދު ރައްޔިތުންނަށް އެނގި ހާމަވެއްޖެ އެވެ.

މިއީ ރައްޔިތުންނަށް އޯގާތެރި ސަރުކާރެއް ނޫން ކަން ނުދަންނަ ކުޑަކުއްޖަކު ވެސް މިއަދު މި ގައުގަ ނެތެވެ. ހަމަ ހަގީގަތުގައި ވެސް ރައީސް މުއިއްޒުގެ މި ދޯހަޅި ސަރުކާރު ވަނީ ބޮޑުތަނުން ފެއިލްވެފަ އެވެ.

ރައީސް މުއިއްޒުލޯކަލް ކައުންސިލް އިންތިހާބުސަރުކާރުގެ މަޝްރޫޢުތައްތަރައްގީގެ މަޝްރޫއުއަތޮޅުތެރެދައުލަތުގެ ބަޖެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު