Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު

ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅީ ވެރިކަން ކުރުމުގެ ބާރުގެ ދަށަށް އެހެން ބާރުތައް ގެންދިއުމަށް

ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ޖުޑީޝަރީގެ އިތުބާރު ވެސް ގެއްލިގެން ދާނެ ކަމަށް މެމްބަރުން ވަނީ ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2025 | ބުދަ 14:18
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަދައްކަވަނީ - 25 ފެބްރުއަރީ 2025

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަދައްކަވަނީ - 25 ފެބްރުއަރީ 2025

ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅީ ވެރިކަން ކުރުމުގެ ބާރުގެ ދަށަށް އެހެން ބާރުތައް ގެންދިއުމަށް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެފަދައިން ވިދާޅުވި އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ދުސްތޫރީ މައްސަލަ އެއް ހިނގަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ދަށްކޮށް ދެ ފަނޑިޔާރަކު ބެންޗުން ވަކި ކުރުމަށް މަގު ފަހިވާ ގޮތައް ހޯމަ ދުވަހު އެޖެންޑާގައި ހިމެނި ބިލުގެ ބަހުސް އަންގާރަ ދުވަހު ވަނީ ބާއްވާފައެވެ.  ޝާހިދު ވިދާޅުވީ ރައްޔިތުންގެ ބާރު ފެށިގެން އަންނަނީ ވެސް ދެމި އޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށެވެ. ޝާހިދު ވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ގެންނަ އިސްލާހަކީ އެއީ ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަތުމަށް މަގުފަހިވާ ގޮތަށް އޮތް އިސްލާހެއް ކަމަށެވެ.

ޝާހިދު ވަނީ މީގެ ކުރިން ވެސް މިހާރު ވެރިކަމުގައި ތިބި ޕީޕީއެމް/ޕީއެންސީ ފިކުރުން ޤާނޫނުއަސާސީ އަށް ބޭނުން ބަދަލެއް ގެނެސް ޚުދުމުހުތާރު ވެރިކަމެއް ކުރި ކަމަށް ވިދާޅުވެފައެވެ.

މިފަދަ ކަންކަމުން ބޭރު ދުނިޔޭގެ ކުރިމަތީގައި ވެސް އަގު ވެއްޓުން ނޫން ކަމެއް ނުވާނެ. ފެނިގެން މިދަނީ މި ސަރުކާރަކީ ކޮންމެ ހާލަތެއްގައި ވެސް އަތް ބާނަން ޖެހުނު ކޮންމެ ތާކަށް އަތް ބާނާނެ ބައެއްކަން.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރުން ވެސް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހަޅާފައިވާ އިސްލާހާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަމާއި މެދު އާއްމުންގެ ކަންބޮޑުވުންތައް އިންތިހާ އަށް ހުރި ކަމަށް ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ފާހަގަކޮށްފައެވެ. ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ޖުޑީޝަރީގެ އިތުބާރު ވެސް ގެއްލިގެން ދާނެ ކަމަށް މެމްބަރުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ހުށަހެޅުއްވި ބިލުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ، ގާނޫނު ނަންބަރު 2010/22 (ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގައި ސުޕުރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު، ކުރީގެ ޚާއްސަ މަޖިލީހުގައި ކުރެވުނު ބަހުސްތަކުގައި ވެސް ބަޔާން ކުރެވިފައިވާ ފަދައިން، ގާނޫނު އަސާސީ އަކީ ވަރަށް ފޮނި އުއްމީދަކާއެކު ދިވެހިން ލިބިގެން ގާނޫނު އަސާސީ އަކަށް ވާއިރު، ގާނޫނު އަސާސީ އިން ދިވެހިން ކުރާ އެންމެ ފޮނި އުއްމީދަކީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ވެގެން އައުން ކަމުގައި ދެކޭތީ އެ ބަދަލު އެންމެ އެކަށޭނަ ގޮތަކަށް ރައްޔިތުންނަށް ލިބިގެންދާނީ ދިވެހިރާއްޖޭގެ ސުޕުރީމް ކޯޓު އެކުލެވިގެންވާ ގޮތް ކުރިއެކޭ ވެސް އެއްގޮތަށް ބަދަލު ކޮށްގެން ކަމަށް ދެކޭތީ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި

15 މާރިޗު 2017
ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

11 މާރިޗު 2017
ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ

ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ

08 މާރިޗު 2017
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު