Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޭޕްގެ ތުހުމަތު ކުރެވޭ މީހަކު މަރުވުން

ރޭޕްގެ ތުހުމަތު ކުރެވޭ މީހަކު ދަންޖެހިގެން މަރުވުމުން، އެ ތުހުމަތު ކުރި މީހާ އާއި ދެކޮޅަށް މުޒާހަރާކޮށްފި

އެ އަންހެން މީހާގެ ގެ ކައިރީގައި އެއްވެ މުޒާހަރާ ކުރި މީހުން ވަނީ އެ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 28 ފެބުރުއަރީ 2025 | ހުކުރު 04:33
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

ތ. މަޑިފުށީގައި ނުކުޅެދޭ އަންހެނަކަށް ރޭޕްގެ ތުހުމަތުކޮށްފައިވާ މީހަކު ދަންޖެހިގެން މަރުވުމުން، ބައެއް އާއްމުން ނުކުމެ މައްސަލައިގައި ހިމެނޭ އަންހެން މީހާ އާއި ދެކޮޅަށް މުޒާހަރާކޮށްފިއެވެ.

މަޑިފުށީ އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކޮށް ފުލުހުންނަށް މިދިޔަ އާދިއްތަ ދުވަހު މައްސަލަ އެއް ހުށަހަޅާފައިވާ ކަަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ރޭޕްގެ ތުހުމަތުކޮށްފައި ވަނީ 63 އަހަރުގެ މީހަކަށެވެ. އޭނާގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށް ހުށަހެޅި މައްސަލަ އާއި ގުޅިގެން އެ މީހާގެ ބަޔާން ނަގަން މަޑިފުށި ޕޮލިސް ސްޓޭޝަނަށް މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ ވަނީ ހާޒިރުކޮށްފައެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން މައްސަލައިގައި ހިމެނޭ އަންހެން މީހާގެ ޓެސްޓްތައް ހެދި އިރު އޭނާ އަށް ޖިންސީ އަނިޔާތަކެއް ލިބިފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް މިފަދަ މައުލޫމާތެއް ރަސްމީކޮށް ފުލުހުން ހާމަ އެއް ނުކުރެއެވެ.

އެ ރަށު މީހަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ، މިފަދަ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ދަންޖެހިގެން މަރުވުމުން އެނާގެ އާއިލާ އާއި ބައެއް އާއްމުން ވަނީ އޭނާގެ މައްޗަށް ރޭޕްގެ ތުހުމަތު ކުރި އަންހެން މީހާ އާއި ދެކޮޅަށް މުޒާހަރާކޮށްފަ ކަމަށެވެ. އޭނާ ބުނިގޮތުގައި ބުރާސްފަތި ދުވަހު އެ އަންހެން މީހާގެ ގެ ކައިރީގައި އެއްވެ މުޒާހަރާ ކުރި މީހުން ވަނީ އެ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެފައެވެ. އަދި އޭނާ ހައްޔަރުކުރުމަށް އާއްމުން ވަނީ ގޮވާލާފައެވެ.

މަޑިފުށިނުކުޅެދޭ އަންހެނާރޭޕްގެ ތުހުމަތުޕޮލިސްއިހުތިޖާޖު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި
11 ޑިސެމްބަރު 2025

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު
11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު