Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒަކިއްޔާގެ މަރު

ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އިޙުސާން ވިދާޅުވެއްޖެ

އިތުރަށް ވާހަކަ ދައްކަވަމުން އިޙުސާން ވަނީ ޒަކިއްޔާގެ އޮޓޮޕްސީ ނުހެދުމަށް ފުލުހުން ނިންމި ނިންމުމަކީ، ގޯސް ނިންމުމެއް ކަމަށް ވެސް ވިދާޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2025 | ބުދަ 09:57
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިޙުސާން ބައިވެރިވެ ވަޑައިގަންނަވަނީ

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިޙުސާން ބައިވެރިވެ ވަޑައިގަންނަވަނީ

ނ.ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ފުލުހުން ކުރިއަށް ގެންދާ ތަޙުގީގުގައި އިހުމާލުތަކެއް އޮތް ކަމަށް ޤަބޫލު ކުރައްވާ ކަމަށް، ހޯމް މިނިސްޓަރު އަލީ އިޙުސާން ވިދާޅުވެއްޖެ އެވެ.

ޒަޚަމްތަކަކާ އެކު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އޭގެ ފަހުން ފުލުހުން އަންނަނީ އެ މައްސަލައިގެ ތަޙުގީގު ކުރިއަށް ގެންދަމުންނެވެ. ނަމަވެސް އެ މައްސަލައިގައި ފުލުހުން ދައްކާފައިވާ ބައެއް ވާހަތަކާއި، ފުލުހުންގެ ތަޙުގީގު ކުރިއަށް ގެންދާ ގޮތާ މެދު އެތައް ބަޔަކު ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

އެކަމާ ގުޅިގެން ހޮޅުދޫގައި ވަނީ އެކި ފަހަރުގެ މަތިން މުޒާހަރާ ވެސް ކޮށްފަ އެވެ. މިފަހުން އެ ރަށު ރައްޔިތުންގެ ޕްރެޝަރު ބޮޑުވެފައި ވަނިކޮށް، އަންގާރަ ދުވަހު ހޯމް މިނިސްޓަރު އިޙުސާން އަދި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ހިމެނޭހެން، ޓީމެއް ވަނީ ހޮޅުދޫ އަށް ވަޑައިގެންފަ އެވެ. އަދި އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާފައިވެ އެވެ.

އެ ބައްދަލުވުމުގައި ރައްޔިތުންގެ ކަންބޮޑުވުން އޮއްސާލާފައިވާއިރު، ރައްޔިތުންނާ ވާހަކަ ދައްކަވަމުން އިޙުސާން ވިދާޅުވީ އެ ރައްޔިތުން ފާހަގަކޮށްފައިވާ ފުލުހުންގެ އިހުމާލުތައް ޤަބޫލު ކުރާ ކަމަށެވެ. އަދި ބައެއް ކަންކަން އިހުމާލުން ހިނގާފައި އެބަ ހުރި ކަމަށް އިޙުސާން ވިދާޅުވި އެވެ.

މީގެ އިތުރުން ކަމެއް ދިމާވެއްޖެ ނަމަ އެކަމެއް ބަލާނެ ވަކި ގުނަވަނެއް ފުލުހުންގެ ތެރޭގައި އޮންނަ ކަމަށް އިޙުސާން ވަނީ ވިދާޅުވެފަ އެވެ. އަދި އެ ޒާތުގެ ކަންކަން ބަލާ މިނިވަން ދެ މުއައްސަސާއެއް ރާއްޖޭގައި އޮންނަކަން ވެސް އިޙުސާން ވަނީ ފާހަގަ ކުރައްވާފަ އެވެ. ހަމައެހެންމެ ބައެއް ޙާލަތްތަކުގައި އެފަދަ މައްސަލަތަކުގައި ފުލުހުން އަމަލުކޮށްފައި ހުންނަ ގޮތް ރައްޔިތުންގެ މަޖިލީހުން ވެސް ރިވިއު ކުރައްވާ ކަމަށް އިޙުސާން ވިދާޅުވެފައިވެ އެވެ.

ތިބޭފުޅުން ތިޔަ ވިދާޅުވީ ފުލުހުންގެ ބައެއް އިޙުމާލުތައް، އަޅުގަނޑު ޤަބޫލު ކުރަން ބައެއް ކަންކަން އެބަ ހުރި ވެފައި. އަނެއް ބައި ކަންކަން ތިބޭފުޅުން ތި ވިދާޅުވި ހުރިހާ ކަމެއް ދެންމެ ކޮމިޝަނަރު އެ ވިދާޅުވި ގޮތަށް، ފުލުހުންގެ ތެރޭގައި ވެސް އޮވޭ ކަމެއް ދިމާވީމާ، އެކަމެއް ބަލަން އޮންނަ ވަކި ގުނަވަނެއް. އޭގެ އިތުރުން ރާއްޖޭގައި އެބަ އޮވޭ މިނިވަން ދެ މުއައްސަސާ މިކަން ބައްލަވާ.
ހޯމް މިނިސްޓަރު އިޙުސާން

އެހެންކަމުން އޭގެން އެއްވެސް މަރުޙަލަކާ އަށް ފުލުހުންގެ ފަރާތުން ދޭން ޖެހޭ އެއްވެސް އެއްބާރުލުމެއް ނުދީ ނުބާއްވާނެ ކަމަށް ވެސް އިޙުސާން ވަނީ ވިދާޅުވެފަ އެވެ. އެކަން ފާހަގަ ކުރައްވާ އިޙުސާން ވިދާޅުވީ އެ ރަށަށް އާދެވުން ލަސްވެއްޖެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އިޙުސާން ވަނީ ޒަކިއްޔާގެ އޮޓޮޕްސީ ނުހެދުމަށް ފުލުހުން ނިންމި ނިންމުމަކީ، ގޯސް ނިންމުމެއް ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އެ ދުވަހު ޒަކިއްޔާގެ އޮޓޯޕްސީ ހަދަން ފޮނުވުނު ނަަމަ، މިއަދު އެ ވާހަކަތައް ދައްކަން ވެސް ނުޖެހޭނެ ކަމަށް އިޙުސާން ވިދާޅުވި އެވެ.

ޒަކިއްޔާ މޫސާހޮޅުދޫޕޮލިސްއަލީ އިހުސާންއަލީ ޝުޖާއު

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު