Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ތި އެއްބަސްވެ ވަޑައިގަތީ ޖިނާއީ ކުށެއް ކުރެއްވި ކަމަށެވެ. ދެން އިތުރަށްވީ ބޭޒާރެވެ.

މިނިސްޓަރު އިހުސާން ހެއްދެވި ގޯސްތައް ފޮރުވަން އުޅުއްވާ އެންމެފަހުން އެމަނިކުފާނަށް އެނގިވަޑައިގެން ހުންނަވާ ޖިނާއީކުށެއް ޑިއެންއާރުގައި ހިންގިކަމަށް އެއްބަސްވަޑައިގަތީއެވެ. އަދި ދިފާއުވުމުގެ ބަދަލުގައި ދެއްކެވީ އެހެން މީހުންގެ ގޯސް ވާހަކަތަކެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2025 | އަންގާރަ 14:33
ޕީއެންސީއަށް ފޯމު ފުރަން ޑީއެންއާރުގެ މީޓިންގ ރޫމް ބޭނުންކުރިކަމަށް ވަނީ އެއްބަސްވެފައި

ޕީއެންސީއަށް ފޯމު ފުރަން ޑީއެންއާރުގެ މީޓިންގ ރޫމް ބޭނުންކުރިކަމަށް ވަނީ އެއްބަސްވެފައި

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން މަޖިލީހަށް ހާޒިރުކުރުވީ ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެންނެވެ. މައްސަލައަށް ޖަވާބުދާރީވާން ޕީއެންސީގެ މެޖޯރިޓޯ އޮންނަ މަޖިލީހުގެ މެޖޯރިޓީ އޮތް ކޮމިޓީއަކުން ނިންމީ 1 ގަޑި އިރު ދިނުމަށެވެ. ވިދާޅުވާނެހާ އެއްޗެއް ވިދާޅުވާން ފުރުސަތު ދިނެވެ. ނަމަވެސް މޮޅުކަން ދައްކަން ހަދައިގެން އެންމެފަހުން ޖިނާއީ ކުށެއްކުރެވުނުކަން އެއްބަސްވެވަޑައިގެންނެވީއެވެ.

ޒާތްޒާތުގެ ފޮޓޯއާއި ލިޔުންތައް ހިފައިގެން މަޖިލީހަށް ދިފާއުގައި ވަޑައިގެންވި އިރު މިނިސްޓަރު އިހުސާން ހީފުޅުކުރެއްވީ މިއަދު ސަލާމަތްވެދާނެ ކަމަށެވެ. އަދި އިދިކޮޅުގެ އެ ވާހަކަތަކުގެ އަޑު ކަނޑުވާލާ ފަސޭހައިން ސަލާމަތްވެވިދާނެ ކަމަށެވެ. ނަމަވެސް ހެއްދެވީ ގޯހެވެ. ފުރަތަމަ ގޯހަކީ ސަރުކާރުގެ އޮފީހެއްގެ ތެރޭގައި ސިޔާސީ މަސައްކަތް ކުރަން ހުއްދަ ދެއްވުމެވެ. އިހުސާންގެ ވާހަކައި އެނގިގެން ދިޔައީ އެއީ އިހުސާންއަށް އެނގިހުރެ ކުރިކަމެއްގެ ގޮތުގައެވެ. ވިދާޅުވީ ޑީއެންއާރުގެ މީޓިންގ ރޫމެއްގައި ހަވީރު ފޯމު ފުރުމުގެ މަސައްކަތްތަކެއް ކުރި ކަމަށެވެ. އެހެންކަމުން ދައުލަތުގެ މުދަލާއި އިމާރާތް ބޭނުންކޮށްފައިވެއެވެ. ނާޖާއިޒު ގޮތުގައި ވަކި ބަޔަކަށް މަންފާވާގޮތަށް ކަންކަން ކުރެއްވީއެވެ. މިއީ މަގާމާއި ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުމެވެ.

ދެވަނަ ކަމަކީ ފޯމުތައް ފުރައިގެން ގެނައި އިރު، އޭގެ ހެކިވެރިންގެ ބައި އިންނަނީ ނުފުރާ ކަމަށާއި، އެ ފޯމުގައި ހެކިވެރިންގެ ބައިގައި ފިންގަރ ޕްރިންޓް ޖެހުމާއި ސޮއިކުރުމުގެ މަސައްކަތާއި ތަފްސީލު ލިޔުމުގެ މަސައްކަތް އެތަނުގައި ކުރިއަށް ދިޔަކަމަށް އިހުސާން އެއްބަސްވެވަޑައިގަތުމެވެ. މިއީ ޖިނާއީ ބޮޑު ކުށެކެވެ.

ހެކިންގެ ބައި ފުރީ ފަހުން ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވާ އިރު ހެކިން ސޮއިކުރަނީ ފޯމުގައި މެންބަރު ސޮއި ކޮށްފައި އެމީހުންގެ ހާޒިރުގައެވެ. ދޮގު ހެކި ދިނުމުގެ މި އަމަލަކީ ޖިނާއީ ކުށެކެވެ. އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ސިޔާސީ ޕާޓިއަކަށް މެންބަރުން ވައްދާ ފޯމުގައި އިންނަނީ އެ ފޯމުގައި ސިޔާސީ ޕާޓީގެ މެންބަރަކަށް ވުމަށް އެދި ސޮއިކޮށްފައި އެވަނީ ހެކިންގެ ހާޒިރުގައި ކަމުގައެވެ. އަދި އޭނާ ދީފައިވަނީ ތެދު މައުލޫމާތު ކަމަށް ހެކިވާ ކަމަށެވެ. ނަމަވެސް މިނިސްޓަރު އިހުސާން ވިދާޅުވީ ހެކިންގެ ބައިގައި ސޮއިކުރީ ޑިއެންއާރަށް ފޯމުތައް ގެނެސްގެން ކަމަށެވެ. އަދި އިނގިލީގެ ނިޝާންވެސް ޖެހީ އެގޮތަށް ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ 521 ވަނަ ބާބުގައި ބުނަނީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމެވެ. އެ ބާބުގެ (ހ) ގައި ބުނަނީ ދައުލަތުގެ މުވައްޒަފަކު ނުވަތަ ގާނޫނު ތަންްފީޒުކުރާ މުވައްޒަފަކު އޭނާގެ ރަސްމީ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރަމުންދާ އިރު، އޭނާއަށް ކަމެއް އޮޅުވާލުމުގެ މަގުސަދުގައި ނުވަތަ ރަސްމީ އިދާރާއެއްގައި ނުވަތަ އެ ބަޔާނެއްދޭ މީހާ އޭގެ ތެދުކަން ގަބޫލުނުކުރާ ދޮގު ބަޔާނެއް ލިޔުމުން ދިނުމާއި ނުވަތަ ދީފައިވާ ލިޔުމެއްގެ ސަބަބުން އޮޅުންތަކެއް އަރައިފާނެކަމަށްޓަކައި ދޭންޖެހޭ އިތުރު މައުލޫމާތު ހުރިކަން އެނގިހުރެ އެ މައުލޫމާތު ނުދިނުމެވެ.

އަދި މި ބާބުގެ (ށ) ގައި ބުނަނީ ދޮގު ބަޔާނެއް ދިނުމާއި، އެއީ ތެދު އެއްޗެއްކަން، އެ ބަޔާންދޭ މީހާ ގަބޫލުނުކުރުމާއި އަދި އެ ބަޔާނަކީ ދައުލަތުގެ މުވައްޒަފަކު ނުވަތަ ޤާނޫނު ތަންފީޒުކުރާ މުވައްޒަފަކު އޭނާ ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބު އަދާކުރުމުގައި، އެފަދަ މުވައްޒަފަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ދެވޭ ބަޔާނަކަށްވުމެވެ. މި ކުށަކީ ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. އެއީ 1 އަހަރު ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމެވެ.

އެހެންކަމުގައިވާނަމަ މިނިސްޓަރު އިހުސާނާއި، ޑީއެންއާރު ތެރޭގައި ހެކިންގެ ބައިގައި ލިޔެ ސޮއިކޮށް އަދި އިނގިލީގެ ނިޝާން ޖެހި އެންމެންގެ މައްޗަށް މި ކުށް ކަނޑައެޅެންޖެހޭނެއެވެ. އެއީ ސިޔާސީ ޕާޓީއަކަށް ވަނުމަށް ފުރާ ފޯމުގައި، ފޯމަށް މައުލޫމާތު ދިންކަމަށް ހެކިވެރިންގެ ގޮތުގައި ސޮއިކޮށް މައުލޫމާތު ހިމަނައި އިނގިލީގެ ނިޝާން ޖަހާ އިލެކްޝަންސް ކޮމިޝަނަށް އެ ފޯމުތައް ދީ އެއީ ސައްހަ ފޯމެއްކަމަށް ދައްކަން އުޅުމުންނެވެ.

ދެން އޮތީ މިނިސްޓަރަށް ކުރެވުނު ތުހުމަތުތަކުން ދިފާއުވުމަށް ދެއްކެވި ވާހަކައެވެ. މައްސަލަ ވަރަށް ސާފެވެ. ނަމަވެސް ދެއްކެވީ އެހެން މީހުންނާއި، އެހެން ސަރުކާރުގެ ކުށެވެ. ތުހުމަތުކުރެވޭ މައްސަލައަށް އެއްވެސް ވަރަކަށް ޖަވާބުދާރީ ނުވެވުނެވެ. ވަގަކު ވައްކަން ކޮށްފައި ތިމަންނާ ވައްކަން ކުރީމޭ ނުބުނާނެއެވެ. އެބީދައިން މިނިސްޓަރު އިހުސާން ގެންދެވީ ދުނިޔެ ލެއްވި ހުރިހާ ވާހަކައެއް ދައްކަމުންނެވެ. މީގެ ކުރިން ޑީއެންއާރުން ޑާޓާ ބަޔަކު ނެގި ކަމަށާއި، އެކަން އެއިރު ހުއްޓުވިނަމަ މިއަދު މިކަންވެސް ނުވީހޭ ވިދާޅުވެ ދިފާއުވާން އުޅުއްވީއެވެ.

މުޅިންވެސް ދެއްކެވީ އެމްޑީޕީ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެވެނިކަމެއް މިވެނިކަމެއް ކުރި ވާހަކައެވެ. އަސްލެއް ނެތް ފޮޓޯތަކެއް ދިފާއުއަށް ދައްކަވާ ކަމާއި ނުބެހޭ ފަރާތްތަކުގެ ބޮލުގައި ޒިންމާ އަޅުއްވަމުން ގެންދެވިތަނެވެ. އެއްވެސް ވަރަކަށް ތުުހުމަތުކުރެވޭ މައްސަލައަށް ޖަވާބުދާރީ ވެވަޑައިގެންނެވި ތަނެއް ނުފެނުނެވެ. ދިފާއުވާން ދެއްކެވި ވާހަކައިގައި ޖިނާއީ ކުށެއް ކުރިކަމާއި، އެކަން ކުރީ 50 ސިޔާސީ މުވައްޒަފުންކަމަށް ވިދާޅުވެ އެކަން ނިންމާލެއްވީއެވެ. އެންމެފަހުން ގޯސްވީ ފޯމާއި، އެ ފޯމް ފުރި މީހުންނާއި، ޑީއެންއާރުގެ މީޓިންގ ރޫމާއި ޕިއްޒާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވުމަކީ ޖިނާއީ ކުށެއްގެ ދިފާއެއް ކަމަށް ބެލިދާނެތަ ؟

މަސްތުވުމަކީ ޖިނާއީ ކުށެއްގެ ދިފާއެއް ކަމަށް ބެލިދާނެތަ ؟

15 އެޕްރީލު 2019
ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

23 ފެބުރުއަރީ 2019
ޖަލުގައި ނެގި ފޮޓޯއަށް އިމްރާންގެ ޖަވާބު: އެއީ ގޯހެއް، ކުށެއް!

ޖަލުގައި ނެގި ފޮޓޯއަށް އިމްރާންގެ ޖަވާބު: އެއީ ގޯހެއް، ކުށެއް!

02 ޖެނުއަރީ 2019
މި ފަސްގަނޑުގައި އޮތީ ކޮން ކުށެއް ހެއްޔެވެ؟

މި ފަސްގަނޑުގައި އޮތީ ކޮން ކުށެއް ހެއްޔެވެ؟

16 ޖުލައި 2018
ޔާމީން ވެރިކަމުން ފެޔަށް ވަޑައިގަތީމާ ކިތައް ޓޯނީ ފެނާންޑޭޒް ރާއްޖެއިން ފެންނާނެ؟

ޔާމީން ވެރިކަމުން ފެޔަށް ވަޑައިގަތީމާ ކިތައް ޓޯނީ ފެނާންޑޭޒް ރާއްޖެއިން ފެންނާނެ؟

17 މެއި 2018

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު