Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ މުޒާހަރާ

މުއިއްޒުގެ އިސްތިއުފާ އަށް ގޮވާ އެމްޑީޕީން މާލޭގައި ކުރި މުޒާހަރާ އަށް ފުލުހުން ހުރަސް އަޅައިފި

މުޒާހަރާގެ ބައިވެރިންވަނީ ފްލެޓު ލިސްޓުން ސަރުކާރުން ވައްކަން ކޮށްފި ކަމަށާއި، ރައްޔިތުންނަށް އަނިޔާވެރި ވެއްޖެ ކަމަށް ގޮވާފައި

ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2025 | ބުރާސްފަތި 20:16
ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާ މާލޭގެ މަގުމަތީގައި މިރޭ ކުރި މުޒާހަރާގެ ތެރެއިން - 27 ފެބްރުއަރީ 2025

ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާ މާލޭގެ މަގުމަތީގައި މިރޭ ކުރި މުޒާހަރާގެ ތެރެއިން - 27 ފެބްރުއަރީ 2025

ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާ މާލޭގެ މަގުމަތީގައި ހުކުރުވިލޭރޭ ކުރި ސުލްހަވެރި މުޒާހަރާ އަށް ފުލުހުން ހުރަސް އަޅައިފިއެވެ.

ވެހެމުންދިޔަ ބޯ ވާރޭގެ ތެރޭގައި ސުލްހަވެރިކަމާއެކު އަޑު އުފުލަމުން ދިޔަ އެމްޑީޕީގެ މެމްބަރުން ވަނީ ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާފައެވެ.

Advertisement - newsAdvertisement

އަޑުއުފުލަމުން ދިޔަ މީހުން ގޮވަމުން ދިޔައީ، ފްލެޓް ތަކުން ސަރުކާރުން ވައްކަން ކޮށްފި ކަމަށާއި، މި ސަރުކާރުން ރައްޔިތުންނަށް ގެންދަނީ އެކި ގޮތްގޮތުން އަނިޔާވެރި ވަމުން ކަމުގައެވެ.

މުޒާހަރާ ކުރި މީހުންނަށް ފުހުލުން ފުރަތަމަ ހުރަސް އެޅީ ޗާންދަނީ މަގު އޯކިޑް މަގު ކަންމަތިންނެވެ. އެ ސަރަހައްދުން ކުރިއަށް ނުދެވޭނެ ގޮތައް ފުލުހުން ބެރިކޭޑް ޖަހާ ބަންދު ކުރިއެވެ. އެތަނުގައި އަޑުއުފުލުމަށް ފަހު މުޒާހަރާ ކުރި މީހުން ދިޔައީ މުލީއާގެ އާ ދިމާލަށެވެ.

މުޒާހަރާ ކުރި މީހުން ވަނީ ރީފްސައިޑް ކުރިމަތިން ބެރިކޭޑްގައި ކައިރީގައި ތިބެ މުއިއްޒުގެ އިސްތިއުފާ އަށް ގޮވާފައި - 27 ފެބްރުއަރީ 2025
މުޒާހަރާ ކުރި މީހުން ވަނީ ރީފްސައިޑް ކުރިމަތިން ބެރިކޭޑްގައި ކައިރީގައި ތިބެ މުއިއްޒުގެ އިސްތިއުފާ އަށް ގޮވާފައި - 27 ފެބްރުއަރީ 2025

އިސްލާމީ މަރުކަޒު ކައިރިން މުޒާހަރާ ކުރި މީހުން ކުރިއަށް ދަނިކޮށް ހުރަސް އަޅަން ފުލުހުން ވަނީ މުޒާހަރާ ކުރި މީހުންގެ ފަހަތުން ދުވެ މަގު ބައްދަން މަސައްކަތް ކޮށްފައެވެ.

އެހެން ނަމަވެސް، މުޒާހަރާ ކުރި މީހުން ކުރި އަށް ގޮސް އަމީރު އަހުމަދު މަގުން އެމްއެންޑީއެފް ހެޑްކުއަރޓާ ކަންމަތީގައި ޖަހާފައި ހުރި ބެރިކޭޑް އާ ހަމަ އަށް ވަނީ ގޮސްފައެވެ.

އެތަނުގައި ޝުއޫރު ފާޅު ކުރުމަށްފަހު މުޒާހަރާ ކުރި މީހުން ވަނީ އަނެއްކާވެސް އޯކިޑް މަގު ރީފް ސައިޑް ސަރަހައްދާ ހަމަ އަށް ވަނީ ގޮސްފައެވެ. އެހިސާބުން އަނެއްކާވެސް މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ހުރަސް އަޅާ ބެރިކޭޑް ޖަހާ ބަންދު ކުރިއެވެ. ފުލުހުންގެ ބެރިކޭޑް ލައިންގެ ފަހަތުން ޝީލްޑް ހިފައިގެން ތިބި ސިފައިން ޖުމްހޫރީ މައިދާނުގެ ކަންމަތީގައި ތިއްބެވެ.

ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާ މާލޭގެ މަގުމަތީގައި މިރޭ ކުރި މުޒާހަރާގެ ތެރެއިން، ސިފައިން ޝީލްޑް ހިފައިގެން - 27 ފެބްރުއަރީ 2025
ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާ މާލޭގެ މަގުމަތީގައި މިރޭ ކުރި މުޒާހަރާގެ ތެރެއިން، ސިފައިން ޝީލްޑް ހިފައިގެން - 27 ފެބްރުއަރީ 2025

މުޒާހަރާ ކުރި މީހުން ވަނީ ރީފްސައިޑް ކުރިމަތިން ބެރިކޭޑްގައި ކައިރީގައި ތިބެ މުއިއްޒުގެ އިސްތިއުފާ އަށް ގޮވާފައެވެ.

މުޒާހަރާ ނިންމާލާފައިވަނީ މި އަނިޔާވެރި ވެރިކަމުން ރާއްޖެ އާއި ދިވެހި ރައްޔިތުން ސަލާމަތް ކޮށްދެއްވުން އެދި ކުރި ދުއާ އަކުންނެވެ.

މުއިއްޒުއިހުތިޖާޖުމާލެޕޮލިސްއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު