Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން

ފާޑުކިޔުން ބޮޑުވުމުން އޭސީސީން ބުނީ، ފަނޑިޔާރުންނާއި ގުޅުން ހުރި މައްސަލަ ބަލާނީ އިންސާފުވެރިކޮށް ކަމަށް

މި މައްސަލަތަކަކީ ސިޔާސީ ގޮތުން ކޯޓަށް ނުފޫޒު ފޯރުވުމަށް ބަލާ މައްސަލަތަކެއް ކަމަށް ބުނެ އޭސީސީ އާއި ޖޭއެސްސީ އަށް އާއްމުން ދަނީ ފާޑުކިޔަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2025 | ބުދަ 14:11
މަޖިލީހުގެ ކޮމިޓީގައި އޭސީސީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ

މަޖިލީހުގެ ކޮމިޓީގައި އޭސީސީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ

ޚިޔާނާތުގެ މައްސަލަ އެއް ބަލަމުންދާ ކަަމަށް ބުނެ ސުޕްރީމްކޯޓުގެ ބައެއް ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވާތީ، އެކަމަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ސަސްޕެންޑްކުރި ފަނޑިޔާރުންނާއި ގުޅުން ހުރި މައްސަލަ ބަލާނީ އިންސާފުވެރިކަމާއި އެކުގައި ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

ބުދަ ދުވަހު ޖޭއެސްސީން ސަސްޕެންޑް ކުރި ތިން ފަނޑިޔާރުންނަކީ ފަނޑިޔާރު ހުސުނުއް ސުޢޫދާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރު އެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ އޭސީސީން ފަނޑިޔާރުންނާއި ގުޅުން ހުރި ޚިޔާނާތުގެ މައްސަލަ އެއް ބަލާ ކަމަށް ސިޓީއަކުން އެ ކޮމިޝަނަށް އަންގާފައިވާތީ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އޭސީސީން ބުދަ ދުވަހު އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި މެދު ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކަކާއި ގުޅޭ މައްސަލަތަކެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުންދާކަން އެ ކޮމިޝަންގެ ބަޔާނުގައި ވަނީ ޔަޤީންކޮށްދީފައެވެ.

މީގެ އިތުރުންއެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 23 ވަނަ މާއްދާގައި ބުނާ ކޮރަޕްޝަނުގެ ޢަމަލެއް، އެޤާނޫނުގެ 24 ވަނަ މާއްދާގައި ބުނާ ފަރާތަކުން ކުރަމުންދާކަމަށް ތުހުމަތުކޮށް މި ކޮމިޝަނަށް ހުށަހެޅިއްޖެނަމަ، އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމަކާ ނުލައި އެ މައްސަލައެއް ތަޙުޤީޤުކުރުމަކީ އެ ކޮމިޝަނުގެ މައްޗަށް އޮންނަ ޤާނޫނީ ޒިންމާއެއް އަދި ވާޖިބެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ހަމައެހެންމެ މި މައްސަލަ ބަަލަމުން ދަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 202 ވަނަ މާއްދާއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 21 އަދި 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިފަދަ މައްސަލަތައް ބެލުމުގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ޤާނޫނުތަކާއި ގަވާއިދުތަކުން ކޮމިޝަނަށް މަތިކޮށްފައިވާ ބާރުތަކުގެ ތެރެއިން ހަމަހަމަކަމާއި އެކު ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

މި މައްސަލަތަކަކީ ސިޔާސީ ގޮތުން ކޯޓަށް ނުފޫޒު ފޯރުވުމަށް ބަލާ މައްސަލަތަކެއް ކަމަށް ބުނެ އޭސީސީ އާއި ޖޭއެސްސީ އަށް އާއްމުން ދަނީ ފާޑުކިޔަމުންނެވެ. އޭސީސީގެ ބަޔާނުގައި ބުނީ އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއްނެތި، ވަކި ފަރާތަކަށް ބުރަނުވެ ތަޙުޤީޤު ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން އާއްމުންނަށް ދޭ ކަމަށެވެ.

3 ފަނޑިޔާރަކާއި ގުޅުން ހުރި ޚިޔާނާތުގެ މައްސަލަ އެއް އެންޓިކޮަޕްޝަން ކޮމިޝަނުން ބަލަމުން ދާތީ ކަމަށް ބުނެ ޖޭއެސްސީން އެ ފަނޑިޔާރުން މަޤާމުން ސަސްޕެންޑް ކުރީ ބުދަ ދުވަހު ހެނދުނު ބޭއްވި ބައްދަލުވުމެއްގައެވެ.

ޖޭއެސްސީން ތިން ފަނޑިޔާރަކު ވަކިކޮށް ޝަރުއީ ނިޒާމް ހުއްޓުވި އިރު، މި ތިން ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމި އިރު މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލައިގައި މެންބަރުން ވަކިނުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެދިނުމުގެ މައްސަލައިގެ އަޑުއެހުމަށް ވަކީލުން ތިބީ ކޯޓަށް ހާޒިރުވެކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މި އަޑު އެހުން ފެށުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑްކުރުމުން އެކަމާއި މެދު ޖޭއެސްސީ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންކޮރަޕްޝަން އެންޓި ކޮރަޕްޝަން ކޮމިޝަންޖުޑީޝަލް ސަރވިސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

04 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު