Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން

ރައީސް މުއިއްޒު ނުފޫޒު ނުފޯރުވާނެ ކަމަށް ވިދާޅުވި ޝަރުއީ ދާއިރާއަށް އަތްބާނާ މުޅި ދައުލަތް މުށުތެރެއަށް

އަދުލުއިންސާފު ގާއިމްކޮށް، ޝަރުއީ ދާއިރާ މިނިވަންކަމާއެކު ކުރިއަށް ގެންދަވާނެކަމުގެ ވައުދުފުޅާއެކު ވެރިކަމަށް ރައީސް މުއިއްޒު ވަޑައިގެންނެވި ނަމަވެސް ފެނިގެންދަނީ ބޭނުންފުޅުވާ ގޮތަަށް ކަންކަން ކުރުމަށްޓަކައި، ގާނޫނު އަސާސީތަން ނުދިން ނަމަވެސް މަޖިލީހުގެ ނެތް ބާރު ބޭނުންކުރައްވާތަނެވެ. ގައުމުގެ ހުރިހާ ބާރެއް އެއްކޮށް ގައުމުގެ ހުރިހާ ކަމެއްގައި އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ނިންމަވާތަނެވެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2025 | ބުދަ 14:46
2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި އިއްވަވަނީ

2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި އިއްވަވަނީ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން، ޤައުމާ މުޚާތަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައި އެމަނިކުފާނު ވަނީ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް، ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގަ ނުދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ''މީގެއިތުރަށް، އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުންވަނީ، ރާއްޖޭގެ ބާރުތަކުގެ މިނިވަންކަން. ވަކިން ޚާއްޞަކޮށް، ޢަދުލު އިންޞާފުގެ ނިޒާމުގެ ތެރެއަށް، ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގަ ނުދިނުން. މީގެ މާނައަކީ، ފަހަރެއްގައިވެސް ދިވެހިރައްޔިތުންނާއި ދިވެހި ދައުލަތަށް ޚިޔާނާތްތެރިވުމުން، އެފަދަ ކުށްތައް ކުރާ ފަރާތްތަކާ މެދުގައި ސަރުކާރުން ލޯ މަރާލުމެއް ނޫން. އެއާ ޚިލާފަށް، މީގެ މާނައަކީ ސަރުކާރުން، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިމުން. އެކަން މި ނިންމީ.'' 17 ނޮވެންބަރު 2025 ގައި މިވައުދުވެވަޑައިގެންނެވި ނަމަވެސް ސަރުކާރުގެ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން 26 ފެބްރުއަރީ 2025 ގައި ވަކި ވަކިން ވޯޓަށް އަހައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ދަށް ކުރާ ބިލު ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އަވަސްއަރުވާލައިގެން މި ބިލު ފާސްކޮށްފައިވަނީ ގާނޫނީ ދާއިރާގެ ގިނަ ބޭފުޅުން މިކަމާއި ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށްށެވެ. އަދި މިހާރު ވެސް މި ބިލު ތަސްތީގު ނުކުރެއްވުމަށް ބާ ކައުންސިލްއާއި، އެކިއެކި ދާއިރާތަކުން ސަރުކާރަށް ދަނީ ގޮވާލަމުންނެވެ.

މިފަދަ ބިލެއް މަޖިލީހުން ފާސްކޮށްފައި މިވަނީ ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އަޑު ފެތުރިފައިވަނިކޮށެވެ. އެއީ ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީ އިން ވަކި ކުރުމުން މެމްބަރުކަން ގެއްލޭ ގޮޮތަށް ގާނޫނު އަސާސީ އަށް ގެނައި ބަދަލު ބާތިލު ކުުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެންނެވެ. ސަރުކާރުގެ ނުފޫޒާއި ބާރު މަޖިލީހުން ގެއްލިދާނެކަމުގެ ބިރު ސަރުކާރަށް އޮތުމުން ކަމަށް ވެސް ބައެއް ބޭފުޅުންދަނީ ވިދާޅުވަމުންނެވެ.

ނަމަވެސް މިފަދަ ނުފޫޒެއް، ގާނޫނުއަސާސީގެ ދަށުން ގާއިމުކުރެވިފައިވާ އެންމެ މަތީ ޝަރުއީ މަޖިލިސް ކަމުގައިވާ ސުޕްރީމް ކޯޓަށް ސަރުކާރުން ކުރުމަކީ އެކަމުގެ ގެއްލުން މުޅި ގައުމަށް ކުރާނެ ކަމެކެވެ. ރައްޔިތުންގެ އިތުބާރު ޝަރުއީ ނިޒާމަށް ގެއްލިގެންދާނެއެވެ. އަދި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސްއެޅޭނެއެވެ. އަދި އަދުލު އިންސާފު ނެތް ތަނެއްގައި ގައުމުގެ ހަމަޖެހުމެއް ވެސް ނޯންނާނެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު، ރައީސް މުއިއްޒު ތަސްތީގު ކުރެއްވުމާއެކު، ބާރުތައް ވަކިކުރުމުގެ އުސޫލު ނެތިގެންދާނެއެވެ. ގާނޫނު ހަދާ މަޖިލީހާއި، ވެރިކަން ހިންގާ ފަރާތުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިފިނަމަ، ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސް ގެއްލިގެންދިއުމަކީ މުޅި ގައުމަށް އެކަމުން ނުރައްކާ ކުރިމަތިވާނެ ކަމެކެވެ. މީގެ އިތުރުން ޝަރުއީ ދާއިރާގެ މިނިވަންކަމަކީ ޑިމޮކްރަސީގެއެއް މިންގަނޑުކަމުން މި ބިލާއެކު، ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުބާރު ވެސް ގައުމަށް ގެއްލިގެންދާނެއެވެ.

އަދުލުއިންސާފު ގާއިމްކޮށް، ޝަރުއީ ދާއިރާ މިނިވަންކަމާއެކު ކުރިއަށް ގެންދަވާނެކަމުގެ ވައުދުފުޅާއެކު ވެރިކަމަށް ރައީސް މުއިއްޒު ވަޑައިގެންނެވި ނަމަވެސް ފެނިގެންދަނީ ބޭނުންފުޅުވާ ގޮތަަށް ކަންކަން ކުރުމަށްޓަކައި، ގާނޫނު އަސާސީތަން ނުދިން ނަމަވެސް މަޖިލީހުގެ ނެތް ބާރު ބޭނުންކުރައްވާތަނެވެ. ގައުމުގެ ހުރިހާ ބާރެއް އެއްކޮށް ގައުމުގެ ހުރިހާ ކަމެއްގައި އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ނިންމަވާތަނެވެ. ނިންމެވުންތައް ނިންމެވުމުގައި ޑިމޮކްރަސީއެއް ގާނޫނު އަސާސީއެއް ބެއްލެވުމެއް ނެތްކަން މިވަނީ ހާމަވެގެން ގޮސްފައެވެ. އެހެންކަމުން ރައީސް މުއިއްޒު ނުފޫޒު ނުފޯރުވާނެ ކަމަށް ވިދާޅުވި ޝަރުއީ ދާއިރާއަށް އަތްބާނާ މުޅި ދައުލަތަށް އެންމެފަހުން މިލެއްވީ މުށުތެރެއަށްނުންތޯއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދުއަދުލު އިންސާފުގެ ނިޒާމުސުޕްރީމް ކޯޓުސަރުކާރުގެ ނުފޫޒުޑިމޮކްރަސީރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން

މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން

14 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު