Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މިނިސްޓަރ އާސިމް

ފޮރިން މިނިސްޓަރ އާސިމް ލުބްނާނަށް ވަޑައިގަތީ އާފަލު ހޯއްދަވަން؟

އޮއްޓަރެއް ހުރި މަޝްރޫޢެއް ނުވަތަ އިންވެސްޓްމަންޓަކާ ބެހޭ ގޮތުން ވާހަކައެއް ނުދެކެވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2017 | ހުކުރު 09:23
މިނިސްޓަރ އާސިމް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ

މިނިސްޓަރ އާސިމް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ

މި ދުވަސްވަރަކީ ޗައިނާ ސަރުކާރުން ރާއްޖެއަށް ލިބޭނެ ކަމަށް ރައީސް ޔާމިންގެ ސަރުކާރުން ހީކުރި ވަރުގެ އެހީތަކެއް ނުލިބޭތީ، އަރަބިން ކައިރިއަށް ސަރުކާރުން ސަލާންޖަހާ ފަށާފައިވާ ދުވަސްވަރެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ މެދުއިރުމައްޗާއި ގަލްފުގެ ޤައުމުތަކުން މާ ބައިވަރުތަކެއް ލިބިދާނެ ކަމަށް ހީކޮށް ސަރުކާރުން މިހާރު މަސައްކަތްކުރަނީ އެޤައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ.

ސައޫދީ އާއި ޔޫއޭއީއާ އެކު އޮންނަ ގުޅުން ސަރުކާރުން ބަދަހިކުރުމަށް މަސައްކަތްކުރާއިރު، އެޤައުމުތަކުގެ ސަރުކާރުތަކުން މިހާރު އެހީތައް ދެނީ ވަރަށް ބަލައިގެންނެވެ. ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ވެއްޓި، ތެލަށް ބަރޯސާވެފައިވާ އިޤްތިޞާދެއް އޮންނަ މި ދެ ޤައުމުން ވެސް ތެޔޮ ނޫން އެހެން ވަޞީލަތަކުން އާމްދަނީ ހޯދުމަށް ދަނީ މަސައްކަތްކުރަމުންނެވެ. ޔޫއޭއީއިން ވިޔަފާރި އާއި ފަތުރުވެރިކަމާއި ދިމާއަށް މިސްރާބު ޖަހާފައިވާއިރު، ސައޫދީން ވެސް ތެޔޮ ނޫން ސިނާޢަތަކުން ފައިސާ ހޯދުމުގެ މަސައްކަތް، ވަލީޢަޙުދު މުހައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ގެންދަނީ ކުރަމުންނެވެ. އެހެން ކަމުން މިޤައުމުތަކުން ވެސް ހަމަތިބެފައި ބޭރު ޤައުމެއްގައި އިންވެސްޓްކުރުމުގެ ބަދަލުގައި މިހާރު ބަލަނީ ރިޓާރން އޮފް އިންވެސްޓްމަންޓް ރަނގަޅު ދިމަދިމާލުގައި އިންވެސްޓްކުރުމަށެވެ.

ސައޫދީއާއި ޔުއޭއީ އިންވެސް ބޭނުންހާ އަދަދަކަށް ފައިސާ ނުލިބޭތީ ސަރުކާރުން މިހާރު މަސައްކަތްކުރަނީ ސައޫދީ އާއި ގާތް ގުޅުމެއް އޮންނަ އެހެން އަރަބި ޤައުމުތަކުން ފައިސާ އާއި އިންވެސްޓްމަންޓް ގެނައުމަށެވެ. އެގޮތުން ވަޒީރުންގެ ބޭފުޅުން ބަހްރައިންއަށާއި ލުބްނާނަށް މިހާރު ވަޑައިގެން އުޅުއްވާ ކަމަށް ޚަބަރުތައް ލިބެއެވެ.

މީގެ ތެރެއިން ޚާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމް ކުރައްވާ ދަތުރުފުޅު ވަރަށް ފާހަގަކޮށްލެވެއެވެ. ޚާރިޖީ ވުޒާރާގެ ޓްވިޓަރ އެކައުންޓުން އެދަތުރުގެ ބައެއް މައުލޫމާތު ހާމަކޮށްފައިވާއިރު، ލުބްނާނުގެ މީޑިއާއިން ލިބުނު މައުލޫމާތެއް ފިޔަވައި މާބޮޑު އިތުރު މައުލޫމާތެއް ނުލިބުނެވެ. ލުބްނާނުގެ ރަސްމީ ޚަބަރުފަތުރާ ވަޞީލަތްތަކުން ބުނާ ގޮތުގައި ޚާރިޖީ ވަޒީރު އާސިމްގެ މިދަތުރުފުޅުގައި ލުބްނާނުގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ގާޒީ ޒޮއިތަރުއާ ބައްދަލުކުރެއްވިއެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެ އާއި ލުބްނާނުގެ ގުޅުން ބަދަހިކޮށް، ލުބްނާނުގައި ހައްދާ އާފަލު ރާއްޖެއަށް ބޭރުކުރުމާ ގުޅޭ ގޮތުން ލުބްނާނުގެ އޮފިޝަލުންނާ އެކު ބެއިރޫތުގައި މަޝްވަރާކުރެއްވިއެވެ. ޚާރިޖީ ވަޒީރު ދިގު ދަތުރެއް ކުރައްވާފައި މިވަޑައިގަތީ އާފަލު އޮރެންޖު ބައްލަވައިގަންނަވަންތޯއެވެ؟

ދެން އޮތީ ލުބްނާނުގެ ވިޔަފާރިވެރިންނާއެކު މިނިސްޓަރ އާސިމް ބޭއްވި ބައްދަލުވުމެވެ. ހޮޓަލެއްގެ ލޮބީއެއްގައި ޕޯޑިއަމްއަކާއި ގޮނޑި މޭޒު ބަހައްޓައިގެން ހައެއްކަ ބޭފުޅުންނާ އެކު ބައްދަލުކުރެއްވުމަށް ފަހު ޚާރިޖިއްޔާއިން ބުނީ މިނިސްޓަރ އާސިމް ލުބްނާނުގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވީ ކަމަށެވެ. މި ވިޔަފާރިވެރިންގެ ތެރޭގައި ލުބްނާނުގެ މާމަޝްހޫރު ވިޔަފާރިވެރިއެއް ނެތެވެ.

މިނިސްޓަރ އާސިމް ބައްދަލުކުރެއްވި ލުބްނާނުގެ ވިޔަފާރިވެރިން

މިދަތުރުފުޅުގައި މިނިސްޓަރ އާސިމް ވަނީ ލުބްނާނުގެ ބޮޑުވަޒީރު ސާދު ހަރީރީގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި މި ޒިޔާރަތުގައި ދެޤައުމުގެ ގުޅުމުގެ މައްޗަށް ދެބޭފުޅުން ވާހަކަ ދެއްކެވިއިރު، އިޤްތިޞާދީ ގޮތުން ދެޤައުމުގެ ގުޅުން ބަދަހިކުރެވޭނެ ކަމަށް ސާދު ހަރީރީ ވިދާޅުވިއެވެ. އެހެން ނަމަވެސް މިފަދަ ދަތުރުތަކުގައި ޑިޕްލޮމެޓިކް ލެންގުއޭޖުން ދެކެވޭ ވާހަކަތަކަށް ވުރެ ބޮޑަށް ނަތީޖާ ނިކުންނަނީ އަމަލީ ގޮތުން ކުރެވޭ މަސައްކަތްތަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމްކުރުމުގައި މިނިސްޓަރ ސަޢީދު ފެއިލްވެއްޖެ

ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމްކުރުމުގައި މިނިސްޓަރ ސަޢީދު ފެއިލްވެއްޖެ

05 އެޕްރީލު 2018
އިސްލާމިކް މިނިސްޓަރުގެ ދެއުޅިއެއްނުވާ ބަޔާންތައް، އިހްލާސްތެރިކަންވެސް ނެތް

އިސްލާމިކް މިނިސްޓަރުގެ ދެއުޅިއެއްނުވާ ބަޔާންތައް، އިހްލާސްތެރިކަންވެސް ނެތް

29 ޑިސެމްބަރު 2017
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޤާމުން އަޒުލުކުރަންޖެހޭ!

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޤާމުން އަޒުލުކުރަންޖެހޭ!

19 ނޮވެމްބަރު 2017
މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!

މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!

01 އޮކްޓޯބަރު 2017
މިނިސްޓަރ ސައީދުއާއި އަަވަހަށް މޯޅިވާ ފިނިފެންމާ

މިނިސްޓަރ ސައީދުއާއި އަަވަހަށް މޯޅިވާ ފިނިފެންމާ

19 އޯގަސްޓު 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު